ރިޔާސީ އިންތިހާބަށްފަހު ރާއްޖޭގައި އަމާންކަން ގާއިމުވެފައިވުމުން ފަތުރުވެރިން އައުން އިތުރުވެއްޖެ ކަމަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގައި ހަމަޖެހުން އޮތުމަކީ ރާއްޖޭގެ ތަރައްގީއަށްޓަކައި ކޮންމެހެން ބޭނުންވާކަމެއް ކަމަށެވެ.

"ނިމިދިޔަ ރިޔާސީ އިންތިހާބަށްފަހުގައި އެކަން އަޅުގަނޑުމެންނަށް ފެންނަމުން އެބަދޭ. ރާއްޖެ އަންނަ ޓުއަރިސްޓުން އިތުރުވެއްޖެ. ރާއްޖެއާ ދޭތެރޭގައި މީހުން ދެކޭ ގޮތް ބަދަލުވެއްޖެ"/ ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، ނަތީއްޖާއެއްގެ ގޮތުން އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބަށް ފަހު ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވެއްޖެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް ނިމިދިޔަ ސަރުކާރުގައިވެސް ރާއްޖެ އަންނަމުންދިޔަ ފަތުރުވެރިންގެ އަދަދުތައް ވަރަށް ބޮޑަށް އިތުުރުވިކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. މަހޭ

    މަރުވާވަރު އިތުރުވީ....

  2. Anonymous

    ވޭތުވެދިޔަ 5 އއަހަރު އެމްޑީޕީން.ކެނޑިނޭޅި ކުރި މަސައްކަތަކީ ރައްޖެައައް ގެސްޓުން އަޔަ ނުދިނުން މުޅި ދުނިޔޭގަ ހިނގީ އެމަސައްކަތުގަ

  3. ޙަސަނު

    ޓޫރިޒަމް ބޮއިކޮޓް ކުރަން ފެލުނު ފެލުނު ފެލުނު ކިއްލި ޓޫރިޒަމް ވަޒީރަކަށްލައިގެން ޓޫރިޒަމްއަށް ހަޖޫޖަހަނީ

  4. ރާއްޖެ

    މީހަކު ބީތާ ވެދާނެ މީނަ ވެސް އަރާ ދައްކާ ވާހަކައިން. ޓޫރިސްޓް އެރައިވަލް ދަށްވި އަހަރެއް ބުނެބަލަ؟ ޔާމީނުގެ ނިމިދިޔަ 5 އަހަރު ކިތައް ރިސޯޓް ހުޅުވިކަން އެނގޭތަ؟

  5. ސިޔާ

    ބަލަގަ މިހާރު އިދިކޮޅުގައި ތިބި ފަރާތްތަކަކީ ޤަވްމަށް ގެއްލުންދޭން ގޮވާނުލާ ބަޔެކޭ! ކަލޭމެން އިދިކޮޅަށްތިބިއިރު ގޮވި ގޮވުންތައް ހަނދާންކޮށްބަލަ! ދެން އަލުން 50 އައު ރިސޯޓާ މުޅިން އައު ބޮޑު އެޔަރޕޯޓެއްވެސް އެއޮތީ!

  6. ޙަސަން އަޙުމަދު

    މިއަދު އިދިކޮޅުގައިތިބީ ރާއްޖެއަށް ފަތުރުވެރިން ނައުމަށްގޮވާބައެއްނޫން.
    ޔަޤީނުންވެސް ރިޔާސީ އިންތިޚާބަށްފަހު އިސްލާމްދީނަށް ބަދުބަސްބުނާ މީހުން ރާއްޖޭގައި އިންތިހާއަށް ގިނަވެއްޖެ. އެވައުދު ފުއްދައިފި.

  7. ޜީމް

    ޢިބޫ ބުރާންތި ވިޔަސް ބޮޑުވަރު ތިޔައީ ކޮންމެ އަހަރަކުވެސް މިދުވަސްކޮޅު ފަތުރު ވެރިން އަންނަލެއް ގިނަވާނެ ގިނަވާނެ އެއީކީ ތިބާ ރައީސްކަމަށް އިންތިޚާބު ވީ މަކާ ނޫން އަފި އެހެން ނޫނަސް ކެނެރީ ގެ ނަޝީދު ކަހަލަ ދެބަން ދިހާރައިން ހެނެއް އެހެން މީހުން ވެރިކަން ނުލިބު ނަކަސް ރޢްޖޭގެ ފަތުރުވެތިކަން ބޮއިކޮޓް ކުތުމަކަށް ނުގޮވާނެ

  8. މިސްޓަރ ކޭ ނައިފަރީ

    މިމީހުން ލެވިހާ ހަޅޭއްކާއި، ގޮވިހާ އެއްޗެހި މިމީހުން ލޮލަށް. ކޮބާ ކަރާވަހީދު ގޮވާލަބަލަ ޓޫރިޒަމް ބޮއިކޮޓް ކޮއްލަން

  9. ސަމްނީ

    ދިވެހިރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނަ ފަތުރުވެރިން މަރުވީ މިވެރިކަމުގައި، އެންމެ 2 މަސްދުވަސްތެރޭ

  10. އަބުދުﷲ

    ލާދީނީމީހުން ވެރިކަމުގަތިބެގެންއންނަބައެންނޫ
    އެހެންނަމަ ވޭތުވެދިޔަފަސްއަހަރު މީހަކުނައީސް

  11. އަބުދުﷲ

    ލާދީނީމީހުން ވެރިކަމުގަތިބެގެންއަންނަބައެންނޫ
    އެހެންނަމަ ވޭތުވެދިޔަފަސްއަހަރު މީހަކުނައީސް

  12. ހުސޭނުބޭ

    ވަރަށް ބޮޑު ތެދެއް ތިއީ! ރިޔާސީ އިންތިޚާބުގެ ކުރިން ފަތުރުވެރިން ރާއްޖެއަށް ނުވެސް އާދޭ!

  13. މަރޭ

    ތިދެން އަދި ކޔާވަރުގެ ހަގިގަތެއް ނުން. ވަކިބަޔަކު ވެރިކަމުގަ ތިބުމަކުންއަދި ބަޔަކު އަންނަވަރުގެ ކަމެއް ނުފެންނާނެ. ފެބުރު އަރީ މަހަކީ އަބަދުވެސް ފުރޭމަހެއް އެތަން މީހަަކަށް ފެނިގެން ދިން ހަބަރެއް ތިޔައީ.މިރާއްޖެ އަމަން ވެގެން ފަތުރު ވެރިން އައިޒަމާން ހިގައްޖެ. އެކަންކުރިމީހުން ގެ ސަރުކާރެއް މިއީ.

  14. ޙާމް

    މިގަރުނުގަ ރައީސަކު މިހާތަނަށް ކި އެންމެބޮޑު ޖޯކު... ހަހަހާ