މ. މަޑުއްވަރީ އިންމީހަކު ގެއްލިގެން ހޯދަމުން އެބަދެއެވެ.

އެރަށުން ގެއްލިގެން ހޯދަމުން ދަނީ ބިދޭސީއެއްކަމަށް މައުލޫމާތު ލިބެއެވެ. އެރަށުން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި މީހާ ހޯދުމުގެ މަސައްކަތް، މިއަދު 11:00 އިން ފެށިގެން ދަނީ ކުރަމުންނެވެ.

އެރަށުން ބިދޭސީއަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްްފައިވާކަން ފުލުހުންވެސް ކަށަވަރުކޮށްދެއެވެ. އަދި މިވަގުތު ފުލުހުން އެރަށުގައު ހަރަކާތްތެރިވަމުން އަންނަކަމަށްވެސް މައުލޫމާތު ލިބެއެވެ.

"ވަގުތު"އަށް މައުލޫމާތުދެމުން އެރަށު ކައުންސިލް ރައީސް އިސްމާއިލް ނާފިއު ވިދާޅުވީ، އެރަށު ބޯޓު ޔާޑުގައި މަސައްކަތް ކުރަމުންދާ ބިދޭސީއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އޭނާ ގެއްލިފައި ވަނީ މިއަދު 11:30 ޖެހި ހާއިރުކަމަށާއި، އޭގެ ކުރިން އޭނާ ބޯޓުޔާޑުގައި މަސައްކަތުގައި އުޅުނުކަމަށް ނާފިއު ވިދާޅުވިއެވެ.

"އޭނަ ފާހަނައަކަށް ދިޔަ ގޮތަށް އެ މީހުން މެންދުރު ކާން އައިސްވެސް ގޭގައި ނެތުމާއި އެއްކޮށް ބެލީ. ފާހަނައަށް ދިޔައީ ސީދާ އަތިރިމައްޗަށް ކަމެއް ނުވަތަ ގެއަށް ކަމެއް އެއެއްވެސް ޔަގީނެއް ނުވޭ. އެއްވެސް ދޯންޏަކުން އެއްޗަކުން އޭނާ ރަށުން ދިޔަކަމެއް އަޅުގަނޑުމެންނަކަށް އިނގޭކަށް ނެތް". ނާފިއު ވިދާޅުވިއެވެ.

ނާފިއު ވިދާޅުވީ، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ރަށުގެ ރައްޔިތުންވެސް ކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ލޮލް

  ހަރަކާތްތެރިވެ ނިމޭނެ 5 މިނިޓް އިން އެހާ ކުޑަ ރަށެއް

 2. މާމިގިލީ މީހާ

  ތިއޮނާނީ ފިލާ ރައްކައުވެފަ..

 3. ޢަޅި

  ތިޔަ ރަށުގަ ހޯދާނެ ތަނެއް އޮވޭތަ

 4. މޫސަ

  ބޯޓްޔާރޑް އިން ވަޒީފާ ދޭނެ އާންމުކޮށް މުބާރާތަށް ގެންނަ މޮޅެތި ކުޅުންތެރިންނަށް. ޢަނެއްކަ ވަރަށް ފަސޭހައިން ރަޖިސްޓްރީ ވެސް ބަދަލު ކޮށްލާ ވަގު ކައުންސިލް އެއް ތިޔައީ. ޢެކަހަލަ ގާނޫނާޢި ހިލާފް ކަންތައް އާންމު ރަށެއް މ. މަޑުއްވަރި އަކީ. ޢިބރާހިމް ނިޝާމް އަދި ކައުންސިލް ރައީސް ނާފިއު މިއީ އެކަހަލަ ކަންތަކުގަ އަރާތިއްބެވި މީހުން.