ރާއްޖެ އެތެރެކޮށްފައިވާ އިސްލާމްދީނާއި ހިލާފު 50 އައިޓަމެއް ކަސްޓަމްސް އިން މިއަދު ނައްތާލައިފިއެވެ.

މީގެ އިތުރުން ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި އޫރުމަސް އަދި ސިނގިރޭޓު ވެސް މިއަދު ވަނީ ނައްތާލާފައެވެ.

މި ތަކެތި ނައްތާލާފައިވަނީ ކ. ތިލަަފުށީ ކުނި ނައްތާލާ ސަރަޙައްދުގައި މިއަދު ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައެވެ.

އިސްލާމްދީނާއި ހިލާފު 50 އައިޓަމެއް ނައްތާލާފައިވާ ކަމަށް ކަސްޓަމްސް އިން ވިދާޅުވި ނަމަވެސް ތަފްސީލެއް ދެއްވާފައެއް ނުވެއެވެ. އެހެންކަމުން އެއީ ކޮން ބާވަތެއްގެ އެއްޗެހިތަކެއް ކަމެއް ސާފެއް ނުވެއެވެ. އަދި އެތަކެތި ރާއްޖެ އެތެރެކުރި ތާރީޚެއް ވެސް ސާފެއް ނުވެއެވެ.

މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 264 ވަނަ މާއްދާ އާއި 423 އަދި 424 ވަނަ މާއްދާގެ ދަށުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ކަސްޓަމްސްއިން ނައްތާލުމުގައި ޢަމަލުކުރާނެ އުޞޫލުގެ ދަށުން ނައްތާލެވުނު ތަކެއްޗެވެ.

އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ނައްތާލެވިދާނެކަމަށް ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބަޔާންކުރެވިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ކޮރު އިނބިލީސް

  51. ޢިބްރާ
  52. ޝަހިންދަ
  53. ޢާނިޔާ ދަ އަގްލީ ދައިތަ

 2. އަންޒާ

  ތީ ހުސް ފޮށިތަކެއްނޫންކަން ކިހިނެތް އިނގެނީ.. އެތެރޭގައި ހުރީ ކޯޗެއް..؟

 3. މަ

  ކޮބާ ވެލާ؟

 4. މޯދީ

  މުޅިން ނުބައި އެއްޗެހި ތަކެއް ތި ނައްތާލީ. އަސްލު

  އެއްޗެހި ހުރީ އަދި. އެންމެ ފުރަތަމަ ކެނެރީގެ ޔަހޫދީ

  ކަލޭގެއިން ފެށިގެން.......

 5. ދަތްދޫނި

  ތިޒާތައް ތިކަންތައްތައް ކުރުމުން ކަސްޓަމްސް އަށް ފާޑު ކިއުން އަމާޒު ވާނެއެވެ. ސަބަބުތައް ވަރަށް ގިނައެވެ. ކުޑަކުޑަ މިސާލެއް ބުނެލަން ހެއްޔެވެ. ކަސްޓަމް އިން މިވެނި ދުވަހެއްގައި އަތުލައިގަތް 100 ކިލޯގެ ހިރޮއިން މަސްތުވާ ތަކެތި އަތުލައިގަތް ކަމަށް މީޑިއާގައި ރިޕޯރޓްކުރުމަށްފަހު ނައްތާލި ތަކެތީގެ ތެރޭގައި މި ދެންނެވި ތާރީޙު ގައި އަތުލައިގަތް މަސްތުވާ ތަކެތި ނައްތާލިކަން އެނގެން ނެތުމުންނެވެ. މިހެންކަމުން އަތުލައި ގަތް ތަކެތީގެ ތާރީޙު ތަކާއި އަދަދު ތައް އެ އެއްޗެއްގައި ލޭބަލް ކުރުމަށްފަހު އެއީ ކޯޗެއްކަން އެނގޭނެ ގޮތައް މީޑިއާގެ ކުރިމަތީގައި ތިކަން މި ދެންނެވި ގޮތައް ކުރާނަމަ އޯކޭ އޭ ބުނެވިދާނެއެވެ. މި ނޫން ގޮތަކަށް ކުރާނަމަ ތިޔަ މުއައްސަސާ އަށް ރައްޔިތުން ޝައްކު ކުރުމުގެ އިނގިލި ދިއްކުރާނެއެވެ.

 6. ޑައިލޯގް

  މިސަރުކާރުގެނައީ ލާދީނީ މީހުން މިރާއްޖޭގައި %100 އިސްލާމުން ތިބޭތީ އެކަމާ ކަންބޮޑުވެ މިކަމުގައި ރާއްޖޭގެ މަންދޫބަކީ ކެނެރީގޭ ނަޝީދު، މީނަ ފުރަތަމަ މިނިވަންކަމޭ ކިޔާގެއްލުވާލީ އެއްބަިވަންތަކަން، ދެން ޢިލްމުވެރިންގެ އަގުވައްޓާލީ ދެންވަރަށް ފަސޭހަވާނެ ބޯކާލަން މީ ޔަހޫދީންގެ ރޭވުން ވީމާ މިފަދަ ލާދީނީ އެއްޗެހި އެތެރެވާލެއް މިސަރުކާރުގަ ގިނަވާނެ ނަމަވެސް މީޑީޔާ އޮތީ އެމްޑީޕީއަތުގަވީމަ މިވާހަކަ ދެއްކުން ކުޑަވާނެ

 7. ސައިބޯނި

  ހެހެހެ ދެން ނައްތާލަންޖެހޭ ލިސްޓްތަ

 8. ކަކަކަ

  އޯ ޯ ޯ ދީނީ ސަރުކާރު ފެނޭތަ އެބަ؟ ކެކެކެ. އަމައްޔާއި.

 9. ކިނބޫ

  އިސްލާމްދީނާއި ހިލާފު 50 އައިޓަމް އެކަނި! ދިރިދިރި ތިބި "އައިޓަމް" ތަކޯ؟

 10. އަހްމަދު

  މިތަކެތި އެތެރެކުރާ މީހުނަށް އެއްވެސް މާއްދާއެއްގެ ދަށުން އަދަބެއްލިބިފައިވޭތޯ ނޫސްވެރިއަކު ބަކައިދީބަލަ.