ރަސޫލާ އަށާއި ދީނަށް ފުރައްސާރަ ކުރި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި މަންދު ކޮލެޖުގެ ވެރިޔާ އިބްރާހިމް އިސްމާއިލާ އާއި ޒުވާނުން ތަކެއް މަގުމަތިން ދިމާކޮށް އިބްރާ ދަތުރު ކުރި ކާރުގައި ހުޅުޖަހަން ގޮވާލާ ވީޑިއޯ އެއް މީސް މީޑިއާގައި އާއްމުވެފައިވާއިރު، އެއީ 2012 ގެ ވީޑިއޯއެއްކަން ހާމަވެއްޖެއެވެ.

އާންމުވެފައިވާ މި ވީޑިއޯއިން ފެންނަނީ ޒުވާނުންތަކެއް އިބުރާއާ އޭނާ ކާރެއްގައި ދަނިކޮށް ކާރު މަޑުކުރުވުމަށް އޭނާއާ ދިމާލަށް އައުގުރާނަ ގޮވައި އިބުރާ ކާރުތެރޭގައި ހުއްޓާ ކާރު ހުޅުޖަހާލުމަށް ގޮވާލާ މަންޒަރު ދައްކުވައިދޭ މަންޒަރެވެ.

މީސް މީޑިޔާގައި އިބުރާ ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންނާއި، ދައުލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން އަދި ގިނަ އަދަދެއްގެ އާއްމުންވެސް ދަނީ ވާހަކަ ދައްކަވަމުންނެވެ. އެގޮތުން، ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒު މުޙުސިންވެސް ވަނީ އިބުރާގެ ވާހަކަތަކަށް ނުސީދާ ކޮށް ރައްދު ދެއްވާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަން ފެށުނު ފަހުން ފާޅުގައި އިސްލާމްދީނާއި ދެކޮޅަށް ވާހަކަދައްކާ ދިވެހިންގެ އަދަދު ވަނީ މީން ދުވަހަކު އިތުރު ނުވާ ވަރަށް އިތުރުވެފައެވެ. ނަމަވެސް އެފަދަ ވާހަކަ ދައްކާ ފަރާތްތަކާއި މެދު ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޔާނު

    ޕީީ.އެން.ސީ އަޑީގަ އޮވެގެން ކުޅޭ ގޭމަކާ ވައްތަރީ

  2. ޖަޒީރާ

    ލާދީނީ ސަރުކާރެއް

  3. މާރިޔާ

    މީހަމަ އެމްޑީޕީ އަދި ހަސީނު އުފެއްދި ޕާޓީ އަޑީގައޮވެގެން ކުރާކަމއް މިކަމަކީ ޔަހޫދީންގެ އެއްބާރުލުން ހޯދަންކުރާކަމެއް. އަސްލު މިކަމުގެ އަޑީގަހުލީ ތިލާދީނީ އަންނި ބުރާންތި. މީމިގައުމު ހަލާކުކޮއްލި ބުރާންތި. މިފަޅާއެރީ އެވީޑިއޯވެސް އެކަންވެސް ކުރީމަމަ އިބުރާ އަންނި އަޑީގަހުރެގެން.

  4. ޖަހާންގީރު

    ލާދީނީ ސަރުކާރު ގޭމް ޖައްސަނީ

  5. އަލީ

    މުސަޅެއްތަ އެއިނީ؟