ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި ދޭތެރޭ ޢަމަލުތައް ގެންގުޅުއްވާ ގޮތުން އިންތިޙާއަށް ކަންބޮޑުވާ ކަމަށާއި، ހޯމް މިނިސްޓަރ ޝެއިޚް އިމްރާންގެ ފަރާތުން މިހާރު ފެންނަމުންދަނީ ލާއިންސާނީ ޢަމަލުތަކެއްކަމަށް އަދީބުގެ ވަކީލު ،އިސްމާޢިލް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ވަކީލް މިހެން ވިދާޅުވީ މޫކައި ސުއިޓްސް ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އަދީބަށް ބޭސްފަރުވާ ކުރުމުގެ ފުރުޞަތު ނުދޭ މައްސަލައިގައި ވާހަކަފުޅުދައްކަވަމުން ވަކީލް ވިދާޅުވީ، އަބީދުގެ މައްސަލަތައް ރާއްޖޭގެ ހައި ކޯޓަށްވެސް އަދި ސުޕްރީމް ކޯޓަށްވެސް ހުށަހަޅާފައިވާނެ ކަމަށާއި ޑޮކްޓަރުން ލަފާދީފައި ވަނިކޮށްވެސް އަދީބަށް ބޭސްފަރުވާގެ ފުރުޞަތު ނުދީ ހިފަހައްޓަނީ ކީއްވެތޯ ސުވާލު އުފައްދަން ބޭނުންވާކަމަށެވެ. އަދި ޝެއިޚް އިމްރާންވެސް ޖަލުގައި ހުންނެވި ދުވަސްވަރު، ހައިކޯޓަށް ހުށަހެޅި މައްސަލަ ނިމެންދެން އިމްރާން ގެއަށް ބަދަލުކުރީ ޑޮކްޓަރުގެ މެޑިކަލް ރިޕޯޓުތަކަށް ބައްލަވާފައިކަމަށް ވެސް ވަކީލު ފާހަގަ ކުރެއްވިއެވެ.

"ރާއްޖޭގެ ޤާނޫނު އަސާސީގެ 23 ވަނަ މާއްދާގައިވެސް ބަޔާންކޮށްފައިވޭ ޞިއްޙީ މައްސަލައެއް ދިމާވެއްޖެ ނަމަ ޢަމަލުކުރަންޖެހޭ ގޮތް. ނަމަވެސް މިއިން އެއްވެސް ކަމަކަށް ބައްލަވާފައެއް ނެތް. މިކަމާ އަޅުގަނޑުވެސް ވަރަށް ކަންބޮޑުވޭ" ވަކީލް ވިދާޅުވިއެވެ.

އަދީބަށް ބޭސްފަރުވާގެ ހައްޤު ނުލިބޭ މައްސަލަ އަދީބުގެ ވަކީލުންގެ ފަރާތުން ވަނީ ހިއުމަން ރައިޓްސް ކޮމިޝަނަށްވެސް ހުށަހަޅާފައެވެ. ނަމަވެސް މޯލްޑިވްސް ޕޮލިސް ސާރވިސްއަށް މި ކަމާއި ގުޅޭގޮތުން ހުށަހަޅަން މަސައްކަތް ކުރެއްވި މައްސަލަ ބަލައިނުގަތުމުން އެ މައްސަލަ ހުށަހެޅޭގޮތެއް ނުވިއެވެ.

ދައުލަތުގެ ބިލިއަނަކަށްވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާ އަދި ރައީސް ޔާމީން އަވަހާރަކޮށްލަން މަސައްކަތް ކުރިކަން ސާބިތުވެފައިވާ އަދީބަށް ވަނީ ތިން މައްސަލައެއްގައި 33 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ. މިހާރުވެސް އޭނާގެ މައްޗަށް ދައުވާކުރާ ތިރީހަކަށް މައްސަލަ ކުރިމިނަލް ކޯޓުގައި އެބަ އޮތެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އިއްސެ

    އިއްސެ ދަންތުރަ ތަކުގަ ނުޖެހޭ އެއްޗެއް ދިނަސް

  2. އެލެކްސް

    ތިޔަ އިމްރާނަކީ ޓެރެރިސްޓެއް ކަމަށް ކުރިންވެސް އެމްޑީ ޕީ އިން ވަނީ ތުހުމްތު ކޮށްފައި އަދި ރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ޖަމާއަތްތަކާއި ގުޅުންބޮޑު އެތަންތަނަށް މީހުން ފޮނުވާ އޭގެން ކަޓުނަގާ މީހެއް ކަމަށް ވެސް ވަނީ ބުނެފައި އެފަދަ މީހެއްގެ ރަހުމެއް ނުހުންނާނެ.

  3. އިހްސާނާ

    ދައުލަތުގެ ބިލިއަނަކަށްވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާމީހަކު ހަމަ ނަޝްވާ ބުނާއިރަށް ކިހިނެއް އިމްރާނެއްކަމަކު ދޫކޮށްލާނީ...
    އިމްރާނުމެން ދޫކޮށް ލާ ދެންތިބިވެސް ސިޔާސީ ހައްޔަރީން ދޫކޮށްލީ ބަލަ އެމީހުން ހައްޔަރު ކުރީ އޭރުގެ ރައީސް ޒާތީ ކަންކަމާ....
    އަދީބުގެ މައްޗައް ހެކި ފެންނަން ހުރި މައްސަލަތައް އެބަހުރި،... ނަޝްވާއަށް ވީ ދޯ އޭނާ ސަލާމަތް ވަނިކޮށް ހެޔޮދޯ ރައްޔިތުންގެ ލާރި ކާލައިގެން ހުއްޓަސް..
    ގްރޯއަޕް ނަޝް...

    • އަރީ

      ބިލިޔަނޭ ތީ ދުލުން ކިޔާ އަދަދެއް، ތިޔައީ ޔާމީނު ސަލާމަތްވާންވެގެން ކީއަދަދެއް، ހަގީގީ ބިލިއަންވކެއިމީހާ އަކީ ޔާމީން

  4. އުސްމާނުބެ

    ފުރާނަ ނޭވާހޮޅިއައް އެޅިގެން ނޭކިޔާ އޮވެގެންވެސް ޕާޓީހެދުން އޯކޭ ދެއްްތޮ، ގައުމު ދިރުވާލައިގެން ފުޑް ޕޮއިސަން ވެގެން ތިއުޅެނީ ، ނިކަން ކުރުބައާ ލޮނުޕެކެޓެއް ހިއްޕަވާލައްވާ އިސާހިތަކު ރަގަޅުވެދާނެ.......

  5. އަބުދުﷲ

    ދުނިޔޭގެއެތަންިމތަނުގޮވީ އިންސާފުހޯދާށޭ ދޭށޭ
    ސަލާމަތްކުރަންބޭނުންވާމީހުން ސަލާމަތްވންޖެ
    މިހާރުއެވާހަކަދައްކާގައުމެ ނެތް