ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުސަތު ފެބްރުއަރީ 13 އިންފެށިގެން ހުޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ޑރ. އިބްރާހިމް ހަސަން "ވަގުތު"ށް ދިން އިންޓަރވިއުގައި ވިދާޅުވެފައި ވަނީ 13 ފެބްރުއަރީ އިން ފެށިގެން ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލެވުމުގެ މަސަކަތް ކުރަމުންދާ ކަމަށެވެ. މިނިސްޓަރު ވިދާޅުވެފައި ވަނީ މީގެ ތަފުސީލުތަކާއި އުސޫލުތަކާއި ޤަވާއިދުތައް ފުރިހަމަވެ ނިމުމުން ހުރިހާ ތަފްސީލެއް ލިބިގެން ދާނެ ކަމަށައި މަސައްކަތް ކުރަމުން މި ގެންދަނީ ފެބްރުއަރީ 13 ގެ ކުރިން މި އުސޫލުތަކާއި ޤަވާއިދުތައް ޢާންމު ކުރުމަށް ކަމަށެވެ.

މިނިސްޓަރު އިތުރައް ވިދާޅުވެފައި ވަނީ ހިލޭ ޑިގްރީ އަށް ކިޔެވުމުގެ ފުރުސަތު ލިބޭނީ ސަރުކާރު ޤަބޫލުކުރާ މަރުކަޒަކުން ކިޔަވާ ކަމުގައިވާނަމަ ކަމަށާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ތްރޫކޮށް ޑެލިވަރ ކުރާ ކޯހަކުން އެކަނި ކަމަށެވެ.

މިނިސްޓަރު ވިދާޅުވެފައި ވަނީ މިއީ ވަރަށް އަގުބޮޑު ވަޢުދެއް ކަމަށާއި ސީދާ މިކަމަށް ޚަރަދުވަނީ ކިހާ މިންވަރެއްކަން މިވަގުތު ބުނެވެން ނެތް ކަމަށެވެ. އަދި މިކަމަށް ޚަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވާ ފައިސާ މިހާރު ހޯދައިފައިވާ ކަމަށާއި ވަޢުދެއް ތަންފީޒު ކުރަނީ އެކަމަށް ބޭނުންވާ ވަރަށް ފައިސާ ހޯދައިގެން ކަމަށާއި ފައިސާ ނެތިސް ވަޢުދު ތަންފީޒް ކުރާކަމުގައި ވާނަމަ ދަރިވަރުން ވަކި ހިސާބަކަށް ކިޔެވުމަށްފަހު ކިޔެވުމުގެ ބާކީ އޮތްބައި ފުރިހަމަ ނުކުރެވިގެން ހިގައިދާނެ ގޮތް މެދުވެރިވެދާނެކަމަށެވެ. މިފަދަ ހާލަތަކަށް ދަރިވަރުން ވެއްޓެން ބޭނުން ނުވާ ކަމަށްވެސް މިނިސްޓަރު ވިދާލުވެފައި ވެއެވެ.

'ވަގުތު" އަށް މަޢުލޫމާތު ދެމުން އތުރަށް މިނިސްޓަރު ފާހަގަ ކޮށްފައި ވަނީ އޭލެވެލްގެ ޓޮޕް 10 އިން އެއްވަނަ ލިބޭ ކޮންމެ ކުއްޖަކަށް ރައީސް ޖުމްހޫރިއްޔާގެ ސްކޮލަރޝިޕްގައި އެކުއްޖަކު ބޭނުން ދާއިރާ އަކުން ބޭނުން ތާކަށް ކިޔަވަން ދިޔުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ހައި އެޗީވަރސް އަށް އޯ.އޯ.ސޯ.ޑީ ޤައުމު ތަކަށް ކިޔަވަން ދިޔުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. އަދި 2018 ވަނަ އަހަރު އޭލެވެލް ހެދި ކުދިންގެ ނަތީޖާ މާދަމާ ލިބިގެންދާއިރު މި ޚަބަރަކީ އެކުދިން ވަރަށް އުފާވާނެ ޚަބަރެއްކަމަށްވެސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައްޔު

    ގައިމު ތިވައުދު ފުއްދައިފިޔޭ ރައީސް އޮފީހުން ބުނެފައިވީ އެކަމަކު ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުސަތު ފެބްރުއަރީ 13 އިންފެށިގެން ހުޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޗަވިދާޅުވަނީ އަހަންނަކަށް ނޭނގުނު ބަލަގަ އިބުރާހިމޫ ކިހިނެއްހޭ ވައުދު ފުއްދެނީ އެކަމެއް ނުފަށާ ޕިސްޕިސް ނޫނޭވާ ރަނގަޅު ރައްޔިތުންނޭ ވިސްނާ

  2. ތޯތާ

    މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ނޫންގޮތަކަށް ޑިގްރީއަށް ކިޔެވުމަށް ކިޔަވަން އެއައްނަނީ ދިވެހިން ނޫންތޯ ދެންބުނާތި އެއީ އެބުނާ ހިސާބު ން އައި ދަރިވަރުންނަށް ނުވާތީ ފުރުސަތު ދެވެން ނެތްކަމަށް އެއިރު ން ވަޢުދު ފުދުނީ ތިވައްތަރު ފެނެބައްޑާ ވަޢުދުވޭ އަދިވެސް