އަންނަ އާދީއްތަ ދުވަހުން ފެށިގެން އީމެއިލް މެދުވެރިކޮށް ޕާސްޕޯޓް ހިދުމަތަށް އެދެވޭނެކަމަށް މޯލްޑިވްސް އިމިގްރޭޝަންސްއިން ބުނެފިއެވެ.

އިމިގްރޭޝަންސްއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ދިވެހި ރައްޔިތުންނަށް މިހާރަށްވުރެ ލުއިފަސޭހަކޮށް ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އަންނަ އާދީއްތަ ދުވަހުން ފެށިގެން އީމެއިލް މެދުވެރިކޮށް ޕާސްޕޯޓުގެ ޙިދުމަތަށްއެދި ފޯމު ހުށަހެޅުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށެވެ.

އެގޮތުން އީމެއިލް މެދުވެރިކޮށް ޕާސްޕޯޓު ހެއްދުމަށް ހުށައަޅަން ވާނީ އީމެއިލް އެޑްރެސް [email protected] އަށެވެ.

އީމެއިލް މެދުވެރިކޮށް ޕާސްޕޯޓު ހެއްދުމަށް ބޭނުންވާތަކެތި

1 - ދިވެހި ޕާސްޕޯޓަށް އެދޭ ފޯމު

2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު، މުއްދަތު ހަމަނުވާ ކާޑު (ކޮޕީ)

3- 10 ރުފިޔާގެ ރެވެނިއު ސްޓޭމްޕް

4- އެންމެފަހުން ހަދާފައިވާ ޕާސްޕޯޓުގެ ޑާޓާ ޕޭޖްގެ ކޮޕީ

5- ނެގި ފަހުން 1 މަސް ދުވަސް ނުވާ، ދިވެހި ޕާސްޕޯޓު ފޮޓޯ މިންގަޑާ އެއްގޮތް، ޕާސްޕޯޓު ސައިޒު ފޮޓޯ (www.immigration.gov.mv ގައިވާ ފޮޓޯ މިންގަޑާ އެއްގޮތަށް)

އީމެއިލް ފޮނުވާއިރު، އީމެއިލްގެ ސަބްޖެކްޓުގައި ވެރިފަރާތުގެ ފުރިހަމަނަން، އައި.ޑީ ކާޑް ނަންބަރ އަދި ގުޅޭނެ ނަންބަރު އިންނަވާނެކަމަށް އިމިގްރޭޝަން އިން ބުންޏެވެ.

އަދި އީމެއިލް މެދުވެރިކޮށް ހުށައަޅާ ފަރާތްތަކަށް ޕާސްޕޯޓު ދޫކުރެވޭނީ، ޕާސްޕޯޓުގެ ޙިދުމަތަށް ފައިސާ ދައްކާތާ 48 ގަޑި ފަހުންކަމަށްވެސް އިމިގްރޭޝަންސްއިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަހޫ

    ޢައްދޭ ތީ އާކަމެއް ނޫން. މަ ކުރިންވެސް އީމެއިލް ކޮށްގެން ފައިސާ ފްރެންޑް އެއް ލައްވާ ދައްކައިގެން ޕާސްޕޯރޓް ހެއްދީ.

  2. މުހުސިން

    އީމެއިލް މެދުވެރިކޮށް ދިހަރުފިޔާގެ ރެވެނިއު ސްޓޭމްޕް ފޮނުވާނެގޮތް ކޮންމެވެސް ކުއެްޖަކު ކިޔާލަދީބަ. ޕްލިިއިއިިއިޒް