ޒަމާނީ ވަޞީލަތްތަކުގެ އެހީގައި ރާއްޖޭގެ ޞިއްޙީ ދާއިރާވެސް ޓެކްނޮލޮޖީގެ ރޮނގުން ކުރިއެރުވުމަކީ އަމާޒެއް ކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ސަރުކާރުން ޞިއްޙީ ޚިދުމަތްދޭ ހުރިހާ ތަނެއް އެއް ވިއުގައަކުން ގުޅާލުމުގެ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ސްޓެލްކޯގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އިތުރަށް ވިދާޅުވީ ޓެކްނޮލޮޖީގެ ރޮނގުން ދުނިޔެ މިހާ ކުރިއަރާފައިވާ ޒަމާނެއްގައި، ރާއްޖޭގެ ޞިއްޙީ ނިޒާމުގެ ތެރެއިން މެނުއަލްކޮށް މިހާރު ޚިދުމަތްދޭ ދިނުމަކީ ވަރަށް ބީރައްޓެހި ނިޒާމެއްކަމަށެވެ.

އެހެންކަމުން ޞިއްޙީ ޙިދުމަތްދޭ ތަންތަން އެއް ވިއުގައެއްގެ ތެރެއިން ގުޅާލުވުން ވެގެންދާނީ، ރާއްޖެފަދަ ޖަޒީރާ ޤައުމެއްގައި ވަރަށް ބޭނުންތެރި ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ސަރުކާރުން ޞިއްޙީ ޚިދުމަތްދޭ ހުރިހާ ތަނެއް އެއް ވިއުގައަކުން ގުޅާލުމުގެ މަސައްކަތް ކުރުމުގެ އެއްބަސްވުމެއްގައި މިނިސްޓްރީ އޮފް ހެލްތާއި، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީއާދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.

މި އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީނެވެ. އަދި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ، މުޙައްމަދު މަލީޙް ޖަމާލެވެ.

ސިއްހީ ޚިދުމަތްދޭ ހުރިހާ ތަނެއް އެއް ވިއުގައަކުން ގުޅާލުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހހހ

    އެއްބަސްވުންތަކުގައި ސޮއިކުރާނެ، އެއްވެސް ރީޖަނަލް ހޮސްޕިޓަލެއްގައި ތައިރޮއިޓް ޓެސްޓް ހަދާލެވެން ނޯވޭ އަދިވެސް ފޮނި ބައިސާ ކަނޑަންވާނެ

  2. ނޫރީ މަޖީދު

    ޢިހުޒަމާނު ވަސީލަތްބޭނުންކޮށްގެން ސިއްހީދާއިރާ ކުރިއަރުވާށޭ މީހަކުއެބަކިޔާހޭ؟ އަނގަމާގަދަނުކޮށް ކަންކަންކުރެވޭތޯ ބަލާބަލަ!

  3. އަބުޅޯ

    ނުވާނެ އެއްކަމެއްވެސް. ފޮނިކެނޑުން ފިޔަވާ. ށ. އަތޮޅު ހޮސްޕިޓަލުގައި ވެސް އެއްޗެއް ދަންނަ ޑޮކްޓަރަކަުނެތް މި ސަރުކާރު އައިފަހުން. އެހެންތަންތަނުގެ ހާލަތު އެނގޭނީ އެތަންތަނުގައިއުޅޭ މީހުންނަށް.

  4. ހަދު

    ފޮނި ވާހަކަ ދެއްކުން ވާކަމެއްނެތް