ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، "ޕްރެޒިޑެންޓް އެކްޝަން ކޮމިޓީ"އަށް ފަސް ބޭފުޅުން ހަމަޖައްސަވައި، އެ ކޮމިޓީގެ ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.

ޕްރެޒިޑެންޓް އެކްޝަން ކޮމިޓީއަށް ޢައްޔަނުކުރެއްވި ފަސް ބޭފުޅުންނަކީ، މައްޗަންގޯޅި ޑާޗާ ޢަލީ ހާޝިމާއި، މައްޗަންގޯޅި މާދެލި މަޙްމޫދް ރާޟީއާއި، މައްޗަންގޯޅި ކޮށީގޭ ޖުވައިރިޔާ ސަޢީދާއި، ވ. ސިނަމާލެ 4 05-02 އަލްއުސްތާޛާ މަރްޔަމް ރިފްނާއާއި، ގަލޮޅު ކްރީމްގޭ ޒުރުވަތު ޢަބްދުލް މާޖިދުއެވެ.

މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މި ކޮމިޓީގެ ބޭފުޅުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ކޮމިޓީގެ ލަފާ އެމަނިކުފާނު ބޭނުންފުޅުވާ ކަންކަމުގެ ތެރޭގައި ސަރުކާރުގެ އޮފީސްތަކުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާ އެކިއެކި މައްސަލަތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ކޮމިޓީއަށް ފޮނުއްވާ މައްސަލަތައް ދިރާސާކުރުމާއި އެ މައްސަލަތަކާމެދު އަޅަންވީ ފިޔަވަޅުތައް ދިރާސާ ކުރުން ހިމެނެއެވެ.

އޭގެ އިތުރުން އެ މައްސަލަތަކާމެދު ޢަމަލުކުރަން ފެންނަގޮތުގެ ލަފާ ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމާއި، ނިމިދިޔަ ސަރުކާރުގައި ސިޔާސީ ސަބަބަކަށްޓައި ވަޒީފާއިން ވަކިކޮށްފައިވާ މީހުންނާބެހޭ ކަންކަން ނިންމުމުގައްޔާއި، ސަރުކާރަށް ކުރިމަތިވާ މި ނޫންވެސް އެހެނިހެން ކަންތައްތަކުގައި މި ކޮމިޓީގެ ލަފާ ބޭނުންފުޅުވާ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. ދޮންބެ

  ކޮމެޓީ ސަރުކާރު

 2. ނަސީދު

  ޜައިސް ގެބޭނުމެއް ނެތްތާ ހުސްކޮމެޓީހަދައިގެން ގޭގައި ގޭމްކުޅުއްވން އިންނެވުންކަހަލަކަމެއް

 3. ފާއިޒް

  މިވެސް ވައުދެއްދޯ ހުސް ކޮމެޓީ އުފައްދާ ސަރުކާރެއްތަ.. ތިކަން ކުރަންތަ ވެރިކަމަށް އައީ...

 4. ޗާބޫކު

  މިހާ ދިއުޅިދިގުވެގެން މީނާއަކަށްމިކަމެއް ނުވާނެ

 5. ނާއި

  ކަލޯ ދެން މި ވަގު ކަލޭ ކުރަން އޮތީ ކޮންކަމެއްތަ؟ ހުރިހާ ކަމެއްވެސް ކޮމިޓީތަކަށް. އަސާސީ ތައުލީމު ފެންވަރު މީހުން ވެރިކަމަށް އައީމަ ވާނީ މިހެންދެން.

 6. ޢަލީ

  ދެން ރައީސްމީހާ އެއްވެސްކަމެއް ކުރާކަން ނުޖެހޭނެދޯ

 7. ޖ

  ކޮމިޓީކޮމިޓީކޮމިޓީކޮމިޓީކޮމިޓީކޮމިޓީކޮމިޓީކޮމިޓީކޮމިޓީ

 8. މުހައްމަދު

  މިއީ ކޮމެޓީ ސަރުކާރު. ޤައުމުގެ ރައީސް އަށްވުރެ އިބޫ އަށް ކިޔުން ރަގަނޅީ ކޮމެޓީތަކުގެ ރައީސް!

 9. Miadhu

  ސަރުކާރުގެ 20 މިނިސްޓްރީ އުވާލާ ކޮންމެ މިނިސްޓްރީއެއްގެ މަސައްކަތަށް ކޮމެޓީއެއް އުފައްދަވަންފެނޭ

 10. ޙައްގުބަސް

  މިއީ ކޮމިޝަން އަދި ކޮމެޓީ އުފެއްދުމުގެ ރިކޯޑް ގާއިމުކުރާ ސަރުކާރު!! މި ދެމަހަށް ބަލާއިރު މަރުގެ މައްސަލަ ބަލާ ކޮމިޝަން ، ފައިސާގެ މައްސަލަ ބަލާ ކޮމިޝަން ، ފްލެޓް މައްސަލަ ބަލާ ކޮމެޓީ ، ދީނީ މައްސަލަ ބަލާ ކޮމެޓީ ، މިއަދު މިއުފެއްދީ ޕްރެޒިޑެންޓް އެކްޝަން ކޮމެޓީ!! ދެރަކަމެއް!! މުއައްސަސާތަކުގެ ބޭނުން ކެނޑުނީތަ؟

 11. Miadhu

  ރައިސްސާލިހޫ ހުވާމިބުނީ ސަރުކާރު ހިންގަން ނޭންގޭނަމަ އަމިއްލައަށް އިސްތިއުފާދީ މީގެކުރިން އެތަށް ރައީސުންނެއް މިގައުމުގައި ރައިސްކަންކޮށްފި މިފެންނަނީ މީގެކުރިން ދިވެހިންދެކެފައި ވާކަންކަމެއްނޫން

 12. Miadhu

  ރައިސް ސާލިހު! މަނިކުފާނު ތިވަރަކަށް ތިކޮޓީތަކެއް ތިއުފައްދަވަނީ ދައުލަތުގެ މުއައްސަސާތަކަށް މަނިކުފާނު އައްޔަންކުރައްވާފައިތިބި ވެރިންނަށް އިތުބާރު ނުުރެވޭތީތޯ ނޫންނަމަ މުސާރަދޭންޖެހިފައިތިބި މީހުންނަށް ދޭނެވަޒީފާ އުފެއްދެން ނެތިގެންތޯ ނޫނީ ހިލޭސާބަހަށް މަސައްކަތްކުރައްވަންތޯ؟

 13. ދިވެއްސެއް

  ދެންއަޅެކީކޭބުނާނީ ކޮންމެކަމަކަށް ކޮމެޓީހަދާއިރު މިކުރެވެނީކިހާވަރެއްގެ ކަމެއްކަން މިމަނިކުފާނައް އެގިވަޑާއިގަނެބާ؟ އަމިއްލައަށް ތިމާއަކީ ވެރިކަންކުރަން ނޭގޭމީިހެއް ކަމާއި ވެރިކަމާއި ތިމާކުފޫހަމަ ނުވާކަމަށް ބުނެ އަމިއްލަ އަށް އޮރިޔާން ވަނީ ނޫންބާ؟

 14. ކަނޑު އަލީ

  ކޮމިޓީގެ ކޮންމެ މެންބަރަކަށް ރައްޔިތުންގެ ފައިސާއިން 35،000 ރުފިޔާގެ މުސާރަ. މީދެން ބޮޑުވަރު

 15. ޝަމްވީލް

  ވީމާ އަނެއްކާވެސް ތަޖުރިބާއެއް މެޗުއަރިޓީއެއްނެތް ސިޔާސީ ތައްޕާހުން އައި ކޮންމެވެސް ބަޔަކައް މަގާމުތަކެއް ހަވާލުކުރީތާ.. މަބުނީމެއްނުން މިއޭ މިރާއްޖޭގެ ކަންކަން އޮންނަގޮތަކީ.

 16. ނޫސްކިޔާމީހާ

  ކޮމިޓީ ތައް އުފައްދާނިމޭނީ ކޮންދުވަހަކުން ތޯ؟. ކޮމިޓީތަކުން ޤައުމުގެ ކަންކަން ނިންމުން މިއީ މައިކުރޯ ވިސްނުމެއްނޫންބާ. ދެކެންބޭނުންވަނީ ނިމިދިޔަ ފަސްެަހަރަށްވުރެ ހުރިހާގޮތަކުންވެސް ނަތީއްޔާ ނެރެވޭނެ ވިސްނުމެއް. ޢެކަމް އަދިފެންނަނީ ވަރަށް މާޔޫސްކޮށް. ތިރީސް އަހަރުގެ ސްޕީޑް ޓޫ ސުލޯ.

 17. ލަބީބު

  ދައުލަތުގެ މާލިއްޔާ ބަނޑަށް ކަހާލުމަށްޓަކައި ހަދާ މަކަރު! ކޮންމެ ކަމަކަށް ކޮމެޓީއެއް ، ކޮމެޓީއެއްގައި ދިހަ ބާރަ މީހުން ، މީހަކަށް މަހަކު 25000 ރުފިޔާއާ ބޯނަސްގެގޮތުގައި ހަދިޔާ އަބުރާދިނުމަށް ދެވޭ 5000 ރުފިޔާ! ރައީސް ޔާމީންގެ ފަސްއަހަރުން ދައުލަތަށް ފައިސާ ވަންނާނޭ މަގުތައް ކޮށާ އަލިކޮށްދީފައޮތީމާ މިގޮލާތައް ނާޗަރަންގީ ކުޅެނީ! ކޮންމެ ދެމަފިރިޔަކަށް ކޮމެޓީއެއްހަދަންވީނު ނުކިޔަވާ އިބޫ؟

 18. ޖަޒް

  ކޮމިޓީ ރައީސް

 19. ހޯގޮޅާ ޅަކޮއި

  ސިކުޑީގެ ތެތްކަމަކީ، ކޮމިޓީއެއްގެ ޒަރީޢާއިން ހޯދޭނެ އެއްޗެއްނޫނެވެ. ކޮންމެކަމަށް ކޮމިޓީއެއް އުފެއްދުމުން އުފެދޭނީ ޚިޔާލު ތަފާތުވުން ތަކެވެ. ބައިބައިވުންތަކެވެ. ފުރިފައި ހުރިއެއްޗެއް ގުޑުގުޑެއް ނާޅާނެއެވެ. 4 ލީޑަރުންގެ މައްޗަށް ބަރޯސާވެ، އުފެއްދި ސަރުކާރުގައި 4 ލީޑަރުންގެ މާބޮޑު ދައުރެއް ނެތުމަކީ، ވޯޓްދެއްވި ރައްޔިތުންނަށް އިހާނެތިކޮށް ހިތުމެވެ. މިސަރުކާރުގައި އުފެދިގެންގޮސްފައިވާ ވަޒީރުންގެ މަޖިލީހުގެ މައްޗަށް ރައްޔިތުން އިޢުތިބާރު ނުހޯދި، އޮންނަ އޮތުމަކީ، އެންމެބޮޑު އެއްމައްސަލައެވެ. މިމައްސަލައަކީ ހަނިފިޔަވަޅުން އަރައިގަނެވޭނެ މައްސަލައެއްނޫނެވެ.