ރ.އަތޮޅު މަޑުއްވަރީން އިއްޔެ ގެއްލުނު މީހާގެ ޚަބަރެއް ވެއްޖެއެވެ.

އިއްޔެ މެންދުރުން ފަށައިގެން ހޯދަމުން ދިޔަ ބިދޭސީ މީހާ ވަނީ ރޭގެ ވަގުތެއްގައި މަޑުއްވަރީގައި ތިބި އޭނާގެ ދެ ރައްޓެހިންްނަށް ގުޅާ އޭނާ ހުރީ މާލޭގައި ކަން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އިއްޔެ އެރަށަށް އެއްވެސް ދޯންޏެއް ނުވަތަ ލޯންޗެއް ވެސް ގޮސްފައި ނުވާތީ އޭނާ މާލެ އައި ގޮތެއް އަދި ސާފެއް ނުވެއެވެ.

އެރަށުން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި އޭނާ ގެއްލުނީ އިއްޔެ 11:00 ހާއިރު އެވެ.

ބިދޭސީ މީހާ ގެއްލިގެން ރިޕޯޓް ކުރުމުން ފުލުހުންނާއި އާއްމުން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ.

އެރަށުން ބިދޭސީއަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްްފައިވާކަން ފުލުހުންވެސް ކަށަވަރުކޮށްދެއެވެ. އަދި މިވަގުތު ފުލުހުން އެރަށުގައު ހަރަކާތްތެރިވަމުން އަންނަކަމަށްވެސް މައުލޫމާތު ލިބެއެވެ.

"އޭނަ ފާހަނައަކަށް ދިޔަ ގޮތަށް އެ މީހުން މެންދުރު ކާން އައިސްވެސް ގޭގައި ނެތުމާއި އެއްކޮށް ބެލީ. ފާހަނައަށް ދިޔައީ ސީދާ އަތިރިމައްޗަށް ކަމެއް ނުވަތަ ގެއަށް ކަމެއް ވެސް ޔަގީނެއް ނުވޭ. އެއްވެސް ދޯންޏަކުން އެއްޗަކުން އޭނާ ރަށުން ދިޔަކަމެއް އަޅުގަނޑުމެންނަކަށް އެނގޭކަށް ނެތް" ކައުންސިލް ރައީސް އިއްޔެ ވިދާޅުވިއެވެ.

ބިދޭސީން ފިލައިގެން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމަކީ ރާއްޖޭގައި ވަރަށް އާއްމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނުއު

    ހޯދާ އޭނާވާނީ ތިރަށުގައި. މިސަރުކާރުގައި ބިދޭސީންވެސް ހަދާނީ ދޮގު