ރާއްޖޭގެ ފުރަތަމަ ޕްރޮފެސާ, ހަސަން އުގައިލްގެ ދޮގުހަދާ މީހުން ދެނެގަންނަ ޓެކްނޮލޮޖީވެސް މަރުތައް ބަލާ ކޮމިޝަނުގެ މަސައްކަތުގައި ބޭނުން ކުރަން ދޭން ނިންމަވާފައިވާ ކަމަށް އުގައިލް ވިދާޅުވެއްޖެއެވެ.

އުގައިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މޫނު ދެނެގަތުމުގެ ޓެކްނޮލޮޖީގެ އިތުރަށް މަރުތައް ބަލާ ކޮމިޝަނުގެ މަސައްކަތައް ފަސޭހަ ކުރުމަށް 'ލައި ޑިޓެކްޝަން ސާވިސް' ދޮގުހަދާ މީހުން ދެނެގަންނަ ޓެކްނޮލޮޖީ އެކޮމިޝަނުގެ މަސައްކަތުގައި ބޭނުން ކުރުމަށް ދޭން ނިންމަވާފައިވާ ކަމަށެވެ.

" ދޮގުހަދާ މީހުން ދެނެގަންނަ ޓެކްނޮލޮޖީ ކޮމިޝަނުގެ މަސައްކަތުގައި ބޭނުން ކުރުމަށް ދޭން ނިންމައިފިން އެއްވެސް ގަލެއް ނުފޮރޮޅާ ދޫކޮށްލެވިގެން ނުވާނެ. ރައްޔިތުން ބޭނުންވަނީ މަދުމިންވަރެއް ނޫން، ހަގީގަތް ހޯދަން" އުގައިލް ވިދާޅުވިއެވެ.

ޕްރޮފެސާ އުގައިލްގެ ފޭސިއަލް ރިކޮގްނިޝަން ޓެކްނޮލޮޖީއާއި ދޮގުހަދާ މީހުން ދެނެގަންނަ ޓެކްނޮލޮޖީ މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން ބޭނުން ކުރަން ދީފައިވާ އިރު، އުގައިލް ބުނެފައި ވަނީ މަރުތައް ބަލާ ކޮމިޝަނާ ބައްދަލުވި ކަމަށެވެ. މަރުތަކާ ބެހޭ ހެއްކާ، ގަރީނާތައް ބަލާލާފައިވާ ކަމަށެވެ. އަދި މިމައްސަލަތައް ތަޙްޤީޤް ކުރުމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މަރުތައް ބަލާ ކޮމިޝަނުން މިހާރު ބެލުމަށް ނިންމާފައިވަނީ 24 މައްސަލައެކެވެ. އޭގެ ތެރޭގައި ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައާއި، އަޙުމަދު ރިލްވާން ގެއްލުމުގެ ޙާދިސާ އާއި، ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އަދި ރައުދާ އާތިފުގެ މަރުގެ މައްސަލަ ހިމެއެވެ.

ހަމައެހެންމެ، ޖަލުތަކާއި، ކުޑަކުދިންގެ ހިޔާ އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ބައެއް މީހުން މަރުވި މައްސަލަތައްވެސް ބަލާނެއެވެ.

އެ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ތެރެއިން އަފްރާޝީމް އަލީ އަވަހާރިކޮށްލި މައްސަލައާ ގުޅުން ހުރި ދެ މީހަކު ހޯދުމަށް އާއްމުންގެ އެހީއަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބޯ

    ނަސީދު ތިޔަ ކޮމިސަނަށް ހާޒިރު ކުރެވޭނެތަ ؟ދޮގުގެ ރަސްގެފާނު ؟

  2. ހުސޭނުބޭ

    ވީމާ އުގައިލް ތައްޔާރުކުރި އެއްޗެއް އޭނަލައްވާ އޭގެ އަނެއްކޮޅަށް އަނބުރާލައިގެން މި މީހުންނަށް ބޭނުންކުރަން ދާދި ފަސޭހަވާނެ! މިސާލަކަށް މަޖިލިސް އިންތިޚާބުގައި އެމްޑިޕީއާ ދެކޮޅަށް ޤާސިމް ނުކުތީމާ ޤާސިމް ޖެހިދާނެ ތި ތަނަށް ހާޟިރުވާން! އޭރުން ޔަޤީން ޤާސިމްފަކީރުވެސް މަޅިއަރާނޭކަން!