ޤާނޫނާ ޚިލާފުވެގެން މިދިޔައަހަރު ހުށައަޅާފައިވަނީ 349 ކުއްޖެއްގެ މައްަލަ ކަމަށޤ ކުޑަކުދިންގެ މައްސަލަތައް ބަލާ ޖުވެނައިލް ޖަސްޓިސް ޔުނިޓުން ހާމަކޮށްފިއެވެ.

އެ ޔުނިޓުން އިއްޔެ ޢާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު އެ ޔުނިޓަށް ހުށައެޅުނު މައްސަލަ ތަކުގައި ހިމެނޭ 111 ކުއްޖަކީ ކުށް ތަކުރާރުކޮށްފައިވާ ކުދިން ކަމަށެވެ. ކުށުގެ ތުހުމަތު އަލަށް ހުށައެޅިފައިވަނީ 184 ކުދިން ކަމަށް ތަފާސްހިސާބުތައް ދައްކައެވެ.

މިދިޔަ އަހަރު ކުށްކުރި ކުދިންގެ އަދަދާއި ކުށް ތަކުރާރުކުރި ކުދިންގެ އަދަދު އޭގެ ކުރީގެ ތިން އަހަރާ އަޅާ ބަލާއިރު ދަށްވެފައިވާ ކަމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓުން ބުނެފައި ވެއެވެ. 2017 ވަނަ އަހަރާ އަޅާބަލާއިރު 2018 ވަނަ އަހަރު ވަނީ 13.8 އިންސައްތަ ދަށްވެފައެވެ.

އެ ޔުނިޓުން ހާމަކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ އަހަރު ކުއްކޮށްގެން ހުށައެޅި ކުދިންގެ ތެރެއިން 97 އިންސައްތައިގެ ކުދިންނަކީ ފިރިހެން ކުދިން ކަމަށާއި ބާކީ 7 އިންސައްތަ އކީ އަންހެން ކުދިންގެ މައްސަލަތައް ކަމަށެވެ. އަދި ކުށްކުރި ކުދިންގެ ތެރެއިން 38.8 އިންސައްތައިގެ ކުދިންނަކީ ދެމަފިރިން އެކުގައި އުޅެމުންދާ އާއިލާތަކުގެ ކުދިން ކަމަށާއި 34.8 އިންސައްތައިގެ ކުދިން ނިސްބަތްވަނީ ރޫޅިފައިވާ ޤާއިލާތަކަށް ކަމަށްވެސް ކުޑަކުދިންގެ މައްސަލަތައްބަލާ ޔުނިޓުން ހާމަކޮށްފައި ވެއެވެ.

ޖުވެނައިލް ޖަސްޓިސް އިން ހާމަކޮށްފައި ވަނީ އެންމެ ގިނައިން ކުށްކޮށްފައި ވަނީ 16 އަހަރުގެ ކުދިން ކަމަށާއި އާންމުކޮށް މައްސަލަތައް ހުށައެޅެނީވެސް 16-18 ދެމެދުގެ ކުދިންގެ ކަމަށެވެ. އަދި އެންމެ ގިނައިން އެ ޔުނިޓަށް ފިރިހެން ކުދިންގެ މައްސަލަ ހުށައެޅެނީ މާރާމާރީ އާއި މަސްތުވާތަކެތި ބޭނުންކުރުމާއި އެ ގެންގުޅުމުގެ އިތުރުން ވަށްކަމުގެ މައްސަލަތަކުގައި ކަމަށްވެސް އެ ޔުނިޓުން ބުނެފައި ވެއެވެ.

އެންމެ ގިނައިން އަންހެން ކުދިންގެ މައްސަލަ ހުށައެޅެނީ މާރާމާރީގެ އިތުރުން ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ މައްސަލަތައް ކަމަށް އެ ޔުނިޓުން ހާމަކޮށްފައި ވެއެވެ.