ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ( ޕީ.އެން.ސީ )ގެ ނަމުގައި ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ ފަސްހާހަށް ވުރެ ގިނަ ފޯމުތަކުގައި ގިނަ މައްސަލަތަކެއް އުޅޭ ކަމަށް ވިދާޅުވެ، އެ މަސައްކަތް ލަސްކުރުން ސިފަ ކުރެވެނީ ، ފަހުގެ ތާރީޚެއްގައި ސިޔާސީ ޕާޓީއަކަށް އިލެކްޝަން ކޮމިޝަނުން ކުރި އެންމެ ބޮޑު ޖެއްސުމުގެ ގޮތުގައި ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕް ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރ އަޙުމަދު ނިޙާނު ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ނިޙާނު މިހެން ވިދާޅުވީ، ޕީ،އެން.ސީ ގެ މުޢައްޞިސް ، އަދި ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަޙީމު ޢަބްދުﷲ އާއެކު، ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ޕީއެންސީ ރަޖިސްޓްރީ ކުރުމަށް މިހާތަނަށް އައި އިރު، 5100 ފޯމު އިލެކްޝަނަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް އޭގެތެރެއިން ރަޖިސްޓްރީ ކޮށްދީފައި ވަނީ 2300 ފޯމެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ނިޙާން ވިދާޅުވީ، އިލެކްޝަނުން މިހާރު ޢަމަލުކުރާ ގޮތުގެ މިސާލަކީ ހޮސްޕިޓަލަށް ގެންދިޔަ ޙާލުބޮޑު ބަލިމީހެއް އައި.ސީ.ޔޫ ދޮރުމަތީގައި ބާއްވައިގެން އެކަމާއި ގުޅުންހުރި ފަސް ޑޮކްޓަރަކު ދެ އަތް އުރާލައިގެން ތިބުން ކަމަށާއި މި މައްސަލައަށް އަވަސް ފަރުވާ އެއް ބޭނުންވާ ކަމަށެވެ.

" ކުރިއަށް އޮތް އެއް ގަޑި އިރުތެރޭގަ ޕީ.އެން.ސީ ރަޖިސްޓްރީ ކޮށްނުދެއްވައިފިނަމަ، ރާއްޖޭގެ ޞައްހަ އެއްވެސް ސިޔާސީ ޕާޓިއެއް އޮންނާނެ ކަމަކަށް އަޅުގަނޑުމެން ޤަބޫލެއް ނުކުރަން. މި ދައްކަނީ އެތައްހާސް ބައެއްގެ ހައްޤުގެ ވާހަކަ. މިއީ ވަރަށް ސީރިއަސް މައްސަލައެއް " ނިހާނު ވިދާޅުވިއެވެ.

ކޮންގްރެސް ޕާޓީ އަކީ، ޕީޕީއެމް ގެ މައްސަލަ ކޯޓުގައި އޮތުމުން އެކަން ކަމާ ގުޅިގެން އުފައްދަން މަސައްކަތް ކުރާ ޕާޓީއެކެވެ. މި ޕާޓީ ހެދުމުގެ ހުއްދަ ދެއްވާފައިވަނީ ފޮނަދޫ ދާއިރާގެ މެމްބަރ ޢަބްދުއްރަހީމް ޢަބްދުﷲ އަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. އަލްޖިބްރާ

  ކަލޭމެންގެ ބާރުއޮތްއިރު ތިޔަ އިލެކްޝަން ކޮމިޝަން އާއި އަދިވެސް ސަރުކާރުގެ ހުރިހާތަނަކުން އެހެންމީހުނަށް ކުރި ޖެއްސުން ހަދާން އެބަހުރިތަ ؟ ލަދުހަޔާތް ކުޑަ !

  • ޙައްގުބަސް

   އީސީ ޝަރީފު ހައްޔަރުކުރޭ! މައްސަލަ ތަޙްގީގު ކުރޭ! ކަނޑަ އެޅިގެން ޖެއްސުންކޮށް ދުއްޕާންކުރާ މައްސަލަ ބަލާދީ! ހަމައާއި އިންސާފުން އެއްކިބާވެތިބެ އީސީން އެކުރަމުން ގެންދާ އުނދަގޫތަކަށް ޙައްލު ހޯދަދީ! އީސީން ފޯމްތައް ހުށަހަޅާފައިވާ ފަރާތްތަކަށް ގުޅާ އެކުރަނީ ހަމަ ބޮޑު ޖެއްސުމުގެ ޢަމަލެއް! އެބުނާހެން ފޯމް ހުށަޙަޅާފަައިވާ މީހުންނާ ނުގުޅުނީމަ ފޯމް ބާޠިލްކުރާނަމަ އެއީ މައްސަލައެއް! ދާދި ފަހުން ރަޖިސްޓްރީކޮށްދިން ޕާޓީތަކުން ހުށަހެޅި ފޯމްތަކުގައި ހުރި ނަންތަކަށް ގުޅިންތޯ؟ ސައްޙަކަން އެގޮތަށް ބެލިންތޯ؟ ނުބަލާކަމަށް މަޢުލޫމާތު ލިބޭ!! ބެލި ނަމަ 36 ގަޑިއިރުތެރޭ ޕާޓީތައް ރަޖިސްޓްރީކޮށެއް ނުދެވޭނެ!! ދެން ޕާޓީތަކުގައި ތިބި މެމްބަރުންވެސް ސައްޙަތޯ ބަލަން ހުރިހާ ޕާޓީތަކުގެ ދަފްތަރުގައި ތިބި އެނެނަށް ގުޅާ ކަށަވަރު ނުކޮށް ތިބީ ކީއްވެބާ؟ މީނާ ހިފާ ހައްޔަރުކުރަން ޖެހޭ މިހަރު!! އޮޅުވާލި ވޯޓް 2018 އީސީ ޝަރީފް!! ކިތަންމެ ރުޅިއަޔަސް އެލަގަބު އޮންނާނެ އެމައްސަލަ ބަލާ މީނާއާ ދޭތެރޭ ކަމާބެހޭ އިދާރާތަކުން ފިޔަވަޅު އަޅަންދެން!!

 2. ޜާއްޖެ އިސްލާމް

  ޢީސީގެ ފަސްމީހުން ސައިޒްވެގެން ދާއިރު މިޔަދު އެމީހުންގެ މައްޗަށް ނާޖާއިޒް ނުފޫޒްފޯރުވާ އެއްވެސް ފަރާތެއްގެ އެނހީތެރިކަމެއް އީސީއަކަށް ނުލިބޭނެ.

  ފަހަރުގަ ވެދާނެ ނިމިދިޔަ ރިއާސީ އިންތިހާބުގެ އެއްބަސްވުމުގެ ބައެއްކަމަށް ޔާމީން ޕާޓީއެއް ހަދާނަމަ އެކަމަށް ހުރަސްއެޅުން.

  އަދި އެއްބަސްވުމުގެ ބައެއްގަ އޮވެދާނެ އީސީ މެމްބަރުން ދިފާޢްކޮއްދިނުން ޝަރުތުކޮއްފަ އެގޮތުން މެމްބަރުކަމުން ވަކިކޮއްފި ހާލަތެއްގަ ބޭރުގައުމެއްގެ ހިމާޔަތް ދިނުން.

  އެހެންނަމަވެސް މިމީހުންނަށް ވިސްނާ ނުލެވޭ ޕޮއިންޓަކީ ގައުމް ދޫކޮއްފަ ފިލުމުގެ ކުރިން ކޮންމެފަދަ ގޮތެއްވެސް ކުރިމަތިވެ ޤައުމުގައި ތާށިވެދާނެކަން.

  ކަންތަށްތަށް ބަދަލުވަމުންދާ ގޮތަށް ބަލާއިރު މީގެ އެއްވެސް މީހަކަށް ޖަރީމަ ހިންގާފަ ފިލުމުގެ ފުރުސަތެއް ނެތްކަން ބަދަލުވަމުންދާ މަންޒަރުތަކުން ވަރައްސާފްކޮއް އެނެގެއެވެ.

 3. މަގޭޚިޔާލު

  10 މެމްބަރުންގެ ގޮނޑި ގެއްލުނުކަމަށް ކުރި ޖެއްސުން ތިޔަށްވުރެ މާބޮޑު. އެއީ ކަލޭމެންގެ ރޭވުމުން ކުރިކަމެއް.

 4. މުހައްމަދު

  ތިންހާސްމީހުން ފޯމްހިފައިގެން އެއްފަހަރާ އެތަނަށްދާންވީ.

 5. 2ފރ

  ތެދެއް.. ރާއްޖޭގައި ސިޔާސީ ޕާރޓީތައް ހިންގާތާ ގަރުނަކަށް ވުރެ ގިނަ ދުވަސް ވެއްޖެ؟؟؟ "ފަހުގެ ތާރީހެކޭ" ބުނާނީ ވަރަށް ގިނަ ދުވަސް ވަންދެން ހިނގަމުންދާ ކަންކަމަށް.. ނިހާނުމެން ދިވެހި ބަހުން ވާހަކަ ދައްކަން ދަސްކޮށްބަލަ.. ހަމަ އެކަނި ދުރޫސުލް އަހްލާގް ކިޔަކަސް ނުވާނެ..

 6. ޕްރައިވެޓް

  އެހެންވީމަ ބަދަލު ހިފަން ތަ ކަލޭމެން ތި އުޅެނީ. ކަލޭމެނާ އެ މީހުންނާ ތަފާތެއްއެބަ އޮތްތަ. ކަލޭމެން ގެ ދައްޖާލުކަން މާބޮޑު ލާދީނީ ބައިގޑު

 7. ޕަކާސް

  ހަހަހަހަހަހަ... ޕަކާސް..

 8. ތުއްތުނާ

  ސާބަހޭ ތިމަރަ ވަގަށް 18 މިލިއަން ޑޮލަރ

  ތިކަން ވާނީ.

 9. އަލީބަލީ

  ތިޔަ ބޭފުޅުން ވެރިކަމުގައި މަޖިލީހުގެ މެޖޯރިޓީ އޮތް އިރު އިދިކޮޅު ޕާޓީއަކުން އެދިގެން މިނިވަން މުއައްސަސާއެއް ކީއްކުރަން މިނިސްޓަރެއްވެސް ޖަވާބުދާރީ ކުރުވަން މަޖިލީހަށް ހާޒިރުކުރަން ފުރުސަތު ދެއްވިންތޯ؟ މިއަދު ކޮޅު ބަދަލުވީމާ ނިކުމެ ވާހަކަ ދައްކަން ކުޑަވެސް ލަދެއް ހަޔާތެއް ނެތް ބައެއް މިއީ!

 10. ޙަރަމް

  އެހެން ޕާޓީއަކުން ނިމިދިޔަ ފަސްއަހަރު ޖަލްސާ ގަނޑެއް ބާއްވާލަން ފުުރުސަތު ނުދިންބަޔަކު ޕާޓީ ރަޖިސްޓްރީ ނުވެގެން ލަސްވެގެން އުޅޭކަށް އަދި ނުވޭ. މިފަސްއަހަރު ނިމޭ ހިސާބުގަ ކޮށްދިނީމަ އިންސާފުވެރިވާނީ. މިމީހުން ލަދު ނުގަންނަނީބާ ހަމަ

 11. ާަަަުގުރަަަަހަ

  91000 މިިިިިހުނޯ 2000 ހަމަނުކުރެވުނޯ ވ ސަލާނ

 12. ލަދު

  ކޮބާ 91000 މީހުނކޮޅު

 13. عبدالله

  ފޯމުތައް ބަލައިގަތުމުގައި އީސީގެ ފަރާތުން ޢަމަލުކުރަުންދަނީ ރަނގަޅަށްތޯ ބަލައި އޮޑިޓްކޮށްލާ! ކޯޓުގައި ޝަރީޢަތް ހިންގާ!އެކަން ކުރުމުގެ އުޞޫލެއް ރާވައި ހިންގައި ބެލެހެއްޓުމުގެ މައްޗަށް އަމުރެެއްހޯދާ! މަޖިލީހަށް ގެންގޮސް ފޯމުތައް ޗެކުކުރުމުގެ މަސައްކަތުގައި އުޅޭ މުއައްޒަފުންގެ ފަރާތުން މަޢުލޫމާތު ހޯދައި ބަލައި ފިޔަވަޅުއަޅުއްވާ!

 14. ނުރަބޯ

  ތިޔައްކިޔަނީ ރީނދޫ ޑިމޮކްރަސީ. އެއީ އަސްލު ޑިމޮކްރަސީ އާއި ތަފާތު ޑިމޮކްރަސީއެއް. ރީނދޫ ޑިމޮކްރަސީ މިއޮންނަނީ ބޭރުތޮށިގަނޑު. އެތެރެ މިއޮންނަނީ ޚުދުމުޚުތާރިއްޔާއިން ފުރި ފަޅައިގެން ދާން ކައިރިވެފަ. ދެން ކައިރިފަށް ޖަރީ ކޮށްފަ މިހުންނަނީ ލާދީނިއްޔަތުން. އެހެންވީމާ މިއީ ދުނިޔޭގައި މިހާތަނަށް އަދި އެހެން އެއްވެސް ބަޔަކު ގެންގުޅެފަނެތް ޑިމޮކްރަސީއެއް. ބުނެވޭގޮތުގައި މި ޑިމޮކްރަސީ މޮޅު ކަމުން އިބިލީސް ވެސް ލަދުގަތޯ.

 15. ނަސީރު

  ދޮންކެޔޮގަނޑާ ބުނަންތޯ ވާހަކައެއް މަކަރު ނުހަދާ ވައްކަން ނުމޮއް އަޅެ އެންމެ ކަމެއްވެސް ކޮއްބަލަ ނޫނީ ކުރެވޭތޯބަލާބަލަ. ކޮބާތޯ ތިޔަބުނާ 95000 ވޯޓުލީ މީހުން . ޢެކަމަކު ތިޔަ އުޅެނީ ޕާޓީ ގަނޑަކައް 3000 މީހުންގެ ސޮއެ ނުލިބިގެން. ޢަދި ހައެއްކަވައް ދޮންކެޔޮ ކާލާގެން މަސައްކަތް ކިއްލާ