ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، އެސަރުކާރުގެ ދެވަނަ ނައިބު ރައީސް އަޙުމަދު އަދީބަށް ދިން ވަރުގެ އަނިޔާ، މި ސަރުކާރުގައި އެއަށްވުރެ ކުޑަ ދުވަސްކޮޅެއްގެތެރޭގައި ހަމަ އެހާ ބޮޑަށް ދީފައިވާކަމާއި މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲ، އަދީބާ ޖެހިގެން އުޅޭ ޒާތީ މައްސަލަ ސާފު ކުރަން ބޭނުންފުޅުވާކަމުގައި އަދީބުގެ އަނބިކަނބަލުނ ނަޝްވާ ވިދާޅުވެއްޖެއެވެ.

ނަޝްވާ މިހެން ވިދާޅުވީ ރޭ ބޭއްވި ނޫސް ކޮންފަރެންސް އެއްގައެވެ.

"އެހެންވީމާ އަޅުގަނޑުވެސް ޝައިޚް އިމްރާނަށް މި ޕްރެސް ކޮންފަރެންސްގައި ސުވާލު ކޮށްލަން ބޭނުން ކޮން މައްސަލައެއްތޯއޭ އަދީބާ ޖެހިގެން ތިއުޅެނީ. އެޔެއް އަޅުގަނޑު ސާފު ކުރަން ބޭނުމޭ. ކެރިވަޑައިގަންނަވަންޏާ އަދީބާ ޖެހިގެން ތިއުޅޭ ޒާތީ މައްސަލައެއް އަޅުގަނޑުމެންނަށް އަންގާށޭ،" ނަޝްވާ ވިދާޅުވިއެވެ.

މީގެއިތުރުން، އެންމެ ފަހުން އަދީބު ޖަލަށް ގެންދެވުނު ދުވަހުގެ ބައެއް ކަންކަން ނަޝްވާ ހިއްސާކުރައްވާފައިވެއެވެ.

"ތިބޭފުޅުންނަށްވެސް އެނގިލައްވާނެ ކަންނޭނގެ ފުރަތަމަ ޝައިޚް އިމްރާން ޖަލުން ނުކުމެ އެންމެ ބާރަށް ވިދާޅުވަމުން ގެންދިޔައީ ޖަލުގައި އެންމެ ބޮޑު އަނިޔާއެއް ދެމުން ދަނީ އަދީބަށޭ. އެހެންވީމާ އަޅުގަނޑުމެންނަށް މި ފެންނަނީ މި ތިން އަހަރު ދިން އަނިޔާ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހަމަ އެހާ ބާރަށް އަނިޔާ ދެއްވަމުންދާތަން،" ނަޝްވާ ވިދާޅުވިއެވެ.

މީގެއިތުރުންވެސް، މި ޕްރެސް ކޮންފަރެންސްގައި ނަޝްވާ ވިދާޅުވީ ޖަލަށް ބަދަލު ކުރަން ކަރެކްޝަންސްގެ އީއެސްޖީގެ އޮފިސަރަކު އައިސް ވަރަށް ބާރަށް، ކޮޓަރީގެ ދޮރު މައްޗަށް އަރާ އަދީބު ބަލައި އައިކަމަށް ބުނިކަމަށް ވިދާޅުވިއެވެ. އެއޮފިސަރުގެ އަތުގައި ޑިސްޗާޖު ސަމަރީ އޮތްކަމަށް ބުނާއިރު، މި ސަމަރީ އާއިލާއަށް ނުދައްކާކަމަށް ވިދާޅުވިއެވެ.

ހަމައެހެންމެ، އަދީބު ތަދުވާކަމަށް ވިދާޅުވުމުން، މަތިން އެންގީ ގެންދެވުނު ގޮތަކަށް ޖަލަށް ގެންދަންކަމަށް އޮފިސަރު ބުނިކަމަށްވެއެވެ. އެއަށްފަހު ދެން އެހެން މީހަކާ ފޯނުން ގުޅާ، އަދީބު ނުދާން އުޅޭކަމަށް ބުނިކަމަށް ނަޝްވާ ވިދާޅުވިއެވެ.

ހަމައެހެންމެ، އަދީބު ޑިސްޗާޖު ކޮށްފައި އޮއްވާ ނަރުހުން ވަދެ އިންޖެކްޝަން ޖެހިކަމަށާއި އެފަރާތްތަކުން ޖެހީ ޕެއިން ކިލަރކަމަށް ބުނިކަމަށްވެއެވެ. އަދި އެގޮތަށް ޑިސްޗާޖު ކޮށްފައި އޮންނަ މީހަކަށް އޭގެފަހުން ފަރުވާ ދެވޭނެކަމަށް ގަބޫލު ނުކުރާކަމަށާއި، އަދި އޭގެން އެނގެނީ އަދީބު ޑިސްޗާޖުކުރަން ފިޓު ނޫންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. އަނިޔާއޭ

  މިއަދީބެއް ދިވެހިރައްޔިތުންނަށް ދިންއަނިޔާ ކުޑަތަ؟

 2. ފާތިމަތް

  އަދީބައް ތިހެން ނަހަދާ

 3. ދދދދދދ

  އަނގަ ނުގަޅާ މަޑުން ހުރޭ އަންހެން ވަގު.

 4. ކެޔޮޅު

  ބައްލަވާ އަޅުގނޑުވެސް މިހުރީ ޒާތީގޮތުން ޖެހިފައި. ދިވެހި ޤައުމުގެ މާލިއްޔާ ބަނޑުއަޅާލައިގެން ތިބެ ތި އަނގަ އަރުވަނީ. ކީއްވެ ޒާތީގޮތުން ނުޖެހެންވީ. ދިވެހި ނޫސްވެރިންނާ އި ނޫސްތަކަށް މިވެރިންގެ ވާހަކަތައް ނުޖެހުމަށް ގޮވާލަން. ލޭ ކެކެނީ ...

 5. ޢަލިގަދަ

  ޢިމްރާން މިހާރު ދެރަވަނީ އަދީބަށް ވުރެ އޭނާގެ މަގާމް ގެއްލި ދާނެތީ

 6. ބޮކިބެ

  ބްރޯގެ ދިފާއުގައި، އަނިޔާއޭކިޔައިގެން ވާހަކަދައްކާނީ ގޮތެއްފޮތެއް ނެތް އިންސާނެއް. ބްރޯތީ ގައުމެއްގެ މާލިއްޔަތު ކައި ހުސްކޮއްލާފަ ހުރި ބޮޑު މުޖުރިމެއް. އެޔައްވުރެ ބޮޑޮ އަނިޔާ އަކީ ކޮބާ؟

 7. އަލްޖިބްރާ

  އަދިވެސް ކުރާވަރު ކުޑަ ! އަދީބުގެ ބާރު އޮތްއިރު މީސްމީހުނަށް ދިން އަނީޔާގެ ހިތި ރަހަ އަދީބުވެސް ތަހައްމަލު ކުރަން ޖެހޭނެ !

 8. ބުއްަބޭ

  ފަންޑުހޯދަން އެދުނީމަ ނުދިނުމުން ޖެހިގެން އުޅޭ މައްސަލައެއްތިއީ!

 9. ޓިނުފޮށި

  ދަރިން ކަރިއަށް އާދެވުންވެސް ތިވީ އަނިޔާ އަށް ސިޔާސީ ޕާޓީ އެއްހަދަން ފުރުސަތު ލިބުންވެސް އަނިޔާ.ތިބޭފުޅާ އަށް ވާނުވާ އިނގޭތޯ

 10. ނާސިރު

  އަދަބުލިބުނީ މިސްކިތުގައިންތޯ؟//؟ ކޮބާރަށްޔެތުންގެ ރުފިޔާގަޑު

 11. ގަސްވާ

  ތީ ވަރަށް ވިޔާނުދާ މަަންޖެ އެއް

 12. ޢޭނަސްވާ

  އަދީބުޢާއިޖައްސާލައިގުން އުޅެނީއިމްރާނެއް ނޫން. ދިވެހިރައްޔިތުން. އަޅެފަހެ އަދީބުކޭލާރި ހަވާލުކުރަން ބުނެބަލަ.ކޮންތާކުންތަ އެވަރައް ލާރިހޯދީ. ދެދުވަހައް ގެޔަށް ގެނައިމަވެސް ސިޔާސީ ޕާޓީއެއް ވިއްޔަހަދާލީ. ކބބ

 13. ޢަނިޔާ

  ޢަދީބު މާ ބްރޮވެގެން ތެޅިބޭލި އިރު މައިތިރި ކުރިނަމަ ތިހެން ނުވީސް. ޥަގުތު ފާއިތުވީމަ ކުރެވޭނެ ކަމެއްނެތް.

 14. ވަހީދު

  ރައީސް ޔާމީން ކެމްޕެއިން ދުވަސްވަރު ވަރަށް ސާފުކޮށް ވިދާޅުވި އަދީބު ދައުލަތުން (ވަގަށް) ނެގި ފައިސާ ހަވާލު ހަވާލު ކުރާށޭ.

 15. ޖާލުން

  ޖަލުގެ ވަކިކަމެއް ނެއް ކުއްވެރިން ފެލައިގެން ވެސް އެވަނީ މުއްސަދި. ވަރަށް ވާހަކަ.

 16. ާަެއަލްއުސްތާޒް

  އަދީބް މިނިވަން ކުރަން ނުޖެހޭ ސަބަބެއްނެއް ޖަލުގަ ތިބި ސިޔާސީ ކުށްވެރިން މިނިވަން ކުރި ބީދައިން އަދީބް ވެސް މިނިވަން ވާން ޖެހޭނެ.
  ވަގުން ވަގުންގެ ގޮތުގައި މިނިވަން މާހައުލުގަ އެބަތިބި ، އަދީބް ވައްކަން
  ކުރިކަމެއް ހަގީގަތުގަވެސް ސާބިތު ނުކޮށްދެވުނު... ހަމަ އެއްވެސް ވަރަކަށް
  ސާބިތު ނުކޮށްދެވުނު ، އިންސާފްވެރި ޝަރިއަތެއް ހިންގާފިއްޔާ އަދީބް ސަލާމަތް ވާނެ އެއީ 100 ޕަސެންޓް ޔަގީން އޮތްކަމެއް،،، ﷲ ގެ ރަހުމަތާއި އެކު އަދީބް ދާދި އަވަހަށް މިނިވަން ވާނެ،،،،،