ސޯޝަލް މީޑިއާގައި ދީނާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމަށް ޙައްލެއް ހޯއްދުމަށް، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެކުލަވާލެއްވި ޚާއްޞަ ކޮމިޓީއިން މިއަދު މަޝްވަރާކޮށްފިއެވެ.

އެ މަޝްވަރާތައް ކުރައްވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ފުޅާދާއިރާއެއްގައި މަޝްވަރާތައް ކުރިއަށްގެންދިޔަކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގެ ޤާނޫނު އަސާސީއާއި އިއްތިޙާދުގެ މެނިފެސްޓޯގައި ވާފަދައިން މާތްވެގެންވާ އިސްލާމްދީނާ އެދީނުގެ ވަޙުދަތަށް ބުރޫއަރާފަދަ ކަމަކަށް ޖަގާ ނުދިނުމާއި ގުޅޭގޮތުން މަޝްވަރާ ކުރިއެވެ.

އެ ކޮމެޓީގެ މަޝްވަރާތަކުގައި އަނިޔާވެރިކަމާއި، ފަސާދަ އުފެދޭނެ އެއްވެސް ކަމަކަށް ސަރުކާރުން ޖާގަ ނުދެއްވާނެކަމަށް ވިދާޅުވިއެވެ.

އަދި މިހާރު އުފެދިގެން އުޅޭ ނުތަނަވަސްކަން ޙައްލުކުރުމުގައި ކޮމިޓީގައި ހިމެނޭ ވުޒާރާތަކުގެ އިތުރުން ނެޝަނަލް ސެނޓަރ ފޮރ ކައުންޓަރ ޓެރަރިޒަމާއި ޕޮލިސް އިންޓެލިޖެންސްގެ އިރުޝާދާއި އެހީތެރިކަން މިކަމުގައި ހޯއްދެވުމަށް ކޮމިޓީން ނިންމެވިއެވެ.

ދީނީ ކަންކަން ބަލާ ކޮމިޓީގެ މަސައްކަތްތައް ހިނގަމުންދާނީ ސޯޝަލް ކައުންސިލްގެ ދަށުންކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:

1. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް

2. މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ

3. މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ

4. މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން

5. މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު

6. މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަލްފާޟިލް އަޙްމަދު މަޚްލޫފް

7. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ދޮންބެ

    ތީ ނަމަކު އުފައްދާފަ އޮތް ކޮމެޓީއެއް. ތީ ރީތި ނަމެއްގަ އެހެނަސް ލާދީނީ މީހުންނާ ދެކޮޅަށް އަޑުއުފުލާ މީހުން ހިފާ ހައްޔަރުކުރުމަށް އުފެއްދި ގްރޫޕެއް. ދީނަށް ފުރައްސާރަކުރާމީހުންނަށް ދޭނެ އަދަބު މިހާރުވެސް ގާނޫނުގަ ކަނޑައެޅިފަވޭ. ގާނޫނު ތަންފީޒުކޮށްބަލަ ބޭކާރު ކޮމިޝަންތަށް ނުހަދާ.

  2. ބެއްޔާ

    ތިތިބީ މުޅިންވެސް ލާދީނީ ފިކުރުގެ މީހުން. ދީނީ އެއްވެސް ޢިލްމުވެރިއެއްނެތް ތި ކޮމިޓީގަ. ކަމަކުނުދޭ. 100 ވައުދު ފުދިއްޖެ. އެހެނިހެން ދީންތަކަށް ޖާގައެބައޮތްކަން ޔަހޫދީންނަށް ރަގަޅަށްވެސް ދައްކުވައިދީފި.

  3. ކަނދުރާ

    ތިޔަ ކޮމިޓީގައި އެއްމެ ބާރުވެރިކޮށް ތިޔަތިބީ، ލާދީނީއަށް ބައެޢަތު ހިފާފައި ތިބި މީހުން.

  4. މުހައިމިން

    ރާއްޖޭގެ އެއްވެސް އިލްމުވެރިޔަކު ނެތުމަކީ ހިތާމަ ކުރާކަމެއް. މި ސަރުކާރަކީ ބޮޑު ޖޯކެއް. ދެ މީހަކު ބާރަށް ފޮޑި އެއް ޖެހިޔަސް އޭގެ ބާރުމިން ބަލަން ކޮމިޓީ އެއް.

  5. ކިމިސް

    ގާބިލް ކަމެއް ނެތް ބައެއް ސަރުކާރުގަ ތިބީ ހޮޅި ކޮމެޓީ ސަރުކާރު.

  6. 100ދުވަސް

    100 ދުވަހުގެ ވައުދުތަށްފުއްދުމަށް ޔަހޫދީ ގެރި މޯދީ އަތުން ނެގިލާރި ގަނޑުގެ ބަދަލް އެހެން ދީންތަކަށް ޖާގަ އޮތްކަން އެމީހުނަށްދެއް ކުމަށްސީދާ އމޑޕގެ ވައުދުތަކުގެ ތެރޭން 100 ދުވަހުގެ ވައުދެއްތީ ސީދާ ލާދީނީ ސަރުކާރުގެ އަތެއް އޮވެގެން އެހާފާޅުގަ އެކަން ކުރަނީ އަދިވެސް އެތިބެނީ މަޖިލިސް އިންތިހާބް ބޯމަތީގަ އޮތީމަ ނޫނނަމަ ތި އާލާތްގަނޑު މަގުތަކުގަ ދުވާނެ މިސަރުކާރުގެ އެހީތެރިކަމުގަ ލާދީނީ ފިކުރު ވިއްކަން

  7. އަލީ

    އަލްއިމާމް އައްޝާފިޢީ ވިދާޅުވެފައިވެއެވެ. "އެ މީހެއްގެ (ދީނާއި،އަބުރަށް) އަރައިގަނެ ރުޅިއަރުވާލުމުން ރުޅިނާންނަ މީހަކީ ފަހެ ޙިމާރެކެވެ."