ބ.އަތޮޅު ކިހާދޫ ސްކޫލުގައި މަލްޓި ގްރޭޑް ސިސްޓަމަށް ކިޔަވައިދޭތީ އެކަން ހުއްޓާލައި ވަކި ކުލާސްތަކުގައި ކިޔަވައިދޭން ގޮވާލާ އެ ރަށު ސްކޫލުގެ ބެލެނިވެރިންތަކެއް މިއަދު މުޒާހަރާ ކޮށްފިއެވެ.
ކިހާދޫ ސްކޫލުގެ ގްރޭޑު 5 އަދި 6 ގެ ދަރިވަރުންނަށް އެއްކޮށް ކިޔަވައިދެމުން އަންނަތާ މިހާރު އަހަރެއްހާ ދުވަސް ވެއްޖެއެވެ. ދެ ގްރޭޑެއް އެއްކޮށްލައިގެން ކިޔަވައި ދެނީ ކިޔަވާ ކުދިންގެ އާބާދީ އާދަޔާއި ހިލާފަށް މަދު ވުމުންނެވެ. ކިހާދޫގެ އިތުރުން އެހެން ބައެއް ރަށްރަށުގައި ވެސް މިގޮތައް ކިޔަވައި ދެއެވެ. ދެގްރޭޑް އެއްކޮޅުމުން ކިހާދޫ މަލްޓި ގްރޭޑް ކްލާހުގައި ތިބެނީ 17 ކުދިންނެވެ.
މިއަދު ހެނދުނު ބެލެނިވެރިން ވަނީ ސްކޫލު ކުރިމަތީ މަލްޓި ގްރޭޑް ސިސްޓަމާއި ދެކޮޅަޅަށް އަޑު އުފުލާފައެވެ. ބެލެނިވެރިން ބުނާ ގޮތުގައި މަލްޓި ގްރޭޑު ސިސްޓަމްގެ ސަބަބުން ނަތީޖާ ހާސިލު ނުވާ ކަމަށެވެ. އެކަމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުން ހަލާކުވާ ކަމަށް ވެސް ބެލެނިވެރިން ބުނެއެވެ.
ބެލެނިވެރިން މިއަދު މުޒާހަރާކުރި އިރު އެ ގްރޭޑުގައި ކިޔަވަމުން އަންނަ ދަރިވަރުން މިއަދު ސްކޫލަކަށް ނުފޮނުވައެވެ. ނަމަވެސް ސްކޫލްގެ އެހެން ކްލާސްތަކުގެ ކިޔެވުން ކުރިއަށް ދިޔައެވެ.
އދ. ހަންޏާމީދޫގައި، މަލްޓި ގްރޭޑް ސިސްޓަމަށް ކިޔަވައިދޭތީ ބެލެނިވެރިން ވަނީ ކުދިން ސްކޫލަށް ފޮނުވުން ހުއްޓާލާފައެވެ. ބެލެނިވެރިންގެ އިހްތިޖާޖާއި ގުޅިގެން ހަންޏާމީދުގައި ވަނީ ކްލާސްތައް ވަކިކޮށްގެން ކިޔަވައިދޭން ފަށާފައެވެ.
ތިމަލްޓި ގުރޭޑް ތައާރަފުކުރީ ކިހާދޫސްކޫލުގެ ކުރީގެ ޕްރިންސިޕަލް
އަސްލު މަލްޓި ގުރޭޑް ސިސްޓަމްގެ ސަބަބުން ކުދިންގެ ކިޔެވުން ދައްވެ އަޚްލާޤު ވަރަށް ގޯސްވެއްޖެ.
މަލްޓި ގުރޭޑް އައިފަހުން ޓީޗަރުންނަށް ކުލާސް ކޮންޓްރޯލް ނުކުރެވޭ
މަދު ކުދިން ތިބޭ ކަމަށްވާނަމަ މަލްޓި ގްރޭޑަށް ކިޔަވައިދިނުމަކީ ކުދިންނަށް ވަރަށް ރަނގަޅު ކަމެއް.
5ގައި ކިޔަވާ ކުއަޖާޔަށް 4ގެ ކުދިންނަށް އެހީވެދޭން ލިބޭ ފުރުސަތެއް (ލީޑަރޝިޕް)
4ގައި އުޅޭ ކުދިްނނަށް 5ގެ ކުދިންނާއި ޗެލެންޖްކޮށް 4ގެ ބައެއް ކްލާސްތަށް ނުނަގައި 5ގެ ތަޖްރިބާކޮށްލައި އުމުރުން 1 އަހަރު ބޭކާރުނުކޮށް ކުރިޔަށް ޖެހިލެވޭނެ.
ކިޔެވުމުގައި ގްރޭޑް 3ގައި ކިޔަވަމުން ގްރޭޑް 5ގެ ކުދިންގެ ބައެއް މަސައްކަތް ކޮށް އެއްމެފަހުން އަޅުގަނޑު ގްރޭޑް 3ގައި ކިޔެވި އިރު ޖުމްލަ 3 ގްރޭޑްގެ ހިސާބު ސައިންސް އަދި އިތުރު މާއްދާ އެހެން ކުދިންނަޢި އެއްސަފެއްގައި ހިފެހެއްޓިން. ނަތީޖާޔަކީ އަޅުގަނޑު އޭލެވެލް ހެދީ 14 އަހަރުގައި.
ނަމަވެސް އިނގިރޭސި ސަބްޖެކްޓަށް ކުދިން ރަނގަޅުވާންޖެހޭނެ.
މަލްޓި ގްރޭޑް ކުރަނީ ޓީޗަރުން ރަގަޅަށް ތަމްރީނު ވެސް ކުރުމެއް ނެތި..އަނެއްކާ މަދުކުދިން ގެ ހައްޤު ނެތިއްޔާ ކީއްވެބާ މަދުމީ ހުންގެ ވޯޓްބޭނުން ވަނީ..
މަލްޓި ގްރޭޑް ކުރަނީ ޓީޗަރުން ރަގަޅަށް ތަމްރީނު ވެސް ކުރުމެއް ނެތި..އަނެއްކާ މަދުކުދިން ގެ ހައްޤު ނެތިއްޔާ ކީއްވެބާ މަދުމީ ހުންގެ ވޯޓްބޭނުން ވަނީ..
މުޅިމިގައުމުގެ އެންމެން ކިހަލަގޮތަކަށް މައުމޫނުގެ ދޭތެރެދޫކުރާ މަޅީގައި ބެދުނީމާ ވާނެގޮއް ތިފެންނަނީ މުޒާހަރާކުރަންވީ ކީނުން ދެންވެސް އާބާދީ އިތުރު ކުރަންވީ ކޮބާ އެއްކަލަ އަށްޑަނަ ތައް ލައިގެން ކުދިން ހަމަކޮށްލަންވީނު މިއީ އަހަރުމެން އަމިއްލަޔަށް ފޭހުނު އިލޮށިގަނޑު އަމިއްލަލޮލަށް ހެރެނީ ރިޒުގު ދެއްވަނީ މާތް ﷲ މައުމޫނުގެ ބަސް އެހުމުން ލިބުނުގެއްލުން މާތް ﷲ ދެއްވި ނިއުމަތަށް ޝުކުރު ނުކޮއް ކުފުރު ވެރިވީމާ ދިމާވެގެން އުޅޭ މަސް އަލައެއް އާބާދީ އިތުރު ކުރަންވީ ކުރިޔަށް މިއޮއް ޖީލް ސަލާމަތް ކުރަންޏާ
ކުދިންގެ ކިޔެވުން ދަށްވަންޏާ މަލްޓި ގްރޭޑް އުވާލަންޖެހޭ.
ދަނެއް ދޮރެއް އޮޅުން ނުފިލާ ތިބެ ކުރެވޭ ނުކުރެވޭ ކަމެއް ނޭނގި، ސިސްޓަމް ފޭލްވަނީ،
މުޒާހަރާ ކުރުން ހުއްޓާލާފަ އާބާދީ އިތުރު ކުރަން ހުރިހާ ބެލެނިވެރިވެރިން
އެއް އަޒުމެއްގަ ނުކުމެވަޑައި ގަތުމަށް އަޅުގަނޑު ނަސޭހަތްތެރިވަން....
ނަސީބު ތިހާ މަދު ކުދިން ކޮޅަކަށް ކިޔަވަދޭކަންވެސް ސުކުރުކުރޭ ބ.
ކިހާދޫ ބެލެނިވެރިވެރިން....އާބާދީ އިތުރު ކުރޭ މިރޭމެސް އުޅެންވީ އެކަމާ