ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ކޯލިޝަން ތަމްސީލް ކުރައްވާ އިދިކޮޅު މެންބަރުންނާއި ބައްދަލު ކުރައްވައިފިއެވެ.

ގާސިމް ބޭއްވި ބައްދަލުވުމުގައި ޕީޕީއެމް ތަމްސީލް ކުރައްވާ މެންބަރުންނާއި، މިހާރު ޕީޕީއެމް އިން ވަކިވެ ޕީއެންސީ އުފައްދަން އިސްކޮށް ހަރަކާތްތެރިވާ އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީޕީއެމްގެ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ނައިބު ލީޑަރު އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ވެސް ބައިވެރިވިއެވެ.

މިބައްދަލުވުން އޮތީ މިއަދު ރައްޔިތުން މަޖިލީހުގެ އިދާރާގައެވެ.

ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.

ބައްދަލުވުމަށް ފަހު ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމަށް ޝުކުރު ދަންނަވާ ކަމަށެވެ. އެމަނިކުފާނަކީ އަޑު އައްސަވާ އަދި އަވަސް ހައްލު ހޯއްދަވައި ދެއްވުމުގައި ލާމަސީލު ބޭފުޅެއް ކަމަށް ވެސް ނިހާން ވިދާޅުވިއެވެ.

ސަރުކާރާއި އިދިކޮޅު މަޖިލިސް މެންބަރުންނާއި ގާސިމް މިއަދު ބައްދަލު ކުރެއްވިއިރު ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އެކުގައި މަސައްކަތް ކުރަން ކޮންމެ ފަރާތަކާއި އެކު ވެސް މަޝްވަރާ ކުރައްވަން ތައްޔާރު ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

މަޖިލިސް އިންތިޚާބުގައި އެކުގައި މަސައްކަތް ކުރައްވަން ކުރީގެ ރައީސް ޔާމީނާއި މަޝްވަރާ ކުރައްވަން ތައްޔާރު ކަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިއަދުގެ ބައްދަލުވުމަކީ ގާސިމާއި ޔާމީންގެ މަޝްވަރާތަކަށް މަގު ކޮށިގެންދާނެ ބައްދަލުވުމަކަށް ވުން އެކަށީގެންވެއެވެ.

ވެރިކަން ކުރާ އެމްޑީޕީ އަށް ރައްޔިތުންގެ މަޖިލިހުގެ އަޣުލަބިއްޔަތު ނުދިނުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއެކު މަސައްކަތްކުރަން ތައްޔާރަށް ތިބި ކަމަށް ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލް ވެސް ވަނީ ވިދާޅުވެފައެވެ. ޚަލީލަކީ ޔާމީން މިހާރު އުފައްދަވަން އުޅުއްވާ ޕީއެންސީގެ އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެއް ބޭފުޅާއެވެ.

ގާސިމް އިސްވެ ހުންނަވައިގެން އުފެއްދި ކޯލިޝަން ނޮވެމްބަރ މަހު ވެރިކަމަށް އައި ނަމަވެސް ކޯލިޝަންގައި ރެނދު ލާފައި ވަނީ ކޯލިޝަންގެ އެއްބަސްވުމާއި ހިލާފަށް މަޖިލީހުގެ ހުރިހާ ދާއިރާއެއްގެ އިންތިޚާބުގައި ވާދަކުރަން އެމްޑީޕީ އިން ނިންމުމުންނެވެ.

މިހާރު ކަންތައްތައް ވެފައި އޮތްގޮތައް ބަލާއިރު ސަރުކާރު ހިންގާ ކޯލިޝަނުން ގުޅިގެން ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރުން އެއީ ވެދާނެ ކަމެއް ކަމަށް ލަފައެއް ނުކުރެވެއެވެ. އެންމެ ބޮޑު ސަބަބަކީ މިހާރު އެމްޑީޕީ އިން މަޖިލީހުގެ ޕްރައިމަރީ ބާއްވާފައި ވުމެވެ.

ކިޔުންތެރިންގެ ހިޔާލު

47 ކޮމެންޓް

  1. ދފ

    އެބަ ރަނގަޅުވޭ. ބޮޑުވޒީރުގެ ދުވަސް ދުއްވާލަދީ.
    އެއީ މިގައުމުގެ ދީނީ ކަންކަމަށް އެއްވެސް ވަރަކަށް އިހްތިރާމް ކުރާ އެއްޗެއްނޫން

  2. ޤައުމު

    މަރުހަބާ ޤާސިމް.

  3. ޝިބްނާ ރިންޒީފް

    މިއޮތީ އަންނިބޯން އުޅުނު ބޮނޑިި ބޮއެފަ ރީއްޗަށް

  4. ނާޑުވާ

    އަލްޙަމްދުލިﷲ. ތިޔަ ޤާސިމްގެ އުނދަގުލުން މި ސަރުކާރު ސަލާމަތް ވުމުގެ ކޮޅުމަތި ފެންނަން ފަށައިފި. ފެތުނު އޮޑި ރިޔާ ދަށިވިޔަސް ކަނަކު އަތްދަށު ނުވާށޭ ބުނެ އުޅޭ ދޯ!

  5. ރަންނަމާރި

    އަލްހަމްދުލިއްﷲ. ތިޔަ އިބޫ ގެ އިތުބާރު ނެތްކަމަށް ނަގަންވީ ޕީއެންސީ އާއި ޖޭޕީ ވެގެން. އީސީ ސައިޒުކުރަންވީ. މާ ލަސްވެސް ވެއްޖެ.

    • ޭަިިައޭ.އެން

      ރަގަޅު އެބަވޭ

    • ސަލީމު

      ޢިބޫދުވަސްދުއްވާލާ

  6. ރީތި އައިޝާ

    ޤާސިމަކީ ވަރަށް ވިސްނުންތޫނު ބޭފުޅެއް! ޕީޕީއެމް އާ ގުޅި އެމީހުންގެ ގިނަ ގޮނޑިތަކެއްވެސް ހޯދައިގެން މަޖުލީސް އިންތިޚާބުނިމުނީމަ ސަރުކާރާ އަލުން ގުޅިވަޑައިގަންނަވާ! މަނިކުފާނަށް ހެޔޮއެދޭ ލޯބިވާ އެންމެން މިތިބީ މިކޮޅުގަ "އިބޫ ކައިރީގަ"

  7. އަޖީތު

    އިންތިޚާބަށް ނުކުމެދާނެ ހެން ހީވާ އެންމެން ޓެރަރިސްޓުންނަށް ހަދައިގެން މީގެ 4 މަސް ކުރިން އިންތިޚާބެއް ބޭއްވި ބައެއް، މިހާރު ހައްގު ގެއްލިގެން ތަންތަނަށް ދާންފެށީ. އަޅެ ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތް ބައެއްތަ މީ؟ ކަލޭމެންނަށް ގާސިމުގެ ބޯ ކެވިދާނެ. ގިނަ ރައްޔިތުންގެ ބޮލެއް ނުކެވޭނެ

  8. އައްޔަ

    އަނެއް މަޅީގަ ބެދޭ އަވަހައް. ބޮލައްފިތާލީމަ ރޯން ހުރޭ ތައްޔާރުވޭ. ކާޅައް ކާންދިނަސް ޔާމީނައް ތާއީދެއް ނުކުރާނަމޯ.. މޮޔަފުޅު ވީތޯ ސޭޓޫ. ކައިރީގަ ތިބީ ހުސް ޔާމީނުގެ އެޖެންޓުން.

  9. ކަތީބް

    ޤާސިމޫ ކޮބާ އަނިޔާ؟ ރައްޔިތުންނަށް ކިހާ ބޮޑު އޮޅުވާލުމެއް!

  10. މަސްވެރިޔާ

    އަދި ކިރިޔާ އާރޯކަމެއް މިއަންނަނީ .. އޮނަރަބަލް ޤާސިމް އަށް އިތުބާރުކޮށްގެން ރައީސް ޔާމިންގެ ސަޕޯޓަރުން ދާއިރާތަކުގެ ގޮޑިތަކަށް ވޯޓްލާނީ. މަމެން ބޭނުންވަނީ ޖޭޕީއަށް މަދުވެގެން 20-25 ގޮޑި ލިބެން. ޤައުމު އަޅުވެތި ނުކުރާނެ ހަމައެކަނި ބޭފުޅުންނަކީ.ރ.ޔާމިން އަދި މަޖުލިސްގެ ރައީސް އޮނަރަބަލް ޤާދިމް. މިއީ ލައްކަ ވާހަކަ.

  11. ސާޔާ

    ގާސިމް ކޮންމެ އެއްޗެކޭކިޔަސް ނަހޫ އޮންނާނީ އެމްޑީޕީ ބުނާގޮތަށް.

  12. ނަސީދު

    ޢެމްޑީޕީ އައް މަޖިލިސް މެޖޯރިޓީ ލީބިއްޖިއްޔާ ދެންތިބި މީހުން ރޮލާކާލާނެ ކަން މުޖައްރިބު،
    ޢެމްޑީޕީ ގާސީމްއާއި އެހާފަސޭހައިން ގުޅިގެން ކުރިހާވެސް ކަމެކީ ޔާމިންވައްޓާލުން ސަބަބަކީ ޔާމިން 2018 ނެގިނަމަދެން މިބައިގަނޑަކައް ވެރިކަމުގެ ވަސްވެސް ދެންނުދުވީސް ކަން ޔަގީން ޔަގީން

  13. ސޯބިރު

    ގާސިމްގެ އުދަގުލުން ސަރުކާރު ސަލާމަތްވެއްޖެ ނަމަ ވަރަށް އުފާވާނެ.

  14. Anonymous

    ގާސިމް ބޯ ބަހައްޓައިގެން، މިދުވަސްކޮޅު ކުރަންވީ ކަމަކީ، ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުން. ރައީސް މީހާ ހުވައާ ހިލާފުވެ، އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުންގެ ހިމާޔަތުގައި މަސައްކަތް ކުރަންފަށައިފި. އަވަސްކުރޭ. ގާސިމަށް ދެންހޮވާ ރައީސް ރައީސުލްޖުމްހޫރިއްޔާކަން ދޭން އަޅުގަނޑުމެން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އަރުވަން.

  15. Anonymous

    ގާސިމޫ ދެން މޑޕ އަށް ނުހެއްލޭތި. މިހާރު 2 ފަހަރު ކަށި ޖަހައިފި. ރައްކާތެރިވެ ތިބިއްޔާ ދަތުރު. މާރިޔާ މިހާރު އެދަނީ، ވެރިކަން ހިމާޔަތް ކުރަން އިންޑިޔާގެ ބާރު ހޯދަން މަސައްކަތް ކުރުމަށް.

  16. ޭަެިބުޅާ

    ގާސިމް އަކީ މި ގައުމަަށް ޖެހިފައިވާ ބޮޑު ވަބާއެއް

  17. Anonymous

    ގާސިމް ދޫންޏާ، 1 ދުވަހަކީވެސް މިހާރު ވަރަށް މިހިންމު ދުވަހެއް. އެންމެ ދުވަހެއްވެސް ލަސްނުކޮށް، ރައީސުލްޖުމްހޫރިއްޔާގެ އިތުބާރުނެތްކަމުގެ ވޯޓަށްދާންވީ. އެހެންނޫނީ، މިގައުމު އަޅުވެތިކޮށް، މިގައުމުން އިސްލާމް ދީން ފޮހެލުމަށް ކުރެވެންއޮތް ހުރިހާކަމެއް މިސަރުކާރުން ކުރާނެ. ހެޔޮވާނެ، އަވަސްކުރޭ. މަޖްލިސް އިންތިހާބަށް ދާންވާނީ، މިޓަރމްގެ 2 ވަނަ ރިޔާސީ އިންތިހާބު ނިންމާފަ. ފުރުސަތު ގެއްލުމުގެ ކުރިން އަވަސްކުރޭ.

  18. Anonymous

    މަޖްލިސް އިންތިހާބުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރަންޖެހޭނެ. އީސީ އެހެން އޮވެއްޖެނަމަ، ރިޔާސީ އިންތިހާބަށްހެދިގޮތަށްހަދާ، މޑޕ އަށް މަޖްލިސްދޭނެ. މިހާރު ގާސިމްއަށް ހުންނާނީ އެކަން ރަނގަޅަށް އެނގިފަ. އީސީ ނިންމާލާފަ، ރައީސް މަގާމުން ދުރުކޮށް، 2 ވަނަ ރިޔާސީ އިންތިހާބަކަށް ދިއުމަށް ފަހުގައިނޫނީ މަޖްލިސް އިންތިހާބު ބޭއްވިއްޖެނަމަ، މިގައުމާއި، ގައުމުގެ ދަރިންގެ ދުވަސްދިޔައީ.

  19. ވަގުކަލޭގެ

    ވީ އެންމެ އަވަހަކަށް ޖޭޕީ ކޯލިޝަނުން ވަކިކުރަންވީ..

  20. ނައިބުތުއްތު

    ކުއްލިއަކަށް އުފަންވެގެން އާދަޔާޚިލާފު ބާރިނުގައި ކުރިޔަށްދާ އަދި އެކަމަކާ ޒިންމާދާރު ބޭފުޅުން ޣާފިލުވެފައިވާ އިސްލާމްދީނަށް ފުރައްސާރަކުރާ ދައްޖާލުން ކިބައިން އިސްލާމްދީނާއި މި ދިވެހި ޤައުމު ސަލާމަތްކުރެއްވުމަށްޓަކާ އިޚްލާޞްތެރިކަމާއެކު މަސައްކަތް ކޮށްދެއްވުމަކީ ގިނަ ދިވެހިރައްޔިތުން އެދޭކަމެއް. އެކަން ކުރުމުގައި ފަސްޖެހިވަޑައިނުގެން ކުރިއަށް ވަޑައިގަތުމަށް އޮނަރަބްލް ޤާސިމް އިބްރާހީމް ކިބައިން ވަރަށް އިޚްލާޞްތެރިކަމާއެކު އެދެން.

  21. ލަބީބު

    ބޮއްބެސޮރު ގާތްކުރިޔަސް މީސްތަކުންގެ ލަޢުނަތްލިބިފައިވާ މައުމޫނު ގާތްނުކުރުމަށް އާދޭހާއެކު ގޮވައިލަމެވެ.

  22. މާމަ

    އަމިއްލައަށް ކަރުމަޅި ކަރަށްމަހާ މަންޒަރު މިހާރު މިފެންނަނީ އަހުރެމެން މިތިބީބަލަން

  23. ކަބުލޮ

    ވަގުންނާ ގުޅޭނީ ހަމަ ވަގުން މީހަގީގަތް

  24. ފޮނިބެ

    ގާސިމް ވިލާ ނާށިގަނޑް

  25. ޥފސަ

    ޔާމީނު ގާސިމް އަކީ ގައުމު ދެކެ ލޯމިވާ ލީޑަރުން މި ދެބޭފުޅުން އެކައްޗަކަށް ވެއްޖެއް ނަމަ މިގަމު ފިސާރި ހަލުވި ސްޕީޑް ގަ ކުރިއަރާނެ... އިންޝާﷲ

  26. ޖަޒީރާވަންތަ ގައްދޫ

    ރަތްޔިތުންގެ ތެރެއިން ބަޔަކަށް ބައެއްގެ މޮޅުވާހަކަތަކުގަ ޖެހިގެން ގޯސް ހެދިއްޖެ. މަޖިލިސް އެހެންވިޔަކަނުދޭން އެއްމެން އެކަޗެއްކިޔަންވީ. ބަރުލަމާނީ ނިޒާމާ ދެކޮޅު. ގައްދޫ ގެ ތަރައްޤީގެ ބާނީ އަކީ ރައީސް ޔާމީން އަދި މެމްބަރ އަހްމަދު ރަޝީދު. ޒާހިރު އާދަމު ގައްދޫ ރަތްޔތުން ނަށްވީ ހަރާންކޯރު.. ދޭނެ ވޯޓެއްނެތް ..

  27. ހުސޭނުބޭ

    ކޯލިޝަންގެ ނަހަލާލު ދަރިއެއް އުފަންވާން ތައްޔާރުވެއްޖެ!

  28. އިބްތިސާމް

    ތި ބޭނުންވެގެން އުލޭގޮތް ވިޔަކަނުދޭނެ! 2014 ފަހަނަ އަޅައިގޮއްސި. ކުލޭނެ ކުލިއެއް ކުލެލަންވެސް ޗާންސް ދެއްވާނެ! ނަމަވެސް ގަވައިދާއި ގާނޫންތައް މުގުރައެއްނަހަދާނެ! ބެދެން އޮތް މަޅި ބޮޑީ ތިކުދިންގެ. ކެވުނު އިތި ބޮޑުވެ ބެދުންމަޅި މާބޮޑީ ހަމަ ތިކުދިންގެ. ދެން ރަތްޔިތުން ލޯތްބާއި ވޯޓުން ހޮވާފައިވާ ސަރުކާރެއް ވައްޓާލާކަށް ފަސޭހައެއްނުވާނެ. މިޖިލީސް ތެރެއިންވެސް ސަކަރާތެއްނުޖެހޭނެ. ހަތަރެސް ފަާރު ތައް އެހެރަ އަރާ މަތިވަނީ! ލުނބޯ ހުތް ފެލާލާނީ ހަމަ ތިކުދިންގެ. ސުކުރިއްޔާ

  29. ޣަތާ

    ގާސިމް ތީ ގައުމުގެ ޙަލާކު

  30. ރާޅު ބޯއީ

    އެބަ ރަނގަޅުވޭ. ގުޑް ލަކް

  31. އަލްޖިބްރާ

    ތިޔަ ބުރުމާއަކީ ހަމަފައްކާ " ފެނުކައްކާ ބޮއްޔެއް " ! އަދި ރަގަޅު " އެބުރޭވަހުތާނެކޭވެސް " ބުނެވިދާނެ ! ތިޔަ ބުރުމާގެ ކިބައިން މިޤައުމު ސަލާމަތް ކުރައްވާށި ! އާމީން !

  32. ޔާނު

    އޮޅުވާނުލާ ޕީޕީއެމް މެންބަރުން ގާސިމާ ބައްދަލުކުރީ

  33. ޔާނު

    އޮޅުވާނުލާ ޕީޕީއެމުން ގާސިމާ ބައްދަލުކުރީ

  34. އަހްމަދު ސަފީގު

    މިގޮތް ރަނގަޅު މިގޮތުން އެމްޑީޕީ އަށް ކާމިޔާބު ވާނެ.

  35. ރާއްޖެތެރެ މީހާ

    ގާސިމް ކަލޭ އާ ޔާމީނު ގުޅިގެން މިގައުމުގައި ދެން ބަޣާވާތެއް ނުކުރެވޭނެ. ހަނދާން ކުރާތި!

  36. ތަޖޫބޭ

    ގާާސިމަކީ ވަރަށް ކޭކުކާން ބޭނުންވާ މީހެއް. އެމްޑީޕީއިން
    ބުނީ މިފަހަރު ކޭކުކާލާނީ ތިމަންނާމެން އެކަންޏޭ.
    ގާސިމަކަށްނުދޭނަމޭ. ގާސިމުުުުުވަނީ މީގެކުރިންވެސް
    އެހެންމީހުންނާ ބާވެރިވެ ކޭކުއަޅާފަ.އެހުރިހާފަހަރަކު ގާސީމުވަނީ ކޭކުފަޅާފަދޭކޭކުފޮތި މާކުޑަކަމުގަބުނެ އެތައްސަކުވާތަކެއްކޮއްފަ.

  37. ރަނގަޅު

    އިތުބާރު ނެތްކަމުގެ ވޯޓުނަގާފައި ގާސިމް ޕާތީއަށް ވެރިކަން ހަވާލުކުރަންވީ އޭރުން ގައުމުގެ މިސްރާބު ރަނގަޅުވެދާނެ.

  38. ްްހ

    ވަރަށް ރަނގަޅު ނިންމުމެއް .

  39. ދަވަންސް

    ކޯލިޝަން "ރޫޅި" އަނެއްކާވެސް އެ ތަޖުރިބާ އަދި އެއަށް ހައްލެއް އިބޫގެ ވެރިކަމުގައި ނުލިބޭ ނަމަ ކުދިންނޭ ކުދިންނޭ އެކަމަކީ އެއީ މަމެން ޕިންކީން ހާސްވާން ޖެހޭ ކަމެއް ނޫނޭ ޔޫނޯ ދޯސް އާރ ގުޑް މޯމެންޓްސް ސްޕެޝަލީ މަމެން ވަރަށް ލައިކްވެއޭ ކޯލިޝަން ފަޅަ ފަޅައިގެން ދިއުން ދޯ ކަމޯން ޑާންސް އޮން ދަ ފްލޯރ އޫއް ހޫއް ހޫއް އޫއް މަމެން ޕިންކީން ނަކީ މޯރ ލައިކް ބިއުޓިފުލް މައިންޑުންނޭ މަމެން ފަހާލެވޭ ވަރުގެ މަހެއްމިކަނޑަށް ނާރައޭ ވީއާ ދަ ވަންސް ބީ އިން ދަ ވަންސް ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑޫ ތިންގްސް ފައިން...

  40. އޯސަމް

    އެމްޑީޕީ އާއި ޖޭޕީ އާއި އެކު ހަދާފައިވާ ކޯލިޝަން ރުޅާލާ އެމެންގެ ކޯލިޝަން އެއްބަސްވުން ވީދާލާނަމަ އެއީ މަމެން އުފާކުރާ ކަމެކޭ ތަމެން ހަދާފައިވާ ކޯލިޝަން އެއްބަސްވުން ތަމެން ވީދާލުމުން ޖޭޕީ ކުދިން މަމެން ޕިންކީން ނަށް އޮންބޯރޑް ވަމުންދާނަމަ އެއީ އޯއް ހުރިހާ ކުދިން ވެސް ޑާންސް ފްލޯރ ގައި ދެއަތް މައްޗަށް ނަގައިގެން ނަށާލާ ނަށާލާ ނަށާލާ ލަވަކިޔާލާ ބޭބީ ޓު ނައިޓް ޗޭންޖް ދަ ކަލަރސް އޮން ދަ ޑާންސް ފްލޯރ ސޯ ޑާންސް ޑާންްސް ޑާންސް އޯސަމް ދޯ..

  41. ކެރޭ އަބްދުﷲ

    ޤާސިމް އަވަހައް މިޤައުމް އިސްލާމް ދީން ފޮހިވެގެން ނުދަނީސް މިވެރިކަން ވައްޓާލާ. ޕީ ޕީ އެމް މެން ބަރުން ނާ ގުޅިގެން. މަޖިލިސް އިންތިހާބުގެ ކުރިން މިވެރިކަން ނިންމަން ޖެހޭނެ. ރައީސް ޔާމީނާ ގުޅިގެން. މަޖިލިސް ތެރެއިން. އަދި އީސީ ވެސް ސައިޒު ކިރަން ޖެހޭނެ. މިކޮމެންޓް ޖަހާލަ ދިނުން އެދެން.

  42. ހައްވަ

    ސޭޓު މީ ވެރިކަމާހެދި ބޫތު ކައިފަ ހުރިމީހެއް

    • އަންމަ

      ސޭޓެއްނޫން ވެރިކަމާހެދި ބޫތު ކަނީކީ ލާދީނީ ގަންޖާއަންނި ދީންފަތުރަން ވެރިކަން ހޯދަންއުޅެނީ

  43. ސްކޯޕިއަން

    އަސްލުމިހާރު އޮޑީގެ މިސްރާބު ރަނގަޅުދިމާލަށް އަދި ހަމަދަތުރުރަށް ތިފެށުނީ. އެމްޑީޕީގެ ވިސްނުމުގައި މުޅި މަޖްލީހުގެ ބާރު އެމީހުންބޭނުންވަނީ ރައްޔިތުންނަށް ކަމެއްކޮށް ދޭކަށެއްނޫން. ޥެރިކަމުގެ ނިޒާމް ބަދަލުކޮށް އެބުނާ ބަރުލަމާނީ ނިޒާމެއްގެނެސްގެން ނަޝީދުއަށް ވެރިކަން ޙަވާލުކުރަން. އަދިއެނިޒާމުގެ ތެރެއިން މިޤައުމުގައި އޮތް ސައްތައިން ސައްތަ އިސްލާމްދީން ނަގާލައި އެހެނިހެން ދީންތަކަށްވެސް ޖާގަދިނުމަށް. ޢަދި މިކަންތައްކުރުމށް އަވަށްޓެރި އިންޑިއާއިން މިހާރުއޮތް ސަރުކާރަށް ފިއްތުން ތަކެއް އެބައޮވޭ! ބެރިކަން ލިބުމާއެކު ނަޝީދު އެމަސައްތް ފައްޓަވައިފި. ކޯލިޝަނުގައި އޮތް އެންމެ ވަރުގަދަ ބާރަށް އެމްޑީޕީގެ ގާއުކާފުޜޫޕުލައްވާ ގާވެސް އުކުވަން ފަށައިފި. މިއީ އެމްޑީޕީގެ ފިކުރު. މައްސަލަޔަކީ މައިގަޑު ލާދީނީ ފިކުރަށް ހުސްވެ އެފިކުރު އަށަގަންނަވަން ހިތްވަރު ދޭ ބޭކަލައް އެމްޑީޕީގެ ބާނީއަކީ. ޢެހާފާޅުގައި މީޑިޢާވެސް މެދުވެރިކޮށް އެކަންތައްވެސް އެއޮތީ ފެށިފައި. ޤާސިމު ބޭނުމެއް ނުވާނެ އެފިކުރަށް ތަބާވާކަށް. ސާބަސް ޤާސިމަށް. ތިއީ ޤައުމުދެކެ ލޯބިވާދަރިންނަކީ.

  44. ސަޓޯ

    ގާސިމް އަކީ ރަގަޅު ދިވެހިންނަށް އިހުލާސްތެރި މީހެއް..