ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާނުގައި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (ލޭބަރ ޕާޓީ) ގެ ޓިކެޓުގައި ވާދަކުރުމަށް ބޭނުންފުޅުވާ ފަރާއިތަކަށް އެފުރުސަތު ހުޅުވައިލެވިފައިވާ ކަމަށް އެޕާޓީ އިން ޢިއުލާނުކޮށްފިއެވެ.

އެޕާޓީން މިކަން ޢާންމުކޮށް ހުޅުވާލީ މިއަދު ނެރުނު ޢިއުލާނެއްގައެވެ.

މިއަދު ނެރުނު ޢިއުލާނުގައި ވަނީ އެހެނިހެން ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރާ ކެނޑިޑޭޓުންނާއި އަމިއްލަގޮތުން މަޖިލީހަށް ކުރިމަތި ލައްވާ ކެނޑިޑޭޓުންނަށް ވެސް ލޭބާރ ޕާޓީގެ ތާޢީދު ހޯދުމަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވައިލެވިފައިވާ ކަމަށާއި އެކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އެފަރާތެއްގެ ދާއިރާއާއި ވަނަވަރު އެނގޭނެހެން ސިޓީއެއް ހުށައެޅުވުމަށެވެ. ނުވަތަ ޢީމެއިލްގެ ޒަރިއްޔާއިން [email protected] އަށް އީމެއިލް ކުރުމަށްވެސް އެޕާޓީ އިން ނެރުނު ޢިއުލާނުގައި ވެއެވެ.

ލޭބަަރ ޕާޓީ އަކީ މަސައްކަތްތެރިންގެ ޙައްޤުތައް ހިމާޔަތްކުރުމަށް އުފެއްދި ޕާޓީއެކެވެ. އަދި ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ލޭބަރ ޕާޓީ ރަޖިސްޓްރީ ކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު