ރާއްޖޭގެ އުތުރުގެ އެންމެ ފުރަތަމަ ސިޓީގެ ލަޤަބު ހދ. ކުޅުދުއްފުއްޓަށް އަންނަ ފެބްރުއަރީ މަހު ލިބޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށް އެ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އާތިފް ވިދާޅުވެއްޖެ އެވެ. އަޙްމަދު އާތިފް މިހެން ވިދާޅުވެފައިވަނީ މީޑިޔާއަކަށް ދިން އިންޓަރވިއުއެއްގައެވެ

ކުޅުދުއްފުށީ އަތޮޅު ކައުންސިލްގެ ރައީސް އާތިފް ވިދާޅުވީ ކުޅުދުއްފުށީ ސިޓީއަކަށް ހެދުމަށް ހުރި ގާނޫނީ ހުރަސްތައް ނައްތާލަން ރައީސް އޮފީހާއި ބަންޑާރަ ނައިބު އޮފީހުން މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެކަން ވަރަށް އަވަހަށް ނިމޭނެ ކަމަށްވެސް އާތިފް ވިދާޅުވިއެވެ.

"ކުޅުދުއްފުށީ ސިޓީއަކަށް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ނިންމަން ޖެހޭ ކަންކަން ވެސް ނިންމުމަށްފަހު އަންނަ ފެބުރުއަރީ މަހުގެ ތެރޭގައި ކުޅުދުއްފުށީ ސިޓީއަކަށް ބަދަލުވެގެން ދާނެ ކަމުގެ ޔަގީންކަން އެބަ އޮތް،" އާތިފް ވިދާޅުވި އެވެ.

ގާނޫނުގައިވާ ގޮތުން އާބާދީގައި 10،000 މީހުން އުޅޭނަމަ އެއީ ސިޓީއެކެވެ. ކުޅުދުއްފުށީގެ އާބާދީ 10،000 އަށް އަރާފައިވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. ނަމަވެސް އެ ރަށަށް ސިޓީއެއްގެ ދަރަޖަ ދިނުން ލަސްވެފައިވަނީ ގާނޫނީ ހުރަސްތަކެއް ހުރުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ކިސަޑު

  ދަރަޖަ ދީ ހިގަންޖެހެނީ ކިސަޑު ތެރޭ.

 2. ޙފ

  ސިޓީ އެކޭބުންޏަކަސް ނުވާނެ ހޮސްޕިޓަލާ ތަންތން އެހާ ކަޑަ ބޯހަލާކު

 3. ސަޅި

  މިފަހަރު މަށައް ވޯޓުދީ އެއިރުންތިކަން ހަލުކުރާނައް

 4. މަންޖެ

  ޖަޒީރާ ވަންތަ ރާއްޖޭގައި ސިޓީ ހުރޭތަ؟؟

 5. މާސޭ

  ސިޓީއެއްއުފެއްދީމައެވީވަރިހަމަހިދުމަުތެއްނުދެވުނަސް