ބަހަން ގެންނަ 5000 ހެލްމެޓުގެ ތެރެއިން ބައެއް އަތޮޅު ތެރެއަށް ބަހަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީ އިން ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްތްރީ އިން ވަނީ މީގެ ދެދުވަހެއް ކުރިން ހެލްމެޓު ގަނެދިނުމަށް ޝަޢުޤުވެރިވާ ފަރާތެއް ހޯދުމަށް އިޢުލާނު ކޮށްފައެވެ. މިނިސްޓްރީ އިން ކުރި އިޢުލާނުގައި ވަނީ ހެލްމެޓު ވިއްކަން ޝަޢުޤުވެރިވާ ފަރާތްތަކުން އަންނަ އާދީއްތަ ދުވަހުގެ ކުރިން އެ މިނިސްޓްރީ އަށް އަންދާސީ ހިސާބު ހުށައެޅުމަށެވެ.

މިނިސްޓްރީ އިން ހެލްމެޓު ގެނެސް ބެހުމަށް ނިންމުމާއި ގުޅިގެން އައްޑު އަދި ލ.އަތޮޅު ލިންކު ރޯޑުގައި ދުއްވާ ފަރާތްތަކަށް ހެލްމެޓު ނުދީ ސިނަމާލެ ބުރޖުން ދަތުރުކުރާ ފރާތްތަކަށް ހެލްމެޓު ދޭތީ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ނަމަވެސް މިނިސްޓްރީ އިން ހާމަކޮށްފައި ވަނީ މިއީ ހަމައެކަނި މާލެއަށް ގެންނަ ހެލްމެޓު ނޫން ކަމަށާއި އަތޮޅުތަކަށްވެސް ހެލްމެޓު ދޫކުރެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ.

އަންނަ މަހުގެ 10 އަކުން ފެށިގެން ސިނަމާލެ ބުރިޖުން ދަތުރު ކުރާއިރު ހެލްމެތު އަޅަން ސަރުކާރުން މަޖުބޫރުކޮށްފައި ވާއިރު ހިލޭ 5000 ހެލްމެޓު ބެހުމަކީ ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ހެލްމެޓުތައް ސަރުކާރުން ބަހަން ނިންމާފައި ވަނީ ޓްރެފިކަށް ހޭލުންތެރި ކުރުމަށް ބާއްވާ ބޮޑު ކެމްޕެއިނެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސިޒާ

    ރާއްޖޭގައި އޮތީ މާލެ އާއި ލ. އަތޮޅުާއި، އައްޑޫ އެކަނިތޯ؟ ކޮބާ ދެންއޮތްހާ އަތޮޅުތަކާއި ރައްޔިތުން. މީ ދޯ އިންސާފު ގާއިމް ކުރާ ސަރުކާރު

  2. ބޮޑުތަކުރުފާނު

    ޢަންނަމަހޭ؟

  3. މާމިގިލީ މީހާ

    ބަލަ މާމިގިލީ މީހުންނަށް ވެސް ހެލްމެޓު ދޭންޖެހޭ.. ރައްޔިތުންގެ ލާރިން ގެންނަ އެއްޗެއް ހުރިހާ ރަށަކަށް ވެސް ބަހާންޖެހޭ.. ވަކި އެއްބަޔަކަށް ނޫން ދޭން ޖެހެނީއެއް.

  4. އިންމަ/ ގައްދޫ

    އެކްސިޑެންޓް ވަނީ ހަމަ އެކްސިޑެންޓަށް

  5. އަލީ

    ދައުލަތުން ބަހާކަށް ނުޖެހޭ...

  6. ޥާވޯ

    ޓުރެފިކް ޕޮލިހުންލައްވާބަލަންވީ ހެލްމެޓް ބެހޭތޯއެއްނޯން ބަލަންވީ އެއްގަމުއުޅަނދުތައްދުއްވަނީ ޓްރާންސްޕޯޓް ގަވާއިދާ އެއްގޮތަށްތޯ.