ހުޅުމާލޭގައި ކާރަކާއި ސައިކަލަކާއި ބައިސްކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.
މި އެކްސިޑެންޓު ހިނގާފައި ވަނީ ހުޅުމާލޭ ނިރޮޅު މަގުގަ އެވެ. ނިރޮޅު މަގުން ދުއްވާފައި ދިޔަ ކާރެއް އެމަގުގައި ހުންނަ އެލް މޯބައިލް ކައިރިއަށް ކައިރި ކުރަން އުޅުނު ވަގުތު ނިރޮޅު މަގުން ދެކުނު އުތުރަށް ދުއްވާފައި ދިޔަ ސައިކަލަކާއި ބައިސްކަލެއް ޖެހިގެންނެވެ.
މިއެކްސިޑެންޓްގައި އަނިޔާ ވެފައި ވަނީ ސައިކަލްގައި ތިބި 59 އަހަރުގެ ފިރިހެނަކަށާއި އަށް އަހަރުގެ ކުއްޖަކަށާއި ބައިސްކަލްގައި އިން 54 އަހަރުގެ ފިރިހެނަކަށެވެ.
ތިން މީހުންނަށް ވެސް ހުޅުމާލޭ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ވިދާޅުވީ ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އަނިޔާވި މީހުންނަށް ލިބިފައިވާ ޒަހަމްގެ ތަފްސީލެއް އަދި ނުލިބެއެވެ.
ފަހަކަށް އައިސް މާލެ އާއި ހުޅުމާލޭގައި އެކްސިޑެންޓްތައް ހިނގުން ވަނީ އިތުރުވެފައެވެ. ފުލުހުން ވިދާޅުވާ ގޮތުގައި އެކްސިޑެންޓްތައް ހިނގުން މަދު ކުރެވޭނީ ކޮންމެ މީހަކު ވެސް ފަރުދީ ޒިންމާ އަދާކޮށްގެންނެވެ.
ތިޔަވާނީ ޖިންނި ކުއްޖެއް ފެނުނީކަމަށް. މިހާރު އެކްސިޑެންޓްވީމަ އަޅުވަނީ ޖިންނި ބޮލުގަ. ތިމާމެންގެ ޒިންމާއެއް ނޯވޭ.
ރަގަޅު. ދެން ހިނގާ މީހުވެސް ހެލްމެޓުއަޅައިގެން ހިނގާ.
ހޭބަލިވެގެން މަގެއް އޮތީމަ ދުއްޥާ!
ކޮންމެ ކަމެއްގަވެސް އަޑުއިވެނީ ފަރުދީ ޒިންމާ ނަގަންޖެހޭވާހަކަ ދެން ކީއްކުރާ މުއައްސަސާތަކެއްތޯ ބޮޑުޙަރަދުކޮށްގެން ރަށްޔަތުން ޓެކްސް ޕޭއިން މުސާރަދީގެން ހުރިހާ ތަނެއް އުވާލާ ފައި ފަރުދީ ޒިންމާ ނަގަންވީ ނޫންތޯ އެމީހަކާ އެމީހެއް މަސްއަލަ އަކީ ގާނޫނާ ގަވާއިދު ތަންފީޒް ނުކުރުން ކާރުވެސް ސައިކަލް އަދި ބައިސިކަލްވެސް އެމީހަކު ހިތުހުރި ފަޅިއަކުން ހިތުހުރި ކޮޅަކަށް ދުއްވިއަސް ބަލާނެ ބަޔަކު ނުތިބޭ އެންމެ ކުޑަމިނުން އެކްސިޑެންޓް ވީމާ ބުނަނީ އުކްސިޑެންޓް ވީގަސްތަކު ނޫނޭ އެނިމުނީ
ކާރު ދިޔައީ މަޑުކުރާކަށް ނޫން، ދިޔައީ ބާރަށް ދުއްވާފަ. ގޯޅިން ނުކުތް ސައިކަލުން ނައްޓަން އުޅުން ކާރު ދިޔައީ ކޮންޓްރޯލް ނުވެގެން ނުގަވައިދު ފަޅިން ގޮސް އުތުރުން ދެކުނަށް ދުއްވި ސަކަލާއި ބައިސްކަލް ޖައްސާ ބުރުވާލީ.
ހާދަ ހީވެއޭ ކާރުގަ އިން މީހާ އަކީ ގާތް މީހެއްހެން.
ކާރު ބާރަށްއައިސް އަނެއްފަރާތުން އައި ބައިސްކަލާ ކާރަށް އެރީ
ވަގުތު ކޮންތާކުންތަ މައުލޫމާތު ތި ހޯދަނީ؟
ފުލުހުންގެ ޛިންމާޔަކީ ކޮބަިތޯ؟ ހަމަ އެކަނި ބަންގާޅީން ޙިމާޔަތް ކުރެއްވުނތޯ؟
އަވަހަށް ހެލުމެޓްއަޅުވާ
އެކަކުވެސް އަނެކަކަށް ތަންދިނުމެއް މަޑުކުރުމެއް ލަސްވެލުމެއްނޯވޭ ދުއްވާފަ އަންނަ ވެހިކަލް ގެ ކުރި ކަނޑާފަ ނަމަވެސް އަވަހަށްދާންޖެހޭ ކުރީގަ ވެހިކަލެއް އޮވެގެން ލަސްވާނަމަވެސް ބަލާލުމެއްނެތި މަގުގެ އަނެއްފަޅިއަސޤ އަރައިގެންވެސް އަވަހަށް ދާންވޭ ވީމާ އެކްސިޑެންޓް މަދައްނުކުރެވޭނެ ފަރުދީ ޒިންމާ އިން އެކަންޏަކު . ފުލުހުންގެ ހަރުކަށި ފިޔަވަޅު ބޭނުންވޭ ގައުމުގެ ހަމަޖެހުމަށް.