ބޭސް ފަރުވާއަށް ރާއްޖެ އިން ބޭރަށް ކުރެއްވި މަހެއްހާ ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް މިރޭ ރާއްޖެ ވަޑައިގެންފިއެވެ.

މައުމޫން ޑިސެމްބަރ މަހު ބޭސްފަރުވާއަށް ވަޑައިގެންނެވީ އިންޑިއާގެ ކޮއިންބަތޫރަށެވެ. މިއީ މިދިޔަ ސެޕްޓެމްބަރ މަހު ޖަލުން ސަލާމަތްވި ފަހުން މައުމޫން ރާއްޖެ އިން ބޭރަށް ކުރެއްވި ދެވަނަ ދަތުރުފުޅެވެ.

މައުމޫން މިރޭ ރާއްޖެ ވަޑައިގެންނެވިއިރު އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެމަނިކުފާނުގެ އެމްއާރްއެމްގެ އިސް ބޭފުޅުންނާއި ސަޕޯޓަރުން އެއާޕޯޓަށް ގޮސް ތިއްބެވެ.

މައުމޫން މިރޭ ރާއްޖެ ވަޑައިގެންނެވިއިރު އެމަނިކުފާނު އިސްވެ ހުންނަވައިގެން އުފައްދަވާފައިވާ ސަރުކާރު ހިންގާ ކޯލިޝަން ރޫޅިގެން ހިނގައިދާނެ ކަމުގެ ބިރާއި ވަނީ ކުރިމަތިވެފައެވެ. މަޖިލިސް އިންތިޚާބުގައި ވާދަކުރުމާއި މެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ ސަބަބުން ކޯލިޝަންގެ އެންމެ ބޮޑު އެއްޕާޓީ ކަމަށްވާ ޖޭޕީ އޮތީ މިހާރު ވެސް ކޯލިޝަނުން ވަކިވާ ހިސާބުގައެވެ.

ކޯލިޝަންގެ ލީޑަރުން މަޝްވަރާކޮށްގެން މަޖިލިސް އިންތިޚާބުގައި އެކުގައި ކުރިއަށް ދިއުމަށް މިހާތަނަށް ކުރި މަސައްކަތް ވަނީ ބޭކާރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ާަާމަ

    މަށަށް ވަރިހަމަ ތިބޭފުޅާ ކޮންމެ ތާކުއުޅުއްވިޔަސް ވަރަށް ވެދުން

  2. މަށަށްކީއް

    އިސްލާމަ ދީނަށް ފުރައްސާރަ ކުރި މީހާގެ ޒިންމާ ނަގަންޖެހޭ ފަރާތަކީ މީ

  3. ނޫރު

    މައުމޫނަކީ މިޤައުމަށް ޖެހިފައިވާ ވަރުގަދަ ސިޔާސީ ބައްޔެއް. ޤައުމުގެ ޒުވާން ޖީލާއި ޤައުމަށް ހޯދުނު ފުއްދުންތެރިކަން ބޭރު މީހުންނަށް ވަޒީފާގެ ބާޒާރަކަށް ހަދާފަ. އިންސާނުންގެ ދަހިވެތިކަމާދޯއެވެ. މައުމޫން ދެންކޮންމެވެސް ޗިޕެއް ޖަހައިގެން އުޅޭނީ އޮނަރަބަލް ޤާސިމް ހައްލާލެވޭތޯ..އަހަރަމެން ބޭނުމީ ސޭޓް ލީޑަރ އަކަށް ހަދަން. ރ.ނަޝީދު 17 ފަހަރު ޖަލަށްލާފަ ހުރި ޚޮދު މުޚުތާރު ވެރިޔަކު މިބުނަނީ މަމިހުރީ ރިފޯމް ކުރާށޭ. ހަ ހާ ހޭ.

  4. ބެއްޔާ

    މީހާއަށްވުރެ ބޮޑުކޯޓެއް ލައިގެން ރަންނަމާރި އައިއްސި. ދެން ހުންނާނެ ކަންތައް. އެއައީ ސްޕްރީމްކޯޓުގައި އޮތް ޕީޕީއެމް ހޯދަންވެގެން ފަނޑިޔާރުންނަށް ރިޝްވަތު ދޭންވެގެން.

  5. ކެކެކެ

    އިބުރާ ކަލެއަށް އެބަ ހަނާ އަޅާ.