ސަރުކާރު ހިންގާ ކޯލިޝަން އޮތީ ވަރަށް ބަދަހިކަމާއެކު ކަމަށާއި ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރު ނުވެއްޓޭނެ ކަމަށް ކުރީގެ ރައީސް އަދި ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އެމްޑީޕީ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކޯލިޝަންގައި ހިމެނޭ ބޮޑު ދެ ޕާޓީ ކަމަށްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި ދެމެދު ހިޔާލުތަފާތުވުންތަކެއް އުފެދިފައިވަނިކޮށް ރާއްޖެ ޓީވީގެ ޕްރޮގުރާމެއްގައި މިއަދު ނަޝީދު ވިދާާޅުވީ މިހާރު އޮތް ކޯލިޝަން ސަރުކާރު ރޫޅިގެން ނުދަނެ ކަމަށާއި ކޯލިޝަން އޮތީ ބަދަހިކޮށް ކަމަށެވެ.

"ރައީސް އަދި ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކާއި އެކުވެސް ކޮންމެ ދުވަހަކުވެސް މަޝްވަރާ ދަނީ ކުރެވެމުން. ކޯލިޝަން ސަރުކާރު ކުރިއަށްދަނީ ބަދަހި ކަމާއެކު ކަމަށާއި، ކޮންމެ ދުވަހަކުވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއިވެސް މަޝްވަރާ ކުރެއްވޭ." ނަޝީދު ވިދާޅުވިއެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި މަޖިލީހުގެ މައްޗަންގޮޅީ މެދު ދާއިރާއަށް ވާދަކުރައްވާ ނަޝީދު މިހެން ވިދާޅުވިއިރު ޖޭޕީ އާއި އެމްޑީޕީ އާއި ދެމެދު ކަންބޮޑުވުންތަކެއް އުފެދިފައިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ 86 ދާއިރާއަށް އެމްޑީޕީން ވާދަކުރުމަށް ނިންމުމާއި ގުޅިގެންނެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ކޯލިޝަން ރޫޅިދާނެކަމުގެ އެއްވެސް އަލާމާތެއް ފެނިވަޑައިނުގަންނަވާ ކަމަށާއި ރައީސް ސޯލިހުގެ ސަރުކާރު ނުވެއްޓޭނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ސަރުކާރާއެކު ވެފައިވާ ކޯލިޝަން އެއްބަސްވުމުގައި ރައްޔިތުންގެ މަޖިލީހުގައި 87 ދާއިރާއަށް ވާދަކުރުމާއި ގުޅުން ހުރި ކަމެއް ނުހިމެނޭ ކަމަށެވެ.

"މަޖިލީހުގެ އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް އެމްޑީޕީން ވާދަކުރުމަކީ ރައްޔިތުން ބޭނުންވެފައިވާ ކަމެއް, ރައްޔިތުންގެ އެދުމާއި ދެކޮޅަށް އެމްޑީޕީން އެއްވެސް ކަމެއް ނުކުރާނެ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިގޮތަށް ވިދާޅުވިއިރު އަނެއްކާވެސް އެމްޑީޕީ ޖުމްހޫރީ ޕާޓީ މަގުމަތިކޮށްފި ކަމަށާއި އެމްޑީޕީ އިން ހެދި އެއްބަސްވުމާ ޚިލާފުވެއްޖެ ކަމަށް ބުނެ ކުރީގެ ރައީސް ޔާމީނާއެކު ވެސް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެއްކޮށް މަސައްކަތް ކުިރުމަށް މަޝްވަރާކުރަން ތައްޔާރަށް ހުންނެވި ކަމަށް ގާސިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. އަލީ

    ކޯލިޝަންގެ ހަލާކަކީ އަންނި މީގަ އަންނި މައިތިރިވީމަ ހުރިހާކަމެއް ހައްލުވީ

    • އަހަންމަދޭ

      މީނާގެ ސުންޕާ ކަމުން މިހުރިހާ ކަމެއް މިވަނީ. މައިބަދަ ފީވެފަ އިނގިރޭސިވިލާތުގަ އޮވެބަލަ. މީނަ މިތަނަށް ގެނައި ބައަކުވެސް ސިކުނޑި ހަމައެއް ނުވާނެ.

  2. ލަޠީފް

    ވެއްޓޭނެ! އަހަރުވެސް ދެމި ނޯންނާނެ އިން ޝާ އަﷲ

  3. މަރީނާ

    މީ މި ޤައުމަށް ދިމާވި އެއްމެ ބޮޑު މުސީބާއް މި މުސީބާތުން މި ޤައުމާ ދީން ސަލާމަސް ކޮންދެއްވާންފާދޭ

  4. މާރިޔާ

    ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯ މި ނަސީދުގެ ލާދީނީ ކަމުން މި ޤައުމު ސަލާމަށް ކޮންދެއްވާފާދެ

  5. ސަމީރާ

    މި ސޮރު މީދީ ކޮންކަމަކާ ފިކިރު ބޮޑުވެފައި ކޯލިސަން ރޫޅޭނީ މި ނަސީދުގެ އުދަގުލާހެދި މީ މިްައުމަށް ހުރު ނުރައްކަލެއް

  6. ނަސީދާ

    އެތަނެއްގަ ފާފަކުރުން ގިނަ ވެއްޖެނަމަ މިކަހަލަ ވަބާ ޖައްސަވާނެ.

  7. ޗުލްބުލް ޕާންޑޭ

    މިއީ އެމްޑީޕީގެ ވެސް ހަލާކު.

  8. މުޙައްމަދު

    އެބުނާ ރައްޔިތުންނަކީ އަންނި އެކަނިބާ

  9. ކެކެކެ

    ވެއްޓެނީ ވެއްޓެނީ ވެއްޓެނީ. ހަމަ ވައްޓާލާނީ

  10. ހުސޭނުބޭ

    ދުނިޔެ އެކޮޅުކޮޅުން ފެންނަ ހޭބައްޔެއް!

  11. عبدالله

    ޤާސިމަށް ދަންނަވާލަން އޮތީ، މިވެރިންގެ ނުބައި ނުލަފާ ކަން ރައްޔިތުންނަށް ދެއްކިޔަ ނުދޭށެވެ. މިވެރިންގެ ނުބައި ނުލަފާ ކަން ހުއްޓުވައި ދެއްވާށެވެ. މިޤައުމު ނުއަތުބުރެއްގައި ފުނޑުފުނޑު ކޮށްލުމަށް ދޫކޮށްނުލައްވާށެވެ.

  12. ޢާދަނު

    ޢަހަރުމެން ބޭނުންވަނީ ޔާމީން ގާސިމް މިގައުމު ހިންގަން ކަލޭގެ ކިބައިން މިގަމު ސަލާމަތްކޮށް ތަރައްގީ މެކުހަށް ޖަހަން

  13. ބުނެލިިިީީ

    ވަގުތު ޖެހުނީ އެކަންވެސް ވާނެ ، ބޮޑަށް އެނގޭނީވެސް އަންނިއަށް.

  14. ނެތީމޭ

    ކޯލިޝަން ނުރޫޅޭނެ ކަމަށް ކެނެރީގެ ނަޝީދަށް ނުބުނެވޭނެއޭ ސަބަބަކީ އޭނާއޭ އިސްވެ ކޯލިޝަންގެ އެއްބަސްވުން ވީދާލާ އޭނާ ބޭނުންވާ ގޮތަށް އެ ތަރުޖަމާ ކޮށްގެން ރައްޔިތުންގެ މަޖްލީސް މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުން ހޮވާފައިވާ ސަރުކާރު ނަގާ އެއްލާލަން އުޅެނީ އެއީ އެއް ނޫންތޭ ކެނެރީގެ ނަޝީދުގެ ހަގީގީ މަގްސަދަކީ މީ މަމެންނަށް އޮޅޭނެ އެއްޗެއް ނޫން ކަމަށް މަމެން ނަށް ބުނެވޭނެ ޖާގަ އެބައޮތޭ ބުނަން މަމެން ނެތީމު ދޯ...

  15. ވަނީއޭ

    މަޖިލީހުގެ ރައީސް ކަމަށް ޝައުގެއް ނެތް ކަމަށް ކެނެރީގެ ނަޝީދު ބުނާނަމަ އެއީ އޭނާ ޝައުގު ހުރީ އެއް ނޫން ކަން އެއީ މަމެންނަށް ވެސް ކަށަވަރުވެ ޔަގީންވާ ކަމެކޭ އެއީ މަމެން އުފާ ކޮށް އޭނާ އަށް ޝުކުރު އަދާ ކުރަން ޖެހޭނެ ކަމެކޭ މަމެން ޝުކުރުއަދާ ކުރަމޭ ކެނެރީގެ ނަޝީދު ތިޔާ ގޮތަށް ތެދު ބަހުން ވާހަކަ ދެއްކީތީ ކެނެރީގެ ނަޝީދަށް ކެނެރީގެ ނަޝީދު ޝައުގެއް ނެތޭ އޭނާ ހުރީ ދެވި ހިފާފައޭ މަޖްލީހުގެ ރައީސް ކަމަށް އަންނާން އަދި ބޮޑު ވަޒީރަކަށް ވާން ވެގެން ހޭދެބައި

  16. އެދުރުބެ

    ކޯލިޝަން ފޫވެއްޓިގެން ޟީހުންތައް ހަޅޭލަވާ އަޑުއިވޭ މި ހިސާބަށް! މި ހިސާބުގައި މީުންނަށް ނިދާލެވޭވަރުނުވޭ!

  17. އެދުރުބެ

    ކޯލިޝަން އެތޭރައި ހިނަގަނީ ބޮޑެތި ޖަރީމާތަށް އެކަކު އަނެކަކަށް މަޖިސްލިސް މެމްބަރަކަށް ނުވެވިގެން! އެކަމު ނަޝީދު ތިބުނަނީ ކޮލިޝަން އޮތީ ބަދަހިކޮށޭ! ކާކުބާ އެކަން ޤަބޫލުކުރަނީ!

  18. ާވަތުބަތާނަ

    މީނަ މިހެންބުނެފިއްޔާ ވަރަށްއަވަހަށް ވެއްޓޭނެ.

  19. ސަޓޯ

    އަންނި ތި ކިޔަޔާ ކުރިން އަހަރެމެން އަޑުއެހި ލަވައެއް. ތިލަ ކިޔަކިޔާ ހުއްޓާ ތިގޮލާ ވެއްޓުނީވެސް... ތިގޮލާ ކުރާ ހުރިހާ ކަމެއް ވަނީ ފެއިލް.. ލަނޑާގެ ވިޔަފާރިގޮތައް.. އިންޝާﷲ ދެންވެސް ވާނީ ހަމަ އެގޮތައް

  20. ސޮއްބެ މާލެ

    އިބުރޭސޯލިހު ނަމެއްގަ ބަހައްޓައިގެން ކަލޭ ވެރިކަން ކުރަންޏާ އަނެއްކާވެސް ވެއްޓޭނެ... ކަލެއެކޭ މައުމޫނެކޭ ނެތް ތަފާތެއް... އަދިވެސް ތިއުޅޭނީ ވެރިކަން ބޭނުންވެގެން ވިއްޔާ!

  21. ރޫޅޭނެއޯ

    ކޯލިޝަނެއް ނުރޫޅޭނެ، ސަރުކާރެއް ނުވެއްޓޭނެއޭ އެހެންތޭ ހިނގާ މިފިނިފެންމަލުގެ ފިޔަތައް ނޮޅަމުން އެހެން ކިޔަމާދޯ ރޫޅޭނެއޭ ނުރޫޅޭނެއޭ ރޫޅޭނެއޭ ނުރޫޅޭނެއޭ ރޫޅޭނެއޭ ނުރޫޅޭނެއޭ ރޫޅޭނެއޭ ނުރޫޅޭނެއޭ ރޫޅޭނެއޭ ނުރޫޅޭނެއޭ ރޫޅޭނެއޭ އަޅެ މަލުގެ ފަހު ފިޔަ ދޯ އެފިޔަ ބުނީ ރޫޅޭނެއޭ ދޯ ރޫޅޭނެއޭ ދެން ހުރިހާ ކުދިން ވެސް ކޮއްޅަށް ތެދުވެ އަތްތިލަ ބަޑި ޖަހަމުން ޑާންސް ފްލޯރ މައްޗަށް އަރާ ނަށާ ލަވަ ކިޔާ މަޖާކޮށްލަންވީއޭ ނަށާލާ ނަށާލާ ނަށާލާ...

  22. މޫސް

    އަންނި އަށް ކިތައްމެ ހޭބަލިވާ ބަޔަކު ތިއްބަސް ދީނާ ކުޅެއް އަންނިއަށް ފުރުސަތެއް ނުދޭނެ