އެކި ފަހަރުމަތިން ގދ. ވާދޫއިން ވައްކަން ކުރަމުންދިޔަ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ފުލުުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މިއަދުއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 35 އަހަރުގެ ބަންގްލަދޭޝް މީހެއް ކަމަށެވެ.

ފުލުހުން ވިދާޅުވީ، އޭނާގެ އަތުން ގިނަ އަދަދެއްގެ ފޯންތަކާއި، އަދި އެހެނިހެން ސާމާނުތައް ހޯދާފައިވާކަމަށެވެ. އަދި އެ ތަކެއްޗަކީ މީގެ ކުރިން ފަށައިގެން އެކި ފަހަރުމަތިން ފުލުހަށް ހުށަހެޅިފައިވާ ވައްކަމުގެ މައްސަލަތަކުގައި ހޯދަމުންދާ ތަކެތިކަަމަށް ފުލުހުން ވިދާޅުވިއެވެ.

އެ މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު އެރަށު ކޯޓަށް ހާޒިރު ކުރުމުން އެ މީހާ ބަންދުގައި ބަހައްޓައިގެން މައްސަލަ ކުރިއަށްގެންދިއުމަށް 15 ދުވަސް ވަނީ ޖަހާފައެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވަގު

    ވައްކަންކުރަނީ ކިހިނެއް؟އެކަންކުރަން ވަކިވަގުތުތަކެއް އޮވޭތަ؟

  2. މާމިގިލީ މީހާ

    ގައުމު ހަލާކުކުރާ ބަޔަކީ ބަންގާޅިން.. ބަންގާޅީން ނައް ގަވައިދެއް ހަދާން ސަރުކާރުން ޖެހޭ.. މާމިގިލީގައި ބަންގާޅިން ފިހާރަތައް ހުޅުވައިގެން ވިޔަފާރިވެސް އެބަކުރޭ.. ސަރުކާރުން މިކަން ކަން ހުއްޓުވާން ޖެހޭ.. މާމިގިލީގައި ގަވައިދާ ހިލާފައް ވެސް ކިތައް ބަންގާޅިން އެބަ އުޅޭ.