ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކަފުޅުގެ ތެރޭގައި ، އެސް.ޓީ.އޯ ސުޕަރމާކެޓް ބަންދުކުރާނެ ކަމުގެ އިޝާރާތެއް ރައީސް ސޯލިހު ދެއްވައިފިއެވެ.

ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ، ރައީސް ސޯލިހު ވިދާޅުވީ، އެސް.ޓީ.އޯއިން ހިންގާ ގިނަ ވިޔަފާރިތަކުން ސަރުކާރަށް ލިބެނީ ގެއްލުން ކަމަށާއި ، ސަރުކާރަށް ފައިދާވާ އޮތީ ދެ ވިޔަފާރި ކަމަށެވެ. އެހެންކަމުން ސަރުކާރުން މި ދަނީ އެ ވިޔަފާރިތަކަށް ބަދަލުގެނައުމުގެ މަސައްކަތް ކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

" އެސް.ޓީ.އޯ އަށް ބައްލަވާ. އެސް.ޓީ.އޯގަ ހިންގާ ވިޔަފާރި ތަކުގެ ތެރެއިން ފައިދާ މި ވަނީ އެންމެ ދެ ތަނުން. ދެ ދާއިރާ އަކުން އެކަނި ފައިދާ ވަނީ. ދެން މިހުރީ ގެއްލުމުގަ ހިންގާ ތަންތަން. ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ އިލެކްޓްރޯނިކްސް ވިއްޔާ ތަނެއް މިތާ ކަންމަތީގަ އެބަހުރި. ގެއްލުމުގަ އެ ވިޔަފާރި ހިންގަނީ. އެތަން ވާނީ މިހާރު ބަންދު ކުރެވިފައި. ދެން ތިބޭފުޅުންނަށް ފެންނާނެ ސްޕަރމާރކެޓް. ކީއްކުރަންތޯއޭ އެކަހަލަ ކަންތައް ކުރަނީ. އަޅުގަނޑުމެންނަށް މިޖެހެނޭ އެއަށްވެސް ބަދަލުގެންނަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގެއްލުމުގައި ތަންތަން ހިންގެވުމަކީ ބޭކާރު ކަމެއް ކަމަށާއި، ސުޕާ މާކެޓަކީވެސް މިހާރުވެސް ގެއްލުމުގައި ހިންގާ ތަނެއް ކަމަށެވެ. އޭގެ އިތުރުންވެސް ސަރުކާރުގެ އެތައް ޕްރޮޖެކްޓްތަކެއް ގެއްލުންވާ ގޮތަށް މިހާރުވެސް އެބަހުރި ކަމަށާއި، އެކަންކަން ހައްލު ކުރުމަށް މިހާރު ވާނީ މަސައްކަތް ފަށާފައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅުދައްކަވަމުން ރާއީސް ވިދާޅުވީ ކުރިއަށް ހިންގަން ރާވާފައި ހުރި އެތައްކަމެއްގައި މިފަދަ މައްސަލަތައް އުޅޭ ކަމަށާއި ، އެ މައްސަލަތައް ހައްލުކުރުމަށް ވަގުތު ބޭނުންވާ ކަމަށެވެ.

ރައީސް ސޯލިހު މިއަދު މީޑިޔާތަކާއި ބައްދަލުކޮށްފައި މި ވަނީ ، މި ސަރުކާރުގެ ކޯލިޝަން ޕާޓީތަކުގެ ލީޑަރުންނާއި ދެމެދު ދެ ބަސްވުން ތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އަދި ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބުގައި ސަރުކާރު ކޯލިޝަނުން ވާދަކުރާނެ ގޮތްތަކަކާއި މެދު އެއްބަސްވުމަކަށް ނާދެވި، ކޯލިޝަން ރޫޅާލާނެ ކަމުގެ އިޝާރާތެއް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާޙިމް ދެއްވާފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

49 ކޮމެންޓް

 1. މުޙައްމަދު އަޙުމަދު

  އެލޯރާގެ ވިޔަފާރި ފުޅާކުރަން އަޅާ ފިޔަވަޅެއް. އާއްމުންނަށް ވަރަށް ބޮޑު ދެރައެއް. މި ރޯދަ މަހު ފިޔާ އަލުވީގެ އަދި ބިހުގެ އަގު އިންތިހާއަށް އަރާނެ. ބަލަ އެސްޓީއޯގެ އެއް ބޭނުމަކީ އިޖުތިމާޢީ ފައިދާ ކަމެއް ވެސް މި ސަރުކާރަކަށް ނޭނގުނުދޯ؟ މުޅި ކުންފުނީގެ ފައޖދާ ބަލަނީ. އެހެންވީމާ ވެލާނާ އެއަރޕޯޓް ނޫން އެހެން އެއަރޕޯޓްތައް ވެސް ބަންދުކުރާނެތާ. މާލީ ފައިދާއެއް ވާނީ އެތަނުން އެކަނި. އެހެން އެއަރޓްތައް ސަބްސިޑައިޒް ކުރާ ވަރަށް އެ ތަނުން ލާރި ލިބޭ. ނާގާބިލު ވީމާ ކިއްތަ ވާނީ ކާފަ ގާތު އަހާލިޔަސް.

 2. ސުނެ

  އެސްޓީއޯ ސުޕަރމާރކެޓް ބަންދު ކުރީމާ ތަކެތީގެ އަގު އުފުލޭނެއެވެ...

  • ފަތިސް

   ބަލަ މިހާރަކުވެސް އެތަނުގެ އަގުތައް ހެވެއްނޫން! ނިކަން ތިންހަތަރު ފިހާރަޔަކާ އަޅާކިޔާލަބަލަ އަގުތައް. ގިނަތަކެތި އަގުބޮޑުވާނެ. ރެޑްވޭވް، އެމްއެޗްއޭ ފަދަ ފިހާރަތަކާ އަޅާކިޔާލިޔަސް އެސްޓީއޯގަ ގިނައެއްޗެތި އަގުބޮޑުވާނެ. ފިޔާވެސް ރޯދަމަހު އަގުހެޔޮކޮށްލާފަ އެހެން މަސްތަކުގައި އެތަން ރައްޔިތުންއަތުން ދަމާލާނެ. މިހާރުވެސް ޗެކްކޮށްލަބަލަ އެހެން ތަންތަނަށްވުރެ ފިޔާވެސް އަގުބޮޑުވާނެ. ސަރުކާރުގެ ބިންތަކުގައި ހިންގާ ވިޔަފާރިއެއް އެހެންމީހުން ލައްކައަކަށްވުރެ މަތިން ކުލިދައްކައިގެން ހިންގާއިރުވެސް.

 3. ކިނބޫ

  ނުކިޔަވާތީ ނެނގެނީ. އެސްޓީއޯ ހުރީމަ ފިޔާ އަލުވި ބިސް އަގުހެޔޮކޮށް ލިބެނީ. އެއީ ރައްޔިތުންގެ ވިޔަފާރި ކުންފުނި. ގެއްލުމޭ ވަނީ ކިޔަންވާނީ ގެއްލުން އެނގޭ މީހުން. ސްކޫލްކުދިންނަށާ ހެލުމެޓް ގަންނާށާ ބަފާބެއަތުންތޯ ފައިސާ ހޯދަނީ

 4. ބުޅިތުން މާރާދަ ކިލެގެފާނު

  ފައިދާއަކީ ކޮންއެއްޗެއްކަންވެސް ނުދަންނަ ބަޔަކަށް ފައިދާއެއް ނޭގޭނެއެވެ. ޖީ.އެމް.އާރ. އަށް އެއަރޕޯޓް ދެއްވީވެސް ފައިދާ ނުވާކަމަށް ދެކެލައްވާތީއެވެ.

 5. ނަސީދު

  އުވާލަފައި ތިބްރޭންޑް ތައް ކައިރި މީހަކައް ހަވާލުކޮއްލާ ދެން ހަމައެތާ އެހެންނަމެއްގައި ހިންގާ ސޭމްސިޓް

 6. ކޮރު އިނބިލީސް

  ޢެސްޓއޯ ސުޕަރމާރޓް އުވާލުން ތިއީ ރައީސް ކުރަންޖެހޭ ކަމެއްނޫން.

 7. ޖޭމްސް

  ފުރަތަމަ ބަލަންވީ ސްޕަރމާކެޓު ގެއްލުމުގައި ހިނގަނީ ކީއްވެތޯ؟ މާލޭގައި މާޓުތަކަކީ އެންމެ ވިޔަފާރި ރަނގަޅު، ފައިދާވެސް ވާ ތަންތައް.. ރެޑްވޭވް ވެސް އެދަނީ އަހަރަކު ދެތިން ތަން ހުޅުވަމުން.. އެސްޓީއޯ ސަޕަރމާކެޓުން އެ ފައިދާ ނުވަނީ ކީއްވެތޯ؟

 8. ހުސޭނުބޭ

  އެސްޓިއޯގެ ފައިދާ ވަނީ ވިޔަފާރި ކުންފުންޏަކަށް ނޫނެވެ. އެސްޓީއޯގެ ފައިދާވަނީ ރައްޔިތުންނަށެވެ. ރޯދަމަހާ ގާތްވީމާ އެސްޓިއޯގެ ފައިދާ ފެންނާނެއެވެ. ރައްޔިތުންނަށް އޯގާތެރި ސަރުކާރުން ރައްޔިތުންނަށް ހާދަ ނުހޮރުއްޕާނެއް އެބަ ކުރެއެވެ.

 9. ރަސީދު

  މީމޮޔައެއް ރަމުލޯން މަހުގެ ބިސް ފިޔާ އެކަނި ޔައް ވެސް ވަނެގޮއް މިކަލެގެއަކައް ނޭގޭ

 10. ސަމާސާ

  އެސްޓީއޯ އިން ތިޔަހާ ގެއްލުންވާކަމަށް ވާނަމަ އެސްޓީއޯ ގައިވާ ސަރުކާރުގެ ޙިއްޞާތައް ވިއްކަވާލައްވަންވީނޫންތޯ؟ އާއްމު އުސޫލެއްގެ ގޮތުން ހިއްސާގެ ބާޒާރު މަސައްކަތްކުރާ ގޮތަކީ އެއީ. އެހެންނަމަވެސް ރާއްޖޭގައި އަމަލުކުރާ ގޮތް ވަރަށް ތަފާތު. ސަރުކާރު މައިހިއްސާ އޮންނަތީ ބައެއް ފަހަރު ނަންގަވާ ޑިސިޝަންތަކުން ރަނގަޅަށް ހިނގާ ކުންފުނިތަކަށް ވަރަށް ދެރަގޮތްތައް ދިމާވެސްވޭ. އެސްޓީއޯ ކޮންމެ ގޮތަކަށް އޮތަސް އިނގެންޖެހޭ އެއްޗަކީ ގައުމުވެސް އަދު ސަރުކާރުވެސް ހިންގުމުގައި އެސްޓީއޯ ގެ ހިއްސާ ވަރަށް ބޮޑުކަން. ޓްރާންސިޝަން ކޮމިޓީއިންވެސް ފާހަގަކުރި އެސްޓީއޯ އަށް ސަރުކާރުން ދައްކަންޖެހޭ ފައިސާގެ އަދަދު. މިއިން ވަރަށް ބޮޑު އެއްޗެއް އިނގޭ. ކަރަންޓަށް، ފިޔާ ބިސް އަލުވި، އެތެރޭގެ އުދުހުންތައް، ބޭސް، ބޭހުގެ ހިދުމަތް. ކޮންމެ ދިމާއަކަށް ބެލިއަސް ހަމަ އެސްޓީއޯ އޮތީ.

 11. މަރޭ

  ދެން ތިޔަހާ ގެއްލުން ވާ ތަނެއް ވިއްޔާ އެސްޓީއޯ ގައި އޮތް ހިއްސާ ވިއްކާލަންވީނު!

 12. ކިނބޫ

  ނުވަންޏާ ސަރުކާރު ހިންގަން ކޮމިޓީއެއް ހަދާފަ ގަންޖާބޮލާ ކޮމިޓީ ހަވާލު ކޮށްފަ ސިކުނޑިއަށް ޖެހިފަ ހުރި ބައްޔަށް ފަރުވާ ކުރަން އިނގިރޭސިން ގާތު މަޑު ކޮށްލަން.ވީނު. އަނެއްކާ މައިބަދަ ފީ ގޮލައެއް އެވެސް.

 13. އަލިފް

  ފަންސަވީސް ލާރި ނަފާ ލިބޭ ވިޔާފާރިން ނިކުމެ ރިއަލްސް ސްޓޭޓް ވިޔާފާރިއށް ނިކުންނަވާ.

 14. ސަޓޯ

  އެސްޓީއޯ ސުޕަމާރކެޓް ބަންދު ކުރާ ކޮމިޓީ ހަދާ....

 15. ސާބަ

  އެސް ޓީ އޯ ސްޕަރމާތުން ގެއްލުން ވަނީ އެތާ ހަވާލް ވެގެން ތިބޭ މީހުން ކަޓު ޖައްސާ ވަރުން

 16. ސާބަސް

  އެހެންތާ ވާނީ ބައެއް ފަހަރު ހީވޭ އެތަނަކީ އެތާ ތިބޭ މުއައްޒަފުން ގެ އަމިއްލަ ތަނެއް ހެން

 17. ޑިމޮކްރަޓިސްޓް، ރ.ވާދޫ

  ރައްޔިތުންގެ ގިނަބަޔަކު ބޭނުންވެގެން މޮޔައެއްގެ އަތަށް ކަނޑިއެއްދިނީމަ ވާނެ ހައެއްޗެއްމިވަނީ.. ވޯޓުދިންމީހުން ދެން އަތާފަޔާޖަހާ..

 18. ބޯހަލާކު

  މާލަސްވެސް ވެއްޖެ ތިކަން ކުރަން ތިތަން ތަނާ ހަވާލް ވެގެން ތިބި މީހުން މުޅިން މުސްސަދިވެއްޖެ..އަބަދުވެސް ޑެމޭޖު ޖަހާ ފަ އުކާލާ ތަކެތި މާގިނަ..އެކަމު އުކާލާ ތަނެއް ނުފެނޭ..ސަރުކާރު ކާމާލު ހޭ\

 19. ސަޅިބެ

  އެސް ޓީ އޯ އިން ތިކަހަލަ ފިޔަ ފާރި ކުޜީމަ އެކަމާ ހަވާލް ވެގެން ތިބޭ މީހުން މުއްސަދިވަނީ..އެމީހުން މުދާ ނަގާ ފަރާތް ތަކާ ގުޅިފަ އޮންނަނީ..ދެން ބޮޑެތި ކުންފުނި ތަކުން ހަދިޔާ ފޮނުވަނީ

 20. ހާލުގެ ދުލުން

  ތިހާ ގިނަ މުދާ ވިއްކާ ތަނަކާ ބަލާފަ އެއްގޮތަކައްވެސް ނުބެލެހެއްޓޭ..އެހެންވެ ގެއްލުން ވަނީ..މުޅިން ވަގު ހަދަނީ

 21. ސިލް

  ސްޕަރ މާޓު ވަރައް ކަރެޕުޓު ތަނެއް..ހުއްޓާލަން ފެނޭ

 22. ސިހާބު

  ތީ ބަޔަކު މުއްސަދި ކުރަން ހަދާފަ ހުރި ތަނެއް

 23. ސ

  ކިތައްމީހުންގެ ވަޒީފާމިގެއްލެން މިއުޅެނީ ރައީސްޔާމީނު ހިންގެވިގޮތައް މިމީހުންނައް ދުވަހަކުވެސް ވެރިކަމެއްނުކުރެވޭނެ އަދިމިކަހަލަކިތައްމެ ކަމެއްމީނަ ހުއްޓުވާނެ

 24. އަޖައިބު

  ސުޕަރމާޓް ބަންދު ކޮށްފިއްޔާ އިންފްލޭޝަން ހެސްކިޔާފަ މައްޗަށް ދާނެ.

 25. Miadhu

  އަވަސް އަވަސް އެސްޓީއޯ ސްޕަރމާކެޓު ބަންދުކުރުމާއިބެހޭ ކޮމެޓީއެއް އުފައްދަވާ

 26. Miadhu

  ސަރުކާރަށް ގެއްލުންވާ އެއްވެސްކަމެއް ނުކުރާތި ގައިރީގައި ތިއޮތް އިންޑިޔާ ސިފައިންގެ ފައުޖު ބޮޑުކޮށް ދިވެހިސިފައިން ދުރުކުރޭ އެއީ ކަލެއަށް އިތުބާރުކުރެވޭ ބއަޔަކަށް ނުވަނީދޯ؟

 27. ސޯދިގު

  އެ އުޅެނީ ރީދޫ ޕާޓޭން ތަކަކަށް އެސްޓީއޯ ސުޕަރމާޓު ވިއްކާލަން. އޭގެ އިގއތިސާދީ އިޖުތިމާއީ ފައިދާ ނޭގޭ މީހުން މި އަންނަނީ ގައުމުގެ މަތީ ފަޑިއަށް.

 28. ކަތުރުފަނި

  ރީނދޫ ބައިގަނޑަށް ވިޔަފާރި ދޭންވެގެން ނުކިޔަވާ ގަމާރު ސޯލިހު ރާވާރޭވުން ތިޔައީ. އަމިއްލަ އެދުމަށް ޓަކައި މުޅިގައުމުވެސް ފުނޑާލަފާނެ ސާއްޅާމާރި ތައް ބޮޑުވެގެންވީ މުސީބާތެއް މިޖެހުނީ.

 29. ޖޮއްބެ

  ރޯނުއެދުރު ސޯލިހަކަށް ނޭނގޭ ހެދޭނުހެދޭއެއް. ޕާޓީން ބުނާހާކަމެއް ކުރަން އޭނާ ހުންނަނީ ފޫގަޅައިގެން.

 30. ާއުމަރު

  ޢެސްޓީއޯ އަށްވުރެ ރެޑްވޭވުން އެެއްޗެހި ވިއްކާލެއް މާ ބޮޑަށްވެސް އަގުހެޔޮ. ބަންދުކުރަންވީ ކޮންތަނެއްކަމެއް ނޭންގުނު. ތަކެތީގެ އަގު ކޮންޓްރޯލްކުރަނީ އެސްޓީއޯ އިންކެއް ރެޑްވޭވުން ކަމެއް ނޭނގުނު. ޥަރަށް ސަލާން.

 31. ޖަޒް

  އެހެންވީމާ ވެލާނާ އެއަރޕޯޓް ނޫން އެހެން އެއަރޕޯޓްތައް ވެސް ބަންދުކުރާނެތާ. މާލީ ފައިދާއެއް ވާނީ އެތަނުން އެކަނި. އެހެން އެއަރޓްތައް ސަބްސިޑައިޒް ކުރާ ވަރަށް އެ ތަނުން ލާރި ލިބޭ. ނާގާބިލު ވީމާ ކިއްތަ ވާނީ ކާފަ ގާތު އަހާލިޔަސް. ނާގާބިލު ކޮމިޓީ
  ވޯޓުވަގު ރައީސް އިސްތިއުފާ

 32. ބުރޯ

  އެސްޓީއޯ އަކީ ފައިދާވާ ކުންފުންޏެއް. ހިދުމަތުގެ ސެކްޓަރަކުން ވާގެއްލުމެއްގެ ބަދަލުގާ އެ ހިދުމަތް ހުއްޓާލުމަކީ ކުންފުނި ހިންގަންނޭގުން . ބޭނުންވަނި ސްޕަރ މާކެޓް ސެކްޓަރުން ފައިދާވާނެ ގޮތެއްރޭވުން . ހުއްޓާލުމެއްނޫން ގެއްލުންވާ ސަބަބު ޖެހޭނީ ހޯދަން އެ ސެކްޓަރު ޖެހޭނީ ތަރައްގީ ކުރަން.

 33. ޣތ

  ދިވެހި ދަޢުލަތަކީވެސް ދަރަނީގަ ހިނގާ ތަނެކޭ ކިޔާފަ ރޭޕް އިންޑިއާ އަށް ވިއްކާލަން ވީނު

 34. އައްޓަމަސް

  ހޫނ ވަރަށް ރަނގަޅުކަމެއް؟! އޭރުންތާ ރޯދަމަހުވިޔަފާރިވެރިން ބޭނުންއަގަކަށް ބިސް، އަލުވި، ފިޔާފަދަ އަސާސީތަކެތި ވިއްކޭނީ؟! ހެޔޮވެރިކަން

 35. ޔަގްނިކް

  މި ދައުރު ނިމޭއިރު އެމްޓީސީސީ އާއި މިފްކޯވެސް ބަންދު ކުރާނެހެން ހީވަނީ..

 36. ހަސަނބެ

  އެސްޓީއޯ ބަންދުކުރީމަ ރޯދމަހު ކާބޯ ތަކެތި އަގުބޮޑު ކަމުން އެއްކޮން ނުކައި ހުންނަންޖެހޭނީ...މިހާރުވެސް ފިޔާމުގު ލޮނުމެދު ފަދަ ތަކެތި ބާޒަރުގަ ބޮޑުފައިދާ ނަގަމުން ކޮން ޓުރޯލް އެކުރަނީ އިންޑިޔާގެ ވިޔަފާރިވެރިން...އަޑީގަ ދިވެހިން ރިބާކަމުން....ފުރަތަމަ އިންޑިޔާ އާލާތްވަރު އަތުން ކާބޯތަކެތީގެ ބާޒާރު މިނިވަން ނުވެ ނަމަނަމަ އެސްޓީއޯ ބަންދު ނުކަުރާތީ.....މިއީ ވަރަށް ބޮޑު އިންޒާރެއް!!!

 37. ރަމްޒީ

  މިތަނުގައި ކޮމެންޓް ކުރާ ބައެއްމީހުން ސިކުނޑި ހަމަޖެހޭހެން ހިޔެއްނުވޭ. ތަން ކަރަޕްޓްވުން، ކަޓުނެގުން އެއީނ ވިޔަފާރި ހުއްޓަން ޖެހޭ ކަންކަމެއްނޫން. އެމީހުން ކަނޑާލަނަބަލަ. މާލެގައި ބައިވަރު މާޓްތައް އެބަހިންގާ، ހަމަ އެންމެންވެސް ގެއްލުމުގައިތަ އެހިންގަނީ؟؟ ކީއްވެ އެސްޓީއޯ ސުޕަމާޓް ފައިދާގައި ނުހިންގޭންވީ؟؟

 38. އަހަރުމެން ބޭނުމީ ރައީސް ޔާމީން

  ހުރިހާ ތަނެއް ބަންދުކޮށް، އެތަންތަނުގައި ތިބި މުވައްޒަފުންވެސް ވަކިކޮށްލާ... ތީ ތިޔަ އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ވާގޮތަކީ.

 39. ބެއްޔާ

  އެތަންތަނުގެ މުއައްޒިފުންނަށް ހާދަބޮޑު ގެއްލުމެކޭދޯ؟ 20 އަހަރު އުޅެފަ ތިބި މީހުންވެސް އެބަތިބި.

 40. ސިރި

  އެސްޓީއޯއިްނ ފއިދާ ވާގޮތަށް ވިޔަފާރި ކުރާނަމަ ފައިދާވާނެ. ވީމާ އެއްބޮޑު ސުޕަރމާރކެޓް ބންދެއްނޫން ކުރާނީ، ހަދަން ޖެހޭނެ ގޮތަކީ އެވިޔަފާރި ހިންގަން އެގޭ ފަރާތްތައް ހޯދާ އެބަޔަކާއި އެތަން ހަވާލު ކުރާނީ. އަދި މުދަލުގެ އަގު ތިރިކޮށް އިތުރު ބާވަތްތައްވެސް އެތަނަށް ވައްދަންވީ. މިސާލަކަށް އެތަނުން މިހާރު ލިބޭ މުދަލަކީ އެހެނިހެން ފިހާރަތަކުންވެސް ހަމަލިބޭ މުދާ، ބައެއްފަހަރު ކޮމްޕެޓިޓަރސް އަތުގަ މުދަލުގެ ބާވައްތައް އަދި ލިބޭ ޚިދުމަތް މާރަގަޅު. އެހެން ވާތީ ގިނަމީހުން ގޭދޮޔުގައި ހުންނަ ފިހާރަ ނުވަތަ ތަންކޮޅެއްކައިރިން ހުރިހާމުދަލެއްލިބޭނެ ފިހާރައެއް އިޚްތިޔާރު ކުރަނީ. ރޯކަނޑުމަސް ބޭރު ގައުމުތަކުގައިހުންނަހެއް ފްރެޝްކޮށް ކަޑާފައި ވިއްކާނަމަވެސް އެތަނަށް ދާމީހުން ގިނަވާނެ. ނަމަވެސް އަގުތަށް ވާންޖެހޭނީދައް. ސުޕަރމާކެޓްސް އަކީ ގިނަ ކުއަންޓިޓީއަކުން ބޮޑު ފަިދާނަގާ ބައެއް،. މިހާރު އެސްޓީއޯ ހީވަނީ އެއަރ ޕޯރޓެއްގެ ޑިއުޓީ ފުރިއެއްހެން.

 41. މުގޮށި

  މަ އަޑުއަހާގޮތުން އެމެރިކާ ސަރުކާރުންވެސް ތަރުކާރީއާއި އެސްލޯނުހޮޅިއާއި އޮމާންޓިނު ވިއްކާ ފިހާރަ ހިންގައެއް ނޫޅޭ. އެކަން ކުރަނީ އެރަށު ވިޔަފާރިވެރިން.

 42. ކަނަމަނަ

  ހުރިހާތަނަކުން ވަނީގެއްލުން ކަމަށް ބުނެފަ އެތަންތަން އިންޑިއާ މީހުންނަށް ދީ. އެއަރޕޯޓްވެސް އަލުން ޖީއެމްއާރަށް ދީ.

 43. ކޮބާ ކޮބާ

  ތި ވަރަން ރަގަޅު ކަމެއް އެއިރުންތަ އިބޫ ބޭނުންވާ ބަޔަކަށް އެތަން ދެވޭނީ ދެއް ގޯހެއްނޫން

 44. އަބޯ

  އެސްޓީއޯ ސްޕަރ މާކެޓުން ފައިދާ ނުވާގޮތް ހެދީ 2008 ގަ އައި އެ،މްޑީޕީ ސަރުކާރުން އެއީ އެސްޓީއޯ އިން އެއްވެސް މުދަލެއް އިމްޕޯޓް ނުކުރާ ގޮތަށް ހަމަޖައްސާ އޭރު އެސްޓީއޯ އިން އެތެރެ ކުރަމުން އައި މުދާ އެމްޑީޕީގެ އިސް ބައެއްމީހުނު މުދާ އެތެރެ ކުރުމުން އެމުދާ އެސްޓީއޯ އިން ގަންނަ ގޮތަށް ހަމަޖެއްސުމުން. އެއެގްރީމަންޓް ތަކުގެ ސަބަބުން އަދިވެސް އެސްޓީއޯ އަކަށް ކޮޅަށް ނުތެދުވެވޭ. އަނެއްކާ މިހާރު އެސްޓީއޯ ގެ ރިޓައިލް ވިޔަފާރި ބަންދު ކޮށްފިނަމަ ސަރުކާރުން ކޮނަޓްރޯލް ކުރަމުން އަންނަ މުދަލުގެ އަގު އޮޔާ ގޮސް ރައްޔިތުންނަށް ބޭނުންވާ އާއްމު މުދާ އަތްނުފޯރާ ފަށަށް މަތިވެދާނެކަމަށް ފެނޭ

 45. މަޖާދީ

  ދެން ވިޔަފާރިކުަރަން ނޭނގެންޏާ ބަންދެއްނު ކުަރަންޖެހޭނީ. ދެން ކޮން ގޮތެއް އޮންނާނީ. އިބޫ މިހާރުތިހިރީ ހަތަރު އުދަރެސް ފެނުޖެހިފަ

 46. ބާރީ

  އެސްޓީޢޯ ސުޕަރމާކެޓް ގެ ބޭނުމަކީ ރީދޫ ވިޔަފާރި ވަގުން ގެ އަތްދަށުން ފަގީރުން ސަލާމަތްކުރުން. ނޫނީ ބިހާ ފިޔައާ އަލުވި ކިރު ފަދަ ތަކެތީގެ އަގު އަތްނުފޯރާވަރަށް ރީދޫ ވަގުން ޖައްސާނެ. މިހާރު ތު އުޅެނީ ރީދޫ ވަގުންނަށް ބައިތުލްމާލް ހުޅުވާލަން

 47. އެލެކްސް

  ލެކިއުޓް މާޖިދަށް ވެފައިވާ 100 ދުވަހުގެ ވައުދެއް. ނުވަންޏާ ފަބާގެން ގޮސް ހިނަނަވަރުގައި އުޅެގަ

 48. ސޯކާބެ

  ސަރުކާރަށް އެންމެ ފައިދާ ވަނީ ރިޔަލް ސްޓޭޓް ވިޔަފާރިން ބޯހިޔާވަހިކަމުގެ ނަމުގައި ފުލެޓް (ގެސްޓް ހައުސް) ނިކަމެތި ރަށްޔަތުންނަށް ވިއްކައިގެން ރަށް ޔަތުން ކުރާ ހުރިހާ މަސަތް ކަތަކުން ލިބޭ ފައިސާކޮޅު ކުލިދަށްކަން ކޮބާ ކިހިނެތް މިވަނީ މިހާރު މަޑުމަޑުން މިއނގެނީ މެޖޯރިޓީ ހޯދަން އެވްރަކުން އުޅޭގޮއް އެސްޓީއޯ އިން މީގެ ކުރީގާ ގޮވަނީ ފައިދާވާވާހަކަ މިކިޔާ އެއްޗެއް ދިމާވޭތޯ ދެން ފައިދާ ނުވާ ތަނަކަށް ކުއްލިޔަކަށް އެކްޓިވެސްޓެއް ވެރިއަކަށްލެއްވީ ކީއްވެތޯ ރަށްޔަތުންނަށް ހިއްސާ ވިއްކާފަ އޮތް ކުންފުންޏަކަށް ބޭނުން ހާގޮތެއް ހިންގޭނެތޯ ރައްޔަތުން ކައިރީގައި އަހާވެސް ނުލާ