"މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން" އިން ބަލަމުންދާ މައްސަލަތަކަށް ޕްރޮފެސަރ ހަސަން އުގެއިލްގެ އެހީތެރިކަން ހޯދަން ފަށައިފިއެވެ.

އެކަން ހާމަކޮށްފައި ވަނީ އެ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދެވެ.

އޭނާ މިއަދު ޓްވިޓާ މެދުވެރިކޮށް ވިދާޅުވީ، ކޮމިޝަނުން ކުރާ ތަހުގީގުތަކަށް ހޯދަން ބޭނުންވާ މީހުންގެ މަސައްކަތަށް އުގެއިލްގެ އެހީ ހޯދަމުން އަންނަ ކަމަށެވެ.

https://twitter.com/hsuood/status/1087704812047675395?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1087704812047675395&ref_url=https%3A%2F%2Fwww.addulive.com%2F137268

އެ ކޮމިޝަނުން މިހާރު ބެލުމަށް ނިންމާފައިވަނީ 24 މައްސަލައެކެވެ. އޭގެ ތެރޭގައި ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައާއި، އަޙުމަދު ރިލްވާން ގެއްލުމުގެ ޙާދިސާ އާއި، ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އަދި ރައުދާ އާތިފުގެ މަރުގެ މައްސަލަ ހިމެއެވެ.

ހަމައެހެންމެ، ޖަލުތަކާއި، ކުޑަކުދިންގެ ހިޔާ އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ބައެއް މީހުން މަރުވި މައްސަލަތައްވެސް ބަލާނެއެވެ.

އެ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ތެރެއިން އަފްރާޝީމް އަލީ އަވަހާރިކޮށްލި މައްސަލައާ ގުޅުން ހުރި ދެ މީހަކު ހޯދުމަށް އާއްމުންގެ އެހީއަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.

އެ ކޮމިޝަނުން އިއްޔެ ކުރެއްވި ޓްވީޓެއްގައި ހޯދަމުންދާ ދެ މީހުން ފެންނަ ވަރަށް ނުސާފް ވީޑިއޯއެއް ވަނީ ލާފައެވެ. އެ ވީޑިއޯއިން އެއީ ކޮން ބައެއް ދެނެނުގަނެވެއެވެ.

ނަމަވެސް އެ ކޮމިޝަނުން ބުނީ، އެ ދެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަަމަ އެ ކޮމިޝަނަށް ގުޅައިގެން އެންގުމަށެވެ.

އުގައިލްވެސް ވަނީ މަރުގެ ކޮމިޝަންއާ ބައްދަލުވި ކަމަށާޢި އަދި މަރުތަކާ ބެހޭ ހެއްކާއި ގަރީނާތައް ބަލާލާފައިވާ ކަމަށާއި އަދި މިމައްސަލަތައް ތަޙްޤީޤް ކުރުމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށްވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ދުނިޔޭގެ ހުރިހާ ގައުމެއްގަތިބި ޕްރޮފެސަރުންނަށް ދަޢުވަތުދިނުމަށްފެނޭ، ތިމައްސަލަ ތަޙްގީގު ކުރުމަށް،

  2. ސައްލޭ

    އަނެއްކާ މިކަލޭގެ ފާޅުވީދޯ މި؟

    • ޗައްލޭ

      ސައްލޭ ހީކުރަނީ ޕްރޮފެސަރ އުގެއިލް އަކީ ދައްޖާލު ކަމަށްތަ. ބިރުގަންނާނެ ކަމެއްނެތް. ސައްލޭވެސް ގެންގޮސްހިފާ ހައްޔަރުކޮށް މަރަށްމަރުހިފާ ދުވަސް އެބަ ކައިރިވޭ. ދެންވެސް މީހުންނަށް ދަރާފަތިއޮތް ދަރަނިތަށް ދައްކަ ޚަލާބްކޮށް ، މީހުންގެ ޙައްޤުތަކަށް އަރައިގަނެވިފަ ތިބި އެންމެން ގެ ކިބައިން މިބުނީ އަންމަޑޭ، އާދަޅޭ، ކަންޑަރޭ މެންކިބައިން މަޢަފަހޯާ. ޚާއްޞަކޮށް މީހުންގެ އަނބިންގެ މައްސަލާގައި އެމީހުންގެ ފިރިންގެ ކިބައިންވެސް، ޔޫންބާ ޔާ ފިއްޓޯ މަތިން ހަނދާން ނައްތާނުލާތި

  3. ނުރަބޯ

    އަސްތާ ތިޔަވީ ވަރަށްމޮޅު ގޮތެއް. މިފަހަރު ގޯނިބެ ކުޑަޢަލީ އަށް ވީގޮތްވެސް އެނގޭނެ ހަމަ މުޖައްރިބު.

  4. Miadhu

    އުގައިލްގޮވައިގެން މާލެތެރޭގައި ހިނގާލަންވީނު އެކަންކުރިމީހާގެ ލަގަނުގައިހިފާނަގާނެ ވަގުތުނަގާލަން ޮންތަހުގީގެއް ކުރަން

  5. ރާޅު ބޯއީ

    ދެން ކީއްކުރާ ކޮމިޝަނެއްތީ. މަށަކީވެސް ޕްރޯއެއް ގެންދަންވީނު. ނުވާނެ ސޫދާ ކަލެއަކަށް .

  6. Anonymous

    އިބްރާ މެން ގްރޫޕުގެ މީހެއްތިއީ.