މަސްތުވާ ތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި އޮޕްރޭޝަނެއްގައި ކ.ގުރައިދޫ އިން ބިޔަރު ދަޅުތަކަކާއެކު 2 މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ގުރައިދޫ އިން ހައްޔަރުކޮށްފައި ވަނީ 27 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ވިދާޅުވީ މި ދެމީހުންވެސް ހައްޔަރުކޮށްފައި ވަނީ ގުރައިދޫ އަށް ބިޔަރުދަޅުތަކެއް އެތެރެކުރުމަށް އުޅޭކަމުގެ މަޢުލޫމާތު ފުލުހުންގެ އިންތެލިޖެންސަށް ލިބުމާއި ގުޅިގެން ރޭ 02:00 ހާއިރު ގުރައިދޫ ޕޮލިސް ސްޓޭޝަނާިއ ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެރަށު ބަނދަރު ސަރަހައްދުންނެވެ.

ފުލުހުން އިތުރަށް ވިދާޅުވީ މި ދެމީހުން އައިސްފައި ވަނީ ޑިންގީ އެއްގައި ކަމަށާއި އެމީހުން ޑިންގީގައި ބަނދަރާއި ކައިރި ކުރުމުން އެދެމީހން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް މަސައްކަތް ކުރި ވަގުތު އެ އެއްޗެހިތައް މޫދަށް އުކާލި ކަމަށެވެ. އެމީހުންގެ ހާޒިރުގައި އެ ތަކެތި ނަގައި ބެލި އިރު 14 ބިޔަރު ދަޅު ފެނިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެފައި ވެއެވެ.

މި މައްސަލައިގައި ހައްޔަރު ކުރެވުނު 2 ފިރިހެނުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރު ކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދު ކުރުމަށް ތިން ދުވަހުގެ މުއްދަތެއް ޖަހާފައި ވެއެވެ.

އަދި މި މައްސަލަ ގުރައިދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަޙްޤީޤް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނިޢުމަތު ޙަސަން

    މަސްކުނޑި ތިޔާގިވާފަދައިން ބަނގުރަލާ ، ޑްރަގާ ، މަސްތުވާ ތަކެތި މިއޮތީ ތިޔާގިވެފައެވެ. ފަޅުފަޅުންނާ ، ރަށްރަށުންނާ ، މީސްމީހުންގެއަތުން ފެންލިބޭހެން މިއިޮތީ މަސްތުވާ ތަކެތ ލިބޭގޮތް ވެފައެވެ. ބާރުދަށް ޑްރަގު ތިޔާގިކުރުމަކީ މިހާރު މިއޮތް ވަގު ސަރުކާރުގެ މެނިފެސްޓޯގައި ލިޔެފައިވާ ވަޢުދެކެވެ. މާރާމާރީތަކާ ، ކުއްލި މަރުތަކާ ، އެކްސިޑެންޓްތައް ގިނަވެގެން މިއުޅެނީ އެކަމުގެ ސަބަބުންނެވެ. ޖިންނިއޭ ، ހަންޑިއޭ ، ޞަފަރުކަތްދާއޭ ، ސަންތިމަރިޔަމޭ މި ކިޔަނީ މިކަންކަމުގައި މަތިޖަހަން ވެގެންނެވެ.

  2. ހުސޭނުބޭ

    ބޯނެ އެއްޗެއް ނުލިބިފައި ތިބޭ އެއްޗެތިތަކެއްތަ؟