ރާއްޖޭގައި ދީނަށް ފުރައްސާރަކޮށް، އެކިއެކި ގޮތްގޮތުން ލާދީނީ ވާހަކަތައް ދައްކަމުންދާ ފަރާތްތަކާ ދެކޮޅަށް އަޑު އުފުލުމަށް މޫނު ބުރުގާ އެޅި ގިނަ ބަޔަކު ނިކުމެއްޖެއެވެ.

މިވަގުތު އާޓިފިޝަލް ބީޗުގައި ކުރާ އިހުތިޖާޖުގައި ލާދީނީ މީހުންނާ ދެކޮޅަށް ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ފެނިފައިވެއެވެ.

މޫނު ބުރުގާ އަޅައިގެން މިއަދު ނުކުތް ގިނަ ބައެއްގެ އަތުގައި ހުރި ޕޯސްޓަރުތަކުގައި، ދީނާއި ދެކޮޅު މީހުންނާއި މެދު ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާށެވެ. އަދި ދީނާއި ދެކޮޅު ނުވުމަށާއި، ޗިސްޗިސްކޮށްލިޔަސް ލާދީނީ މީހުންނާއި ދެކޮޅުކަމަށްވެސް އެ މީހުން ހިފައިގެން ހުރި ޕޯސްޓަރުތަކުގައި ބުނެފައި ވެއެވެ. އަދި ﷲއަށާއި، ކީރިތި ރަސޫލާއަށް ފުރައްސާރަ ނުކުރެވޭނެކަމަށްވެސް އެ އެއްވި މީހުން ބުންޏެވެ.

މިހާރު ކުރިއަށްދާ އިހުތިޖާޖު --- ވަގުތު އިމޭޖްސް

ދީނާ ދެކޮޅަށް މީސް މީޑިއާ މެދުވެރިކޮށް މީހުން ދައްކަމުންދާ ވާހަކަަތަކާއި ދެކޮޅަށް އިއްޔެ ވިލިމާލޭގައިވެސް އެއްވުމެއް ބޭއްވިއެވެ. އަދި އޭގެ ކުރީރޭ މާލޭގައިވެސް ބަޔަކު ވަނީ ދީނާދެކޮޅު މީހުންނަށް އަދަބު ދިނުމަށް ގޮވާލާ މަންދު ކޮލެޖް ކައިރިއަށް އެއްވެފައެވެ.

އިސްލާމްދީނަށް އިހާނެތިކަން ރައްދުވާގޮތައް މިހާރަކަށް އައިސް ދެކެވޭ ވާހަކަތަކާއި ހިނގަމުންދާ ކަންތައްތަކަށް ހައްލެއް ހޯދުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ޚާއްޞަ ކޮމިޓީއެއް އެކުލަވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

40 ކޮމެންޓް

  1. ނަން

    މީ ސީރިއާއިން އަނބުރައި އައި މީހުންތަ؟

    2
    1
    • ވަޙިދު

      ނޫނޭ ތީ އިބްރާ ފުނުވައިގެން އުޅޭ ބައެއް ކަމަށް ވާނީ.

    • ޗިއްލޫ

      ތީކޮންމެތަނަކުން އައި ބަޔެއްވިޔަސް މަ ވަރަށްތާއިދު!

  2. ާައިބުރާ

    އެބަ ރަނގަޅުވޭ...

  3. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ތިވެސް އިހުތިޖާޖެއް؟

  4. ބުއްޅަބޭ

    ތިތަނުން މީހަކު ލޯ އަހަރެންބެލިއިރު ފިރިހެނެއްގެ ލޮލާ ވައްތަރީ!

    • ރައްޔިތު

      ކަލޭ ތި ހަދަނީ ދޮގެއްނަމަ ﷲ ކަލޭގެ ދެ ލޯ ކަނުކުރައްވާށި!

  5. ލަދުކުޑޭ

    ތިޔައީ ފިރިހެނުން ކަމެއް އަންހެނުން ކަމެއްވެސް ނޭގެ. ދިވެހިން ކަމެއް ބަންގާޅީން ނޫން ކަމެއްވެސް.

    • ?

      .އިނގޭކަށްނުޖެހޭ
      .ތީއިސްލާމެއްކަމެއް ކާފަރެއްކަމެއްވެސް ނޭނގެޔޯ

      1
      1
    • ވަހީދު

      އެމީހުން ގޮސްވަނީ މަންދު ކޮލަޖަށް

  6. އައްލެއިކަލޯ

    ނުދިންނަވާނޭ ފާފައެއް. މިހެން ބުނާކަށްވެސް ނުވާނެ. އެކަމަކު... ހަމަގައިމު އޭނާ ކުށްވެރި ވެއްޖެ. މިދުނިޔޭގައިވެސް ގާނޫނީ އަދަބެއް ދޭން ޖެހިއްޖެ. އޭނާ އެކުރަނީ ބޮޑުވެގެންވީ ފާފައެއް. މިސާލަކަށް ރޯދަމަހު ދުވާލު ކެއުމަކީވެސް ބޮޑު ފާފައެއް. އެއާއިއެކުވެސް އެމީހަކު ގާނޫނުގެ ދަށުން އެބަ ކުށްވެރިވެސްވޭ، އަދަބުވެސް ދެވޭ. އިބުރާ އެކުރާ ފާފައަކީ ކުށެއްކަމަށް ހަދައި ފިޔަވަޅު އަޅަން ހިތަށް ނާރާ ތިޔަ ހުންނެވީ ކީއްވެތޯ މިނިސްޓަރ؟

  7. ޥެން

    ތިތާ ތިބީ ހުސް ފިރިހެނުން ކަންނޭނގެ!

    1
    1
    • Anonymous

      ކަލޭތީ މުނާފިޤެއް ކަލެއާއި ކޮންބެހޭކަމެއް އެއީ ކޮންމެ ބަޔަކަށް ވިޔަސް

      1
      1
  8. އާދައިގެ މީހެއް

    މަށަށް މިނުކުތް މީހުންގެ ހިތްވަރު، މިގައުމުގެ އިސްލާމިކް އަދި ހޯމް މިނިސްޓަރަށް ވުރެ ގަދަ. އަދި ކޮންމެ ފަސްއަހަރަކުން ފޮޅޭ ސިޔާސީ ޝޭހު އިލިޔާސް އަދި ޝޭހު އިޔާޒަށް ވުރެ ގަދަ. ﷲގެ އިރާދަޔާއެކު ކާމިޔާބު ލިބޭނެ.

  9. ޕިންކީ

    މާޝާﷲ

  10. ޢަބުދުﷲ

    މޫނު ބުރުގާ އެޅި އުޚުތުން ވަޒީފާއިން ކަނޑާ، ހިލޭ އަންހެނުން ޙަލާލު ކޮށް، ޙަރާމް ފައިސާ ހަލާލް ކުރި އިރު ޗުއްޕ ބުނެލަން ނުކެރުމަކީ ދެރަކަމެއް، މިއީ ސަރުކާރުގެ ކަމެއް ނޫން،

    • މިންގަނޑު

      އޭރު ތިބީ ނިދިފަ.

  11. އޮޅުންއަރާމީހާ

    ތިޔަކުރާކަމަކީ ލާދީނީމީހުންނާ ދެކޮޅަށް މޫނުބުރުގާ އެޅިމީހުން (ލާދީނީ ފަރަންޖީން ކޮޕީ ކޮށްގެން) އިޙްތިޖާޖު ކުރަނީ.. ރަސޫލާއާ ޞަޙާބީން ދުވަހަކު ކުރެއްވި ކަމެއްނޫން ތިޔަކުރަނީ.. ވީމާ ނަޞޭޙަތް ދިނުން ނުވަތަ މުންކަރު މަނާކުރާ ގޮތްތަކުގެ ތެރެއިން ވާ ކަމެއްވެސް ނޫން ތީކީ.. ވީމާ ތިޔަކަމަކީވެސް ނޭނގި ތިބެ ކުރެވޭ ލާދީނީ ކަމެއް

    • ވަރަށް ރަނގަޅު

      އެއް ވަނައިގެ ކޮމެންޓެއް

    • ހުސެނ

      1 ވަނައި ގެ ކޮމެންޓެއް ކަން އިގޭނެ މަރުވާމަ

  12. އަހްމަދު

    ކޮމުޓީއެއް އެކުލަވބާލިއިރު، އިސްލާމިކްމިނިސްޓްރީ މީ ކީއްކުރާތަނެއް. މިކަހަލކަންތައްބެލޭތަނެއްނޫންދޯ؟

  13. އައިއެސް

    އަދި މިޓެރަރިސްޓުން މިގައުމު ސުންނާފަތި ކުރާނެ

    • Anonymous

      ހަމަރަގަޅަށް އަހަރުމެން މިޤައުމުގައި އިސްލާމީ ޝަރިއަތް ޤާއިމްކުރާނަން އިންޝާﷲ. މުނާފިޤުންނާއި ކާފަރުން ކިތަންމެ ނުހުރުނަސް އިސްލާމީ ޝައރިއަތް ޤާއިމްކުރާނަން އިންޝާﷲ

  14. ކުޑަބެ

    ބަލަ ރޯދަމަހު ރޯދަހިފުމާއި ، އިބުރާއެކުރި ކަންތަކާއި އުޑާއި ބިމާހާއި ތަފާތު! ތިކުދިންގެ ތެރެއިން ކުއްޖަކު ކުޑަބެއަށް އެއިބުރާ ކުރި ކަމެއް ނުވަތަ ބުނިބަހެއް އޭނާގެސީދާ ޢިބާރާތުން ބުނެލަދީބަލަ!

  15. ފާތުން

    ނިމިދިޔަ ފަސް އަހަރު ގައުމުގެ ވަލީލްއަމުރަކަށް ހުންނެވިބޭފުޅާއި އެބޭފުޅާގެ އަރިސް ބޭފުޅުން އިސްލާމް ދީނަށް ފުރަށްސާރަކޮށް އެކިއެކި ޕޯޑިއަމްތަކުގައި ރާއްޖޭގެ އެންމެހާއި ކުދި ބޮޑުރައްޔިތުންނަށް އަޑުއިވި އަދި ފެންނަގޮތަށް ވާހަކަފުޅުދެއްކެވި އިރު މިހާރު އިސްލާމްދީނުގެ ދިފާއުގައި މިހާރު ތިޔައަޑު އުފުލާ ބޭފުޅުންނާއި ބޭކަބަލުްންކޮބާތޯ؟ އޭރުވެސް ކީވެގެންތޯ ޗިސްޗިސްކޮށްލިޔަސް ލާދީނީ މީހުންނާއި ދެކޮޅަށް ނުނިކުތީ! މީއަނެއްކާ ބަޔަކުމީހުން އަޑީގައި ތިބެގެން އެހެން ބަޔަކު ލައްވާކުރުވާކަމެއްނޫންބާވޭ ހީވޭ!

  16. ސޮމަދު

    ސީދާ ފިހާރަތަކުން ވައްކަން ކުރާން އަޅާ ބުރުގާއެއް ތީ..ވަގު ބުރުގާ ތީ. އެންމެ ނުބައި ކަންތައްތައް ކުރާ ބަޔަކީ މޫނު ބުރުގާ ބޮޑު ބުރުގާ އަޅާ މީހުން. ލާދީނީ ބުރުގާ..

    1
    1
    • ާާއެހެންނުބުނޭ

      މީހަކު އަޅާ ހެދުމަކުން މީހެއްގެ ގޮތެއް ނޭގޭނެ .މޫނު ބުރުގާ ނޅާ ކިތައް މީހުންތޯ ރޯމާދުވާލު ވައްކަންކުރަނީ؟ މޫނު ބުރުގާ އެޅުމަކީ އަހަރުމެންގެ ދީނުގައި މަނާ ކުރައްވާ ފައިވާ ކަމެއް ނޫން. އެހެންވީމާ ތިގޮތަށް އިސްލާމް ދިނުގައި އޮންނަ ކަމަކަށް ފާޑު ނުކިޔުއްވާ. ކޮންމެމީހެއްގެ ވެސް އުނި ކަންތައް ތަކެއް ހުރެދާނެ. ފަހަރުގައި ސުވަރުގެ ވަނުމުގެ ސަބަބެއް ކަމުގައި އެ މޫނު ބުރުގާ ވެސް ވެދާނެ.

    • ?

      .ތިހެންވީރު ފެޝަންބުރުގާޔާ ބުރުގާާނާޅަމީހުން އުޅެނީ ސީދާ ހަށިވިއްކަންވެގެން

    • އަކުރު

      ތިހެނެއް ނުވާނެ، މޫނު ނިވާކުރުމަކީވެސް ޝަރުޢީގޮތުން އެނގެން އޮތް ކަމެއް. އެހެންވީމާ މޫނު ބުރުގާ އަޅާ މީހުން ވައްކަން ކުރަނީކީ ނޫން، ނަމަވެސް ވަގުން މޫނު ބުރުގާ އަޅަން ފެށީ. މި ރާއްޖޭގެ މަގުމަތިން ވައްކަމާއި އެކިއެކި ކުށްތަކަށް އަރައިގަންނަ ސިފަސިފައަށް ތިބޭ މީހުން އުޅޭ، ނަމަވެސް އެ ސިފަތައް ހުތުރުވެގެން ނޫޅޭ ކަހަލަ.

    • Anonymous

      ކަލޭމެން ތިޔަ އެއްޗެގި ގޮވަނީ މާތް ނަބިއްޔާގެ ސުންނަތަށް. ކަލޭމެންގެ ނިމުން ވަރަށް ގާތްވެއްޖެ. މުހައްމަދުގެފަާނުގެ ލަޝްކަރު ނުކުމެއްޖެ ކަލޭމެން ތިބިތަނަކުން ހޯދާނަން

  17. ބޯ

    މޫނު ބުރުގަލާ، ތުބުޅިއާ، ކަލޭމެން ތިހާ ހަސަދަވީ ކިީއްވެ.

    ނުގެޅޭތި. ވަކިވަކިން ހޯދާނަން. ފަހަރަކު ބޮލެއް

  18. ޙަމްޒާ

    ތިޔައީ ފިރިހެނުން ކަމެއް އަންހެނުން ކަމެއްވެސް ނޭގޭ! ދިވެހިނަކީ މީހަކު ފައިސާ ކޮޅެއް ދީފިޔާ ތިކަހަލަ ގޮތަކަން އުޅޭބަޔެއް

  19. މުހައްމަދު

    ސާބަހޭ އުޚުތުންނޭ މިގައުމުގަ އިސްލާމުންގެ ގޮތުގައި ތާކިހާއަޅައިގެން ތިބި ފިރިހެން ވެރިންނަށްވެސް ކުރަންނުކެރުނު ތިވަރުވެސް ދެންއޮތީ ތިޔަކަނބަލުން ފިރިހެނުންނަށް ހަދާ ޖޯކުޖަހާމީހުން ދުރުގަކުޅިބަލަންތިބެ ދެފުއްކެހެރިވާހަކަ ދެއްކުން ނޫންކަމެއް އެމީހުންނަކަށްނޭގޭނެ ކުރާކަށްވެސް މިކަންކުރާއިރުވެސް އިބުރާކުރި ވިޔާނުދާ ކަމަށް ކިޔަންނުކެރުނު އެތައް އެއްޗެއް ކިޔަމުން ގެންދާކަން މިތާކޮމެންޓް ކުރި މީހުންނަށް ބަލާލުމުން އެނގިގެންދޭ ، ހިތާމަޔަކީ މިކަމަކީ ބޮޑުވެގެންވާ ނުބައިކަމެއްކަން ދެނެތިބެ މިކަހަލަ ދެފުއްކެހެރިވާތީ ހެހެހެހޭ

  20. ލާދިީނީ

    އަދި ނުކުންނާނެ ރަންނަމާރި ބައިގަނޑުވެސް

  21. މޫނުބުރުގާ

    މޫނުބުރުގައި އަޅާ މީހުން އަޅާފަތިބި މޫނުބުރުގާ އަށް ކިތަންމެ އެއެއްޗެއްގޮ ވިޔަސް އެ އެއްޗިހި އެކަބަލުންނަކަށް ރައްދެއް ނުވާނެ، ތިބޭފުޅުންނަށް ނޭގި ނަމަވެސް ތި އެއްޗެތިން ގޮވެނީ الله އަށާާއި اللهގެ رسول الله صلى الله عليه وسلم އަށެވެ. ސުންނަތާ ފިރުމަމުން ގިނަ ބަޔަކަށް އެއްޗެތި ގޮވެނީ މޫނުބުރުގާ އަށް ނުވަތަ ތުނބުޅި ލީމީހާ އަށް. ކޮންމެ ބަޔަކަށް ވެސް އެބަޔާނުގައި ތާއީދު ކުރާ ސިޔާސީޕާޓީން ކުރާ ގޯސްކަންތައްތައް ގޯހެއްގެ ނުވާނެ . އެ ވަރިހަމަ އަހަރެމެން ހެއްދެވި الله سبحانه وتعالى އަށް އެއްޗެތިން ގޮވިޔަސް އެ ނުފެންނާނެ އެބައެއްގެ ޕާޓީ ވިއްޔާއެ. ހާދަހާ ހިތާމަހުއްޓޭ. ޑިމޮކްރެސީ ގެ ވަބާ ގަދީން ފުޑު ފުޑު ވަނީ

  22. އޯ އެމް ޖީ

    މޫނު ނިވާކޮށްގެން މުޒާހަރާ ކުރުން މީ ގައުމުގެ އަމަންއަމާން ކަމަށް ވަރަށް ބޮޑު ނުރައްކަލެއް!!!!

  23. މާވައްކޮށް

    ސޯލިހުގެ ވެރިކަން ދާދި އަވަހަށް ވެއްޓިދާނެ ﷲ އީ ހުރިހާކަމަކަށް ކުޅަދުން ވަންތަ އިލާހުއެވެ.

  24. މޭން

    ﷲ އާއި އެކަލާނގެ ރަސޫލާ (ޞޢވ)އާއި އެކަލާނގެ އާޔަތްތަކާއި ޝަރީޢަތާއި ޙުކުމްތަކަށް ފުރައްސާރަކޮށް މަލާމަތްކުރުމަކީ ކަނޑައެޅިގެން ކުފުރުވާނެ ކަމެއް!
    ﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނަ:
    ކަލޭގެފާނު ވިދާޅުވާށެވެ! ތިއަ ބައިމީހުން ތިއަ މަލާމާތްކޮށް އުޅެނީ ﷲ އަށާއި އެކަލާނގެ އާޔަތްތަކާއި އެކަލާނގެ ރަސޫލާއަށް ހެއްޔެވެ؟ ތިއަބައިމީހުން ޢުޛްރު ނުދައްކާށެވެ! ހަމަ ކަށަވަރުން ތިއަބައިމީހުން އީމާންވުމަށްފަހު ތިއަތިބީ ކާފިރުވެފައެވެ."

  25. ނައިބުތުއްތު

    ކާފަރަުން ދުވަހަކުވެސް މުސްލިމުންނަށް ހެވެއްނޭދޭނެ. ބަޔަކު ކިތަންމެ ރަނގަޅުކަމެއްކުރިޔަސް ކަމުނުދާނެ. ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީޤައުމެކޭ ކިޔަސް ބޮޑެތި ކާފަރުންނެކޭ އެއްގޮތަށް އިސްލާމްދީނަށް ހަޖޫޖަހާ ރަސޫލާއަށް ފުރައްސާރަކުރާ މީހުން އެބަތިބި. މިލިޔުމަށް ކޮމެންޓްކޮށްފައިވާ ފަރާތްތަކުންވެސް އެފަދަ މީހުންނަށް ތަޢީދުކޮށްފައިވާ ތަން މިފެންނަނީ.

  26. އަސްލުވެސް

    މިގައުމުގައި ގިނައީ ލާދީނީ އަށް ވުރެ މުނާފިގުން .. ކޯފާ އެއް އައުމުގެ ކުރިން އިސްލާހުވޭ ...