ހުޅުމާލޭ ރެހެންދި ސްކޫލްގައި ކިޔަވަމުން އަންނަ ދަރިވަރެއްގެ ގައިގާ އެ ސްކޫލްގައި ކިޔަވާ އެހެން ދަރިވަރެއްގެ ބެލެނިވެރިއަކު ޖެހިކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ، މިދިޔަ އާދީއްތަ ދުވަހުއެވެ.
މިފަދަ ހާދިސާއެއް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށް ފުލުހުންގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް އަދި އެއީ ކޮން ސްކޫލެއްގައި ހިނގާދިޔަ ކަމެއް ކަން ފުލުހުން ވިދާޅެއް ނުވެއެވެ.
މައުލޫމާތު ލިބޭގޮތުގައި، ރެހެންދި ސްކޫލްގެ ބެލެނެވެރިއަކު، އެ ސްކޫލް ދަރިވަރެއްގެ ގައިގާ ޖަހާފައި ވަނީ އެމީހާގެ ދަރިފުޅާއި، އެ ސްކޫލްގައި ކިޔަވާ އެހެން ދަރިވަރަކާއި ދެމެދު ހިނގި ހަމަނުޖެހުމަކާއި ގުޅިގެންނެވެ.
މިކަން މީސް މީޑިއާގައިވެސް ފެންމަތިވިއެވެ. އެ ބެލެނެވެރިޔާ ޖަހާފައި ވަނީ އެ ކުއްޖާގެ ކަންފަތްމަތީގައި ކަމަށް ވެއެވެ.
އެހެން ނަމަވެސް އެފަދަ ކަމެއް ހިނގާފައި ނުވާކަމަށް ރެހެންދި ސްކޫލުން ބުނެއެވެ.
ތިޔަ މަސްއަލަ ވަރަށްރަގަޅަށް ބައްލަވާ ދެއްވާށެވެ މާދަމާރޭ އޮންނަ ބެލެނިވެރިންގެ ބައްދަލުވުމުގައި އެކަން ސާފުކޮށް ދެއްވައްޗެވެ
ހީވާގޮތުގައި ތިޔަ އުޅެނީ ސްކޫލްއޭކިޔައިގެން ބެލެނިވެރިންނާއި ސްކޫލާއިދޭތެރޭގައި ފިތުނަ ފަސާދަ އުފައްދަން ވެގެންނެވެ
ބެލެނިވެރިން ތެޅުން ބެލުމަށް ކޮމެޓީއެއް ނަހަދާބާ؟