މާތްވެގެންވާ އިސްލާމްދީނަށް އިހާނެތިކަން ރައްދުވާގޮތައް މިހާރަކަށް އައިސް ދެކެވޭ ވާހަކަތަކާއި ހިނގަމުންދާ ކަންތައްތަކަށް ހައްލެއް ހޯދުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޚާއްޞަ ކޮމިޓީއެއް އެކުލަވައިލައްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި މި ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތަކަށް ވާނީ އިސްލާމްދީނުގެ ޤަދަރާ ހައިބަތައް އުނިކަން އަންނަ ގޮތަށް އަދި ދީނުގެ ނަމުގައި މީހުންގެ މުދަލާއި، ފުރާނައަށް ގެއްލުން ލިބޭގޮތަށް މިހާރަކަށް އައިސް ދެކެވޭ ވާހަކަތަކާއި ހިނގަމުންދާ ކަންތައްތަކުގައި މިހާރުން މިހާރަށް އެޅޭނެ ފިޔަވަޅުތަކާއި ދުރު މުސްތަޤްބަލެއްގައި މިފަދަކަންކަމަށް ހައްލުހޯދުމުގައި އަޅާނެ ފިޔަވަޅުތަކާމެދު ގޮތްތަކެއް ނިންމެވުމެވެ.

މި ކޮމިޓީގެ މަސައްކަތްތައް ހިނގަމުންދާނީ ސޯޝަލް ކައުންސިލްގެ ދަށުންކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:

1. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް

2. މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ

3. މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ

4. މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން

5. މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު

6. މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަލްފާޟިލް އަޙްމަދު މަޚްލޫފް

7. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު

ކިޔުންތެރިންގެ ހިޔާލު

54 ކޮމެންޓް

  1. ރާނީ

    ކޮމިޓީ ސަރުކާރު.. ވާކަމެއް ހަރާން...

  2. މަސްވެިރިޔާ

    ހާދަ ލީޑަރޝިޕް ނެތް ރައީސެއްދޯ. ބަޑު ހިކުނީމަވެސް ކަމިޝަނެއް ނުވަތަ ކޮމެޓީއެއް.
    ދިވެހިރާއްޖޭގެ ވެރިކަމުގައި ހުންނަ މީހަކަށް ކެރެންޖެހޭނެ ފާޅުގަ ބަސްވިދާޅުވަން. 96000 މީހުން ރައިސް. އބމ.ސޯލިހަށް ވޯޓް ނުދޭ. އެެއީ ވިސްނާ ފިކުރުކުރަންޖެހޭ ކަމެއް. ހަމަ ޔަގީނުން ދީނީ ކަންތަކާމެދު ފަރުވާ ކުޑަކުރާނަމަ އޮނަރަބަލް ޤާސިމް ބަސްނުބުނެ މަޑުން ނުހުއްނާނެ.

  3. މުޙައްމާ/މާލެ

    ސާބަހޭ ވަރަށްއަވަހަށް ތިޔަ ކޮމެޓީއިން މަސްއަލަތައްބަލާ ދެއްވާށޭވެ ކިތައްމެ އަރިސް މީހަކަސް އެއެއްނުބަލާށެވެ

  4. ނޫރު

    ހާ ހާ . އަޅެފަހެ ލަދެއް ނުގަނޭތަ. އަހަރަމެން 96000 މީހުންގެ އެއްވެސް އިތުބާރެއް ނެތް ބަޔެއް ކޮމެޓީގަ ތިއްބެވީ. އެކްޓިވިސްޓުން.

  5. ހިޔަނި

    އަދި ތި ކޮމެޓީ ކަމަކުނުދޭ، ސޭކު އިމްރާނާއި އިސްލާމިކް މިނިސްޓަރު ގެ ބަދަލުގައި އިބުރާ އާއި ސަކިންދާ އަދި އިތުރު މެމްބަރެއްގެ ގޮތުގައި ވަކީލް ޝަމީމް ހިމަނާލީމަ ތިވަރުގެ ކޮމެޓީއެއް ދެން ނެތް، ހަމަ ހަބޭސް. ސާބަހޭ އިބޫ، މިހާރު މުޅި ސަރުކާރު ކޮމެޓީތަކުން ހިންގާލާ. ހުރިހާ މިނިސްޓްރީ ތަކާއި ކޮމިޝަންތައް އުވާލާ، މަޖިލީހާއި ފަނޑިޔާރުގެ ވެސް އުވާލުމަށްފަހު މަޖިލިހުން ނިންމަންޖެހޭ ކަންކަން ޖޭޕީ އަށް ފަނޑިޔާރުގެތަކުން ނިންމަންޖެހޭ ކަންކަން ކާފައާ ހަވާލުކުރޭ، އޭރުން ތަރައްޤީ މެކުހަށް، އިންސާފު ކަށަވަރުވީ

  6. ކީކޭ ދެން ބުނާނީ

    ކޮންމެ ކަމަކަށް ކޮމެޓީ އެއް... ކިހާ ދެރަކަމެއް... ދީނާ ހިލާފް މީހުންގެ ސަލާމަތާ ރައްކާތެރިކަމަށް ހެދި ކޮމެޓީ އެއް ތީ

  7. ހެހެެހެެ

    ކަލޯގަޔާ ސަޅި އިނގޭ، މި ކޮމިޓީގެ މަސައްކަތަށް ވިސްނާލަ ބަލަ،އެބަ އޮތްތަ ދީނަށް ހަޖޫޖަހާ މީހުންނަށް ގުޅޭ ވާހަކައެއް؟ ނެތެއްނުދޯ އެކަމު އެމީހުން ހިމާޔަތް ކުރުން އެބަ އޮތެއްނު؛ ދެން ތި ސޭހެކޭ ކިޔާ އިމްރާން އަމިއްލަ އަތުން ދީނާ ހިލާފުވާ މީހުންނަށް ކަންކޮށްދޭނީ އަދާލާތޫ. ދެން އަތްޖަހާ. މަޤާމަށް ބޫތުކެޔަސް ބޮޑުވަރު ދޯ ސަހަރޯ ހީވޭ ހަމަ...

  8. ނޫންނޫން

    ތީ ހުސް ކެބިނެޓުގެ ވަޒީރުން. ތި ކޮމިޓީ ކަމަކު ނުދޭ. ކޮމިޓީއެއް ހަދާނަމަ މިނިވަން ބަޔަކު ލައިގެން ހަދާ.

    • ގގގގ

      ޕާޓީއަކާ ނުގުޅޭ ދީނަށް ލޯބިކުރާ ދީން ރަގަޅަށް ކިޔަވައިގެން ތިބި ހަރުދަނާ މީހުން ލައިގެން އެކަހަލަ ކަންކަން ބެލޭނީ....

  9. އިންސާފު

    ކޮމިޝަނެއް އުފެއްދިއްޖެއްނު ދެން އޯކޭވާނެ އެއްމެފަހުންގޮސް ސަރުކާރުގެ މިނިސްޓްރީއަށވުރެ ތި ކޮމިސަން ގިނަވާނޭ

  10. ޖެއްސުން ކުރަން

    އިބްރާ ލައްވާ ކައު ރަސޫލާصلي الله عليه وسلم އަށާއި އިސްލާމް ދީނުގެ އަގު ވައްޓާލަމުން ގޮސް ގުރުއާން އެއީ ޙައްޤު ފޮތެއް ނޫން ކަމަށް ބުނަން ދޫކޮއްލާފަ، އެންމެ ފަހުން ޒުވާނުން އެކަމާ ދެކޮޅަށް އަޑު އުފުލުމުން، އިބްރާ ގެ އަމަލު ތަކަށް ފަސްއަޅާ ފޮރުވޭ ތޯ ތިބަލަނީ. އަޑު އުފުލި ޒުވާނުން ޕޮލިސް ބަހަށް ގުޅައަކަށް ޖެހީ.

    • ޢަޖައިބު

      ޒުވާނުން؟ ގޭންގް ގްރޫޕެއް. އިބުރާއަކީ މުރުތައްދެއް

  11. ކުޑަހުސޭނު

    މަޖިލިސް އިންތިހާބަށް ރައްޔަތުން ގުނބޯހައްދަނީ މަޖިލިސްނިމުމުން އިހުނަށްވުރެ ލާދީނީކަން ގަދަވާނެ.

  12. ޏ

    ކޮންމެ ކަމަކަށް ކޮމެޓީ ހެދީމަ ނިމުނީއެއް ނޫން. ލާދީނީ ބައިގަނޑު ހައްޔަރުކޮށްބަލަ

  13. އިމްރާނު

    ޢިބުރާ ހައްޔަރު ކުރަންވީނު ކީއްވެ މުޖުތަމައުއަޢަށް ދޫކޮށްފަ ބަހައްޓަނީ ދީން ދެކެ ލޯނިވާމީހުން ލޭކައްކުވަންތަ ލާދީނީ ސަރުކާރު

  14. ޖ

    ކޮމިޓިއުފެއްދީމަ ނިމުނީ ދޯ ދެންވެެރިކަން މިހިންގަނީ ކޮންކޮމިޓީއެއްތަ.

  15. ޙާމް

    ކޮން ކޮމެޓީއެއް. ހަދާކަށް ހެދުނު ކޮމެޓީ މަދީތަ، ކޮބާތޯ ފިގުހު އެކަޑަމީ، އިސްލާމިކް މިނިސްޓްރީ، ޕޮލިސް ސަރވިސް. ޤނޫނީ ގޮތުން ކަންކަން މަތި ކޮށްފައ ތިބި މުވައްސަސާތަކުގެ ބާރު ކަނޑުވާލާ އެއްވެސް ޤާނޫނީ ހައިސިއްޔަތެއް ނެތް ކިމެޓީ ތަކަކާ ތިޔަ ހަވާލު ކުރަނީ ނުފޫޒު ފޯރުވަން ނޫން ދެން ކޮން ކަމެއްގައިތޯ.

    • ޢަލީ ޙަސަން

      ޑިމޮކްރެސީގައި ކަންކުރާނީ ޤާނޫނީ މުއައްސަސާތަކުން. ޚުދުމުޚުތާރު ވެރިކަމުގަި ޤާނޫނީ މުއައްސަސާތައް އެއްފަރާތްކޮށް ވެރިމީހާގެ އައުވާނުން ލައްވައި ކަންކަން ކުރާނީ. ތިޔަ ކޮމިޓީގެ މަގުޞަދު ކިޔާލީމާ ވަރަށް ސާފުކޮށް އެނގޭ އިބްރާއާއި ސަހިންދާގެ ލާދީނީ ފިކުރާ ދެކޮޅު ހަދާ މީހުންގެ ކިބައިން އެ މީހުން ސަލާމަތްކުރާން ހެދި ކޮމިޓީއެއްކަން. ފުލުހުންނާއުި އިސްލާމިކް މިނިސްޓްރީއާއި ހޯމް މިނިސްޓްރީ ވާގި ނައްތާލަން ކުރި ކަމެއްތީ. އިބްރާ ހިމާޔަތްކޮށް ލާދީނީ އެޖެންޑާ ކުރިއަރުވަން ކުރި ކަމެއް ތީ.

  16. ޓްވިޓަރުކާރު

    އިބޫގެ ސަރުކާރުގަ މިނިސްޓްރީ ތަކާއި މުއައްސަސާތަކަކީ ބޭކަރު ތަންތަން. ކޮންމެ ކަމަކަށް ކޮމިޓީއެއް ހެދީމަ ނިމުނީ. މީ ކޮމިޓީ ސަރުކާރު.

  17. ބެއްޔާ

    ތިކޮމިޓީއަށް މަދީ ކެރެފާ ނަސީމު، ޖާބިރު އަދި އިބުރާ

  18. ލޯކަ!

    ތިކޮމެޓީގެ ވެރިޔަކަށް ލާންވާނީ އިބްރާ! މައުމޫނު ޤާނޫނު ހެއްދުވީ އޭނާލައްވައި!!!

  19. ބުދުބެ

    މިވަރުވީއިރު ޗުއްޕުބުނަން ނުކެރުނު ބަޔަކު ކޮމިޝަނެއް ހަދައިގެން އިސްލާމް ދީން ހިމާޔާތެއްވެސް ނޫންކުރެވޭނީ. ޑިގުކުޅެފަ، ކޮފީބޮއެފަ ގެޔަށްދޭ

  20. ހާދަ ދީނީ ސަރުކާރެކޭ

    سبحان الله! ލާދީމެނާ ދިމާއަށް އެކަކު އެކައްޗެކޭވެސް ނުބުނާތި. ލޮލުގެ ހިމަކޮޅުން ބަލާލިޔަސް ހިފާ ހައްޔަރު ކުރަން ކޮމިޓީފުޅެއް އެ ތައްޔާރު ކުރީ. ބިރުގަނެއްޖެ.

  21. ބޯސަން

    ތީހަމަ ނަމެއްގައި ހެދި ކޮމެޓީއެއް..ތީގަގިނައީ ލާދީނީ މީހުން..މިހާރު ނެތް އިމްރާންއަށްވެސް އިތުބަރުކުރެވޭކަށް...ކުރިޔަށްއޮތް މަޖިލިސް އިންތިހާބްއަށްފަހު ތިމީހުންގެ ލާދީޏީކަން ވާނީ ބޯޑު..ކަރަށްނާރުއަރުވާފަ މަޖިލިސް އިންތިހާބް މެޖޯރިޓީ ބޭނުންޥާނޭއެކިޔަނީ ލާދީނީ ކުޅިގަދަޔަށް ކުޅެންވެގެން..

  22. ބަބޫ

    ތީހުސްގޭމު ކީކުރާ ކޮމޮޓީއެޠް

  23. މުއިވެޔޮ ކަލޯ

    ތިކަން ދާނީ މުއިވެލަށް ވެއްޓުނު ގެރިއަށްވީގޮތަށް.... ވެރިކަން ނިމޭއިރުވެސް ތިކޮމެޓީއަކަށް ކަމެއް ނުވާނެ... ދީނަށް ފުރައްސާރަ ކުރާ މީހުން އެކަން ކޮށްކޮށް ތިއްބާ ވެރިކަން ވެއްޓޭނީ.......

  24. މާރިޔާ

    މާރިޔާ އެއީ ހަމަ އޭގެ މީހެއް

  25. ބެއްޔާ

    ތިކޮމިޓީއިން އިސްލާމިކް މިނިސްޓަރާއި ހޯމް މިނިސްޓަރު އުނިކުރަންފެނޭ. މިހާރުވެސް ދޫ ހަލުވާލަން ނުކެރިފަ މާގާމް ގެއްލިދާނެތީ.

  26. ހުސޭނުބޭ

    ކޮމިޓީގެ އެންމެ ފަހު ބަސް ބުނަނީ ކާކުތަ؟ ބުއްޅަބޭތަ؟ އިބުރާތަ؟

  27. ބުލް

    ރައީސް ބޮލުން ކަޓުވަން ނޫޅުއްވާ..

  28. ހަސަން ފުލު

    މީ ޖޯކެއްތޯ ސޯލިހު ރައްޔަތުން ގެ ލޮލުގަ އަނދުން އަޅުއްވަނީ ތޯ.

  29. ސަޓޯ

    ކޮމެޓީ ސަރުކާރު!!!

  30. ލަބީބު

    ގައްޑާ ސަރުކާރެއްތާމީ! ޤަވްމު ހަނާވާއިރުވެސް ދެނާށި ތަޅަންވެސް ބޮޑުމުސާރަދީފަ ކޮމެޓީއެއް! ޕްރައިމަރީން ބަލިވިމީހުން ތި ތަނަށްލާން ފެންނަނީ 25000 ރުފިޔާގެ މުސާރަދީފަ! ޑްރަގާއި މަސްތުވަތަކެތި ތިޔާގިވީމާ އެކަމަށް ކޮމެޓީއެއް ހަދާފަ ވެރިޔަކަށް އަންނި ބަހައްޓަބަލާ!

  31. ކުކުޅޭ

    ކޮމިޓީ ސަރުކާރު??????

  32. އަހްމަދު

    ތިޔަކޮމިޓިގައި ގިނައީ ލާދީނީ ފިކުރުގެ މީހުން.

  33. މަރުޒޫގު

    ތިޔަ ކޮމެޓީއަށް ލާންވީ:
    1. އިބްރާހމް އިސްމާއީލު/މއ. ބޯގަންވިލާ
    2.ޝަހިންދާ އިސްމާއީލު/މއ. ބޯގަންވިލާ
    3.އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލު/މއ. ބޯގަންވިލާ
    4.ރައީސް އިފީހުގެ ސްޓޭޓް މިނިސްޓަރ ހަސަން އިސްމާއީލު/މއ. ބޯގަންވިލާ
    5.ގާނޫނީ ވަކީލު ޝަމީމު (ޝަހިންދާގެ ކުރީގެ ފިރިމީހާ)

  34. ސޯޕް ލައިޓް ބްރަދަރ

    ކޮންމެ ދެމަފިރިއަކަށް ކޮމެޓީއެއް ކޮންމެ ދެގެދޭތެއަކަށް ކޮމެޓީއެއް ހެދިޔަކަސް ކުރެވޭނެ ކަމެއް ނޯންނާނެ!!! ތިޔައްވުރެ ބާރުގަދަ މުއައްސާސާ ހުރިއިރުުކުރެވުނުކަމެއްނެތް!!

  35. އަބްދުއްލާ

    ދީނާ ޚިލާފު ކަންކަން ބަލަން ރައީސް ކޮމިޓީއެއް އުފައްދަވައިފި
    3 ގަޑިއިރު ކުރިން ( ޖެނުއަރީ 22, 2019 )

    މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:

    1. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް

    2. މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ

    3. މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ

    4. މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން

    5. މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު

    6. މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަލްފާޟިލް އަޙްމަދު މަޚްލޫފް

    7. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު

    މިކޮމެޓީގަ ގިނައީ ދީން ނުގަންނަ މީހުނެއްނު، މީކޮންތާކު ބުރާންޗެއް އުފެއްދި ކޮމެޓީ

    އެއްތަ؟ މީގަ މަދީ އިބުރާޔާ ، ވެލެޒިނީއާ ، އަނިޔާ އެއްނު.

  36. ......。。。。

    ސަރުކާރު ހިންގަން ކޮމިޓީއެއް ހަދާފަ އަހަރެން ވެރިއަކަށް ލާބަލަ. މާ ރަނގަޅުވާނެ.

  37. ކޮރޭ

    ލާދީނީ މީހުން ކިޔާނެ ހާ އެއްޗެއް ކީއިރު ކޮބާ އެންމެ ސޯލިހް މީހާ. އަދިވެސް ކަންބޮޑެއް ނުވީސް އިބުރާގެ ބިއްލޫރިގަނޑު ތަޅާނުލިނަމައެއް. އަސްލު އެހެން ބުނަންނުކެރިގެން ތިއުޅެނީ.

  38. އަބޯ

    މިކަމަށްކޮމިސަނެއް ހަދާކަށެއް ނުޖެހޭނެ ، އިސްލާމިކް މިނިސްޓްރީ އިންޖެހޭނީ މިކަންކަން ބާލާ ދީނަށް ފުރައްސާރަ ކުރާމީހުންގެ މައްސަލަ ތަހުގީގު ކޮށް ކްރިމިނަލް ކޯޓަށް ހުށަހަޅަން ، ދީނަށް ފުރައްސާރަކުރުމަކީ ކުށެއް. ވީމާ ސަރިއަތުން ބަލާ އެމީހާ ދީނުންބޭރުވެފައިވާނަމަ ތައބާވުމަށް ފުރުސަތުދި ތައުބާލައިދީ ތައުބާ ނުވެއްޖެނަމަ ދީނުގާ ކަނޑައެޅިފައިވާ އަދަބު ކަނޑައަޅާނީ

  39. މީޙުން

    ކޮމެތާ ކަމަކުނުދޭ މަހުލޫފު ބޭރުކުރެެ އެއީ ތަންދޮރު ނުދަންނަ ބޭކާރު އަގަތަޅާ މީހެއް

  40. މުހައްމަދު

    މިޔޮތީވާކަމެއް ކޮންމެކަމަކަށް ކޮމެޓީއެއް ހެދުނީމަނިމުނީތަ ތިވެސް ވެރިކަންކުރާގޮތެއްތަ މުޅިންވެސް ވައްކަމާ އޮޅުވާލުން މިނޫންކަމެއް ނެތޭ ދެން އަވަހަށް ހަންޑިފެންނާތީ ހަންޑިބަލާ ކޮމެޓީއެއް އުފައްދާ އެތަނަށް އެކްޓިވެސްޓުން ކޮޅެއްހަމަކޮށްލާ ރައުސްމާލު ހުސްކޮށްލާ ދެންބުނޭ ޔާމުނު ލާރިހުސްކުރިއްޔޭ ވީމާހުރިހާ އެލަވަންސެއް ކަނޑާލަންޖެހެޔޭ ޔާﷲ މިނުބައި ވަގުސަރުކާރުގެ ކިބައިން ސަލާމަތް ކުރަށްވާށި އާމީން

  41. ދޮންބެ

    ކަލޯ މީ ކޮމެޓީ ރައިސް ގާބިލުކަން ނެތީމަވާގޮތް އަދިވެސް ކަމެއް އޮތިންޔާ ހަވާލުވޭ މަޖިލީ ހުގަވެސް ހުރީ 25 އަހަރު

  42. މުނީރު

    ނުވަންޔާ ގެގަ މަޑުކޮލާ

  43. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ކޮންމެ ކަމަކަށް ކޮމެޓީއެއްހަދާ ކޮމެޓީއެލަވަންސަށް ދައުލަތް ދަވާލަންވާނެ މިފަހަރު.. ކޮބާހޭ ރީންދޫ ޓްވީޓްކުރާ ކުދިންކޮޅު މިހާރު؟؟؟ ނުފެނޭތަ މި ހާވާ ހަޑިއެއް؟؟؟

  44. ާަާމަ

    އަނެއްއަނެއް ކޮމިޝަން ކޮބާތަ އިސްލަާމިކް މިނިސްޓްރީ އާ ފިގުހު އެކަޑަމީ

  45. Anonymous

    ދީނާ ހިލާފު ކަންކަން އެނގޭވަރަށް އިސްލާމްދީން ނޭނގޭ މީހެއްތަ ވެރިކަމުގައި މިހުރީ؟ ޝެއިޙް އިމްރާނޭ ކިޔާ ހޯމް މިނިސްޓަރަކުވެސް ހުރޭ؟ އެ މީހާއަށްވެސް އިސްލާމްދީނާ ހިލާފު ކަންކަން މިހާރު ނޭނގެނީތަ؟

  46. Anonymous

    ހަނޑަސްބުރިއަށް ބޮޑުކަމުދާ ކޮމިޓީވެސް އުފައްދަބަލަ.

  47. ހަވާދު

    ތިޔަހެދީ ލާދީނީ ބައިގަޑު ހިމާޔަތްކުރާ ކޮމެޓީ ދެން އުފައްދާ ޅަ ކިބޫ ހިމާޔަތް ކޮށްދޭ ކޮމެޓީއެއް............... އިބޫ ކަލެޔަކީ ރައީސެއްތަ

  48. Anonymous

    އަނގަޗޭކޮށް ވާހަކަދައްކާ ކޮމިޓީ، ހޭބަލިވާ ކޮމިޓީ، ޅިޔަނުން ބާރުވެރިކުރުވާ ކޮމިޓީ. ދެއްކޭ ނުދެއްކޭ ވާހަކައެއް ނޭނގޭ ކޮމިޓީ. ފޫޅު ބަފާ ކޮމިޓީ<

  49. x

    މަހުލޫފު އިންނަ ކޮމެޓީ އެއް އެއީ ފުޅިމަދު އުގުރި ވާނެކަމެއް ހަރާން،،

  50. ޖޮއްބެ

    އަދި ތިޔަ ކޮމެޓީ އިން ކަންކުރާގޮތް ބަލާނެ ކޮމެޓީ އެއްވެސް އުފައްދަންވާނެ.

  51. މާހިރާ

    ކޮމިޝަންގެ ރައީސާއަކީ ސަކިއްދާތަ ނޫނީ އިބުރާތަ މި ސާފުކުރަން ބޭނުންވާ ކަމެއް