ހަސަން ސައީދު – ޑީޖޭއޭ
ހަސަން ސައީދު – ޑީޖޭއޭ

ޑީޖޭއޭގެ އެޑްމިނިސްޓްރޭޓަރ ހަސަން ސައިދު އާއި ދެކޮޅަށް ޑޮކިއުމެންޓްސް ހެކި ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ހަސަން ސަޢީދު ހައްޔަރުކޮށްފައިވަނީ، ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ޤާނޫނާއި ޚިލާފަށް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައެވެ.

ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފުލުހުންގެ ތަރުޖަމާނު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، ފުލުހުން ތަހުގީގު ކުރަމުން އަންނަ އެމި މައްސަލާގެ ތަހުޤީޤަށް 30 މީހުނާއި ސުވާލުކޮށް 15 ތަނެއް ބަލައި ފާސް ކޮށްފައިވާކަމަށެވެ.

ފުލުހުން މިދިޔަ ހަފްތާ ބޭއްވި ނޫސްވެރިންެގެ ބައްދަލަވުމެއްގައި ފުލުހުން ވަނީ ހަސަން ސައީދުގެ ގޭގައި އޭނާ ނިގޮދަޑި ދަށުން އެތައް ބައިވަރު ފައިސާތަކެއް ފެނިފައިވާކަމަށް ވިދާޅުވެފައެވެ.

ހަސަން ސައީދު ހުސައިނަށް ކުރެވޭ ތުހުމަތުތަކަކީ ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވުމަށް ރިޝްވަތުގެ ފައިސާ ދިނުމާއި، ރިޝްވަތުގެ ގޮތުގައި ލިބިފައިވާ ފައިސާ ބޭނުންކޮށްގެން މަންފާ ހޯދުމެވެ.

ޝިފާން މިރޭ ވިދާޅުވީ، ހަސަން ސައީދުގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ މައްޗަށް ހެއްކާއި ގަރީނާ ލިބިފައިވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލިބޭނެ ނުލިބެންވީ ކީއްވެ. އިލްހާމު އަންނާނެ. ޑަގެތީން. އައިސް ކިޔާދޭނެ.