އިންޑިއާ އާއި އެކު އަސްކަރީ ދާއިރާގެ މަޝްވަރާތަކެއް ކުރައްވަން ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، މިއަދު ހެނދުނު އިންޑިއާއަށް ފުރާވަޑައިގަންނަވައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ހަފުތާއެއްގެ މުއްދަތަށް އިންޑިއާގެ ދިއްލީއަށް ކުރައްވާ މި ދަތުރުފުޅުގައި ދެ ޤައުމުގެ އަސްކަރިއްޔާގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓަރުގެ ދަތުރުފުޅުގެ އިތުރު ތަފްސީލެއް ޑިފެންސް މިނިސްޓްރީއަކުން ނުދެއްވައެވެ.

ނަމަވެސް އިއްޔެ އިންޑިއާގެ މީޑިއާތަކުން ބުނީ މިނިސްޓަރ މާރިޔާގެ ދަތުރުފުޅުގައި، އިންޑިއާ އިން ރާއްޖޭގައި ކޯސްޓަލް ސަވައިލަންސް ރާޑާ ސިސްޓަމް (ސީއެސްއާރުއެސް) ހަރުކުރަން ހުށަހަޅާފައިވާ ހުށަހެޅުން އިންޑިއާ އިން ތަކުރާރު ކުރާނެ ކަމަށެވެ. އަދި މިދަތުރުފުޅުގައި ސީއެސްއާރުއެސް ރާއްޖޭގައި ހަރުކުރުމުގެ މަޝްރޫޢު ދެން ކުރިއަށް ގެންދާނެ ގޮތުގެ ރޯޑް މެޕެއް އެކުލަވާލާނެ ކަމަށް ވެސް ރިޕޯޓްތައްބުނެއެވެ.

މި ދަތުރުފުޅުގައި، ޑިފެންސް މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީގެ ޑެޕިޔުޓީ ޑައިރެކްޓަރ ޖެނެރަލް ކާނަލް ޢަބްދުލްމަތީން އަޙްމަދާއި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނެންޓް ކާނަލް މުޙައްމަދު ސަލީމް ބައިވެރިވެރިވެވަޑައިގަންނަވައެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ވެރިކަން ލިބިވަޑައިގެންނެވުމުން އެންމެ ގާތް ގުޅުމެއް ބާއްވަމުން އަންނަނީ އިންޑިއާ އާއި އެކުގައެވެ. އިންޑިއާ ބޭނުންވާ ގޮތައް ރާއްޖެ އިން އަސްކަރީ ދާއިރާގެ ކަންކަން ކުރިއަށް ގެންދަން އެއްބަސްވުމުން އިންޑިއާ އިން ވަނީ ރާއްޖެއަށް 21 ބިލިއަން ރުފިޔާގެ ލޯނެއް ދޭން ވެސް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. މާލަސް

    ނުރައްކާތެރި މަޝްވަރާތަކެއް ކަމުގެ އިޙްސާސްކުރެވެއް ފަށައިފި. ލުޓޭރުންގެ ކިބައިން މިބިން ސަލާމަތްކުރައްވާށި! އާމީން

    • ޗިއްލޫ

      އާމީން

  2. ދފ

    އައްޑޫގައި ރައްޔިތުން ގެއެއް އަޅާނެ ބިންކޮޅެއްނެތިގެން އުޅެނިކޮށް އިންޑިޔާ ސިފައިންނަށް 3ކމ ބިމެއް ދިން ދިނުމާއި ދެކޮޅަށް، މަޖިލިސް އިންތިހާބަށް ފަހު ރައްޔިތުން ނިކުންނާނެ

  3. ހަމަން

    ވަރަށް ބިރުހުރި ކުރާނެ ކަމެއްނެތް ހިތި ފެންނާނެ ފަހުން

  4. އިޔާބެ

    ރާއްޖެ ވިއްކާލަން ތައްޔާރުވެއްޖެ! ގުންބާ މީހުންގެ އަތުން ރާއްޖެ ސަލާމަތްވޭތޯ ދުޢާކުރައްވާ!

  5. އަބުދުﷲ

    މިއަނިޔާވެރިކަމުންގައުމާއި މުސްލިމުންސަލާމަތް
    ކޮއްދެންވާންދޭވެ

  6. އަބުދުﷲ

    މިއަނިޔާވެރިކަމުންގައުމާއި މުސްލިމުންސަލާމަތް
    ކޮއްދެންވާންދޭވެ އާމީން

  7. ޖަހާންގީރު

    އާމީން !

  8. ޙުސާމް ކައިލީ

    މިގައުމަށް އިންޑިއާ ސިފައިންގެނެސް ދާއިމަށް ބައިތިއްބަން އެއްބަސްނުވާތި! ނުގެންނާތި!

  9. ސައްތާރު

    ތިކުރާ ކަންތައް ވަރަށް ގާތުން ރައްޔިތުން ބަލަމުންދާނެކަން ހަނދާންކުރާތި!

  10. އ

    ޗައިނާއިން ރާއްޖޭގައި މިލިޓަރީ ބޭހެއް ހަދައިފިއޭ ކިޔައިގެން ނަޝީދު ދުނިޔޭގެ ނޫސް ތަކަށް ދިން ބަޔާނުގެ ހަގީގަތް ހާމަ ކުރަންވީ ނޫންތޯ . އިންޑިޔާއިން ރާޑަރަ 100 ރަށުގައި ބަހެއްޓުން އެއީ ޗައިނާ ހީކަރުވާނެ ކަމެއް ނޫން އެމީހުން ސިޔާސީ ގޮތުން މާ ފުދުންތެރި ވާނެ . މިކަމަކީ ޗައިނާ އިން ކުރާ ކަމެއް ނަމަ އިންޑިޔާ މީހުންނާއި ކެނެރީގެ ނަޝީދަށް ލޮލުފިޔަވެސް ނުޖެހޭނެ. ރައީސް ސާލިޙް ވިދާޅުވި އެއް ބަޔަކަށް ވެސް ރާއްޖޭގައި އެފަދަ ކަމެއް ނުކުރެވޭނެ އޭ ބަލަން ތިބޭ ވާގޮތް. ހުރިހާ ރާޑަރަ ތައް ބަހައްޓާ ތަން ދެން ފެންނާނީ އެއްޗެތި ހަލާކު ކުރާތަންވެސް އަދި ފެންނާނެ'

  11. ޒާ

    އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް މިރާއްޖެ ގެންދާފަދަ ކަމެއް ކޮށްފިނަމަ އެކަމުގެ އަގުއަދާކުރުވާނަން. ޖަވާބުދާރީ ކުރުވާނަން ދިވެހިންގެ އިސްތިޤްލާސް ގެއްލޭފަދަ ކަމެއް ނަމަނަމަ ނުކުރާތި.

  12. ހުސޭނުބޭ

    އަނެއްކާ ކޮން ޤައުމަކާ ދެކޮޅަށް ރާއްޖެއިން ހަނގުރާމަކުރަން ތައްޔާރުވާ ތައްޔާރުވުމެއްބާ؟

  13. އައްޔު

    ދިވެހިންނަށް ނޭނގޭ ވާހަކަ ދައްކާލަމާ ލ.އަތޮޅުގައި އެބުނާ އިންޑިއާ ސިފައިންތިބޭތަނާއި 100 ފޫޓަށްވެސް އެމްއެންޑީއެފްގެ އެއްވެސް އޮފިސަރަކަށް ގާތްވުމުގެ ހުއްދަނެތްކަން ދިވެހިންނަށް އިނގެނީ ކިހާވަރަކަށްބާ؟ އަދި ދެހެލިކޮޕްޓަރު މަރާމާތުކުރުމާއި ބެލެހެއްޓުމަށް 60 މީހުން ބޭނުންވޭތޯ؟ އެދެހެލިކޮޕްޓަރު ރާއްޖޭގައި ދުއްވާތާ 5 އަހަރަށްވުރެ ގިނަދުވަސްވެފައިވާއިރު ކީއްވެތޯ އެމްއެންޑީއެފްގެ ޕައިލެޓުންނަށް އެދެހެލިކޮޕްޓަރު ދުއްވުމުގެ ހުއްދަ ނޯންނަނީ؟

  14. ޑިމޮކްރަސީ

    ޤައުމުގެ މިނިވަންކަމާ އިސްތިޤުލާލު ނަގާލާ ދިވެހިރާއްޖެ އިންޑިޔާގެ އަޅުވެތިކަމަށް ވައްޓާލާފި. މިކަން ފެށީ ނަޝީދު. މި މީހުންނަށް ރާއްޖޭގެ އައްނަން އޮތް ޖީލްތައް މަޢާފެއްނުކުރާނެ. މިމީހުންނަކީ ޤައުމުގެ ޚާއިނުން. ޤައުމަށް ހެޔޮއެދޭ ދިވެހި ދަރީންތަކެއްނުކުމުމެ އިންޝާ ﷲ ޤައުމު އިންޑިޔާ އާއި ޤައުމުގެ ޚާއިނުންގެ ކިބައިން މިނިވަންކުރާނެ.

  15. ގދސގދގ

    މިނިސްޓަރަކަށްވުމުން މާރިޔާގެ އިސްތަށިގަނޑު ހާދަ ރީތިވެއްޖެޔޭ.. ޖަސްޓް ލައިކް ހާ ހެޔަރ

  16. ނުރަބޯ

    ދިވެހިރާއްޖެއިން އިންޑިއާ އާއިއެކު ޢަސްކަރީ މަޝްވަރާތަކެއް ކުރަންޖެހޭ އެއްވެސް ސަބަބެއް ފެންނާކަށް ނެތެވެ. ސަބަބަކީ މިގައުމަކީ މިނިވަން މުސްތަގިއްލު ގައުމަކަށްވެފައި މިގައުމާ އެހެން އެއްވެސް ގައުމަކާ ދެމެދު ޚިލާފެއް އުފެދި ހަނގުރާމައިގެ ޙާލަތަކަށް ގޮސްފައިވާ ގައުމެއްނޫނެވެ. އަދި މިގައުމަށް ޢަސްކަރީގޮތުން ބަޔަކު ދިމާކޮށް މިގައުމުގެ މިނިވަންކަން ގެއްލި ބައެއްގެ އަޅުވެތި ކަމުގެތެރެއަށް ދާންޖެހޭފަދަ އެއްވެސް ސަބަބެއް ފެންނާކަށް ނެތެވެ. އަދި މިގައުމުގައި އެކަށީގެންވާ ޢަސްކަރީ ތަމްރީނު ލިބިފައިތިބި ސިފައިންގެ ބާރެއް އެބައޮތެވެ. އަދި ގައުމު ދިފާޢު ކުރުމަށް ބޭނުންވާނޭ ޒަމާނީ ހަތިޔާރާ ޢަސްކަރީ އުޅަނދުތައްވެސް ރާއްޖޭގައި ގާއިމުކުރެވިފައި އެބަހުއްޓެވެ. ވީއިރު މިހާމަތީ ލެވެލް އެއްގެ މަޝްވަރާތަކެއް ބާއްވަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ދެންއޮތީ މިގައުމުގެ ސިފައިންގެ ބާރު އިންޑިއާގެ އެހީގައި އިތުރަށް ވަރުގަދަކޮށް ޒަމާނީކޮށް އިތުރު ހަތިޔާރު ހޯދުން ކަމަށް ވީނަމަވެސް މިހާ މަތީ ލެވެލް އެއްގެ ބަޔަކު ގޮސްގެން މަޝްވަރާ ކުރާކަށް ނުޖެހޭނެއެވެ. ސިފައިންގެ ޗީފާ މަތީފަންތީގެ އޮފިސަރުން ގޮސްގެން މިފަދަ ކަންކަން ހަމަޖެއްސޭނެ އެވެ. އަމުދުން ދިފާޢީ ވަޒީރު ދާކަށް ނުވެސް ޖެހޭނެ އެވެ. އެހެންކަމުން އިހުބުނިފަދަ އެއްވެސް ސަބަބެއް ނެތި މަޝްވަރާކުރާނަމަ ކުރާނެ މަޝްވަރާ އެއްކަމަށް ބެލެވެނީ މިގައުމުގައި އިންޑިޔާ ސިފައިންގެ ފައުޖު ތަކެއް ދާއިމީގޮތެއްގައި ބައިތިއްބުމުގެ މަޝްވަރާ އެވެ. މިއީ ވަރަށް އިހުއްސުރެ އިންޑިއާ އެދޭ ގޮތެއް ކަން، ނޭނގޭނޭ އެއްވެސް ދިވެއްސަކު ނުހުންނާނެއެވެ. ނަމަވެސް އެއީ ރާއްޖެ އަޅުވެތިވުން ކަމަށްވާތީ ކުރިން އައި އެއްވެސް ސަރުކާރަކުން އޮތީ އެކަން ގަބޫލު ނުކޮށްފައެވެ. މިގޮތަށް އިންޑިއާ ސިފައިން ރާއްޖޭގައި ބޭތިއްބުމުގައި ރީނދޫ ޣައްދާރުންގެ މަޤްޞަދަކީ އެއްވެސް ޙާލެއްގައި ރީނދޫ ސަރުކާރު ވެއްޓޭގޮތް ވެއްޖެނަމަ އިންޑިއާ ސިފައިންގެ ބޭނުންކޮށްގެން ގަދަ ބާރުން ވެރިކަމުގައި ދެމިތިބުމެވެ. އެއްވެސް ގޮތަކުން ރީނދޫވެރިކަން ނިމުނަނުދިނުމެވެ. ގައުމު އަޅުވެތި ވިޔަސް ގައުމުގެ މުއްސަނދިކަން ނުހަމަގޮތުގައި އިންޑިއާ އަށް ދޭން ޖެހުނުނަމަވެސް ރީނދޫ ވެރިކަމުގެ ބާރު އަބަދުވެސް ދެމިއޮތުމެވެ. ޚުދުމުޚްތާރު ކަމޭ މި ކިޔަނީ މި ސިފަޔަށެވެ.

  17. އެލެކްސް

    އިންޑިއަ ސިފައިންރާއްޖޭގައި ދާއިމަށް ބޭތިއްބުމުގެ އެއްބަސް ވުމުގައި ސޮއިކުރުން އޮތީ އެއްވަނައިގަ. ގައުމު އިންޑިއާ އަށް ވިއްކާލަނީ