މޯލްޑިވްސް އިމިގްރޭޝަންސްއިން ފޯރުކޮށްދެމުންދާ އެއްވެސް ހިދުމަތަކާއި ގުޅިގެން ރީލޯޑް، ރާސްޓަސް ކުރުމަށް އެ މުއައްސަސާއިން އެއްވެސް ފަރާތަކަށް ނާންގާނެކަމަށް އެ މުއައްސަސާއިން ބުނެފިއެވެ.

އިމިގްރޭޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، އެ މުއައްސަސާގެ ނަމުގައި އެކިއެކި ފަރާތްތަކުން މުވާމަލާތް ކުރަމުންދާ ކަމަށެވެ. އަދި މިގޮތަށް ގުޅާ މެސެޖުކޮށް ސައްހަ ނޫން މައުލޫމާތުތައް ފޯރުކޮށްދެމުންދާކަމަށްވެސް ބުނެފައިވެއެވެ.

އިމިގްރޭޝަނުން ބުނީ، ދިވެހި ޕާސްޕޯޓާއި ގުޅުން ހުރި އެއްވެސް މައްސަލައެއްގެ މައުލޫމާތު ހޯދުމަށާއި، އަދި އިމިގްރޭޝަން އިން ފޯރުކޮށްދެމުންދާ އެއްވެސް ހިދުމަތަކާއި ގުޅިގެން ރީލޯޑް، ރާސްޓަސް ކުރުމަށް އެ މުވައްސަސާއިން އެއްވެސް ފަރާތަކަށް ނާންގާނެ ކަމަށެވެ. އަދި ޕޯސްޕޯޓާއި ގުޅުން ހުރި މައުލޫމާތު ހޯދަން އިމިގްރޭޝަންގެ ނަމުގައި ގުޅައިފިނަމަ، އެއީ އިމިގްރޭޝަންގެ ނަމްބަރެއްތޯ ކަށަވަރުކުރުމަށްވެސް އެ މުވައްސަސާއިން އެދެއެވެ.

ޕާސްޕޯޓާއި ގުޅިގެން އާއްމުގޮތެއްގައި މައުލޫމާތު ހޯދުމަށް އިމިގްރޭޝަނުން ގުޅާނީ، 3330471، 9199163، 9555333 މި ނަމްބަރުތަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢިއްސެ

    ތިވާނީ ކޯޓާ ސެކްސަން ތިބިމީހުން އިތުރައް ލާރިހަޮދަން ކުރާކަމެއް ސުނާނުމެން ކަހަލަ ކުދިން ނައް އެންގޭނެ