ދެން އިންތިޚާބު ކުރާ ރައްޔިތުންގެ މަޖިލީސް ވާން ވާނީ ވަކި ބައެއްގެ ކިއްލާއަކަށް ނޫންކަމަށް ކުރީގެ ނާއިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް ވިލިމާލެ ދާއިރާގެ މަޖިލީހުގެ ގޮނޑިއަށް ވާދަކުރެއްވުމުގެ ގޮތުން ކެންޕެއިން ރަސްމީކޮށް ފެއްޓެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ދިވެހ ރާއްޖެއަށް ބޭނުންވަނީ ވަކި ފިކުރެއްގެ މައްޗަށް އޮތް މަޖިލީހެއް ނޫންކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރަންވީ ސަބަބަކީ ރާއްޖެއަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، ބޭރުންނާއި އެތެރެއިން ދިވެހިރާއްޖޭގެ މި ގައުމީ އަސާސް ގުޑުވާލުމަށް ބަޔަކު ކެނޑިނޭޅި މައްސަކަތްތަކެއް ކުރަމުންދާތީ ކަމަށެވެ. ފަރުދާގެ އެއް ފަރާތުން އެ ބަޔަކަށް އެހީތެރިވާ ބަޔަކު ތިބިކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ، ދެން އަންނަ މަޖިލީސް ވާން ވާނީ ވަކި ބައެއްގެ ކިއްލާއަކަށް ނޫން ކަމަށެވެ. އެ މަޖިލީސް ވާން ޖެހޭނީ ރާއްޖެއަށް މި ގެނައި ނިޒާމް ހިފަހައްޓާ ބަޔަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެ ނިޒާމަކީ ރިޔާސީ ނިޒާމް. އެ ނިޒާމުގައި ރައްޔިތުންގެ މަޖިލީސް ކުރަން ޖެހޭ އެންމެ ބޮޑު އެއް މަސައްކަތަކީ ފާރަވެރިކަމުގެ ނަޒަރަކުން ދެން ތިބި ފަރާތްތަކުން ކުރާ މަސައްކަތް ބެލެހެއްޓުން". ޖަމީލް ވިދާޅުވިއެވެ.
އަދި އެކަން ބެލެހެއްޓޭނީ ވަކި ރަށަކަށް ވަކި މީހަކަށް، ވަކި ޕާޓީއަކަށް އަދި ވަކި ކުލަޔަކަށް ނިސްބަތްކޮށް ހޮވާތަނަކަށް ހަދައިގެން ނޫންކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ބޭނުންވަނީ ރާއްޖޭގެ އަސާސީ ހައްގުތައް ހިފަހައްޓާނެ ބަޔަކު ކަމަށެވެ. އަދި އަސާސީ ހައްގުތަކުގެ ވާހަކަދައްކާނަމަ އެންމެ ކައިރިން ދެއްކޭނީ ވިލިމާލޭގެ ވާހަކަތައް ކަމަށާއި، ވިލިމާލެ ވަނީ ފަރުދާ އަޅާ ފޮރުވާފައި ކަމަށް ޖަމީލް ވިދާޅުވިއެވެ.
ވިލިމާލެ ވަނީ ރާއްޖޭގެ ޗާޓުން ގޮތަކަށް ގެއްލިފައިކަމަށާއި، މާލެ އާއި ހުޅުމާލެއަށް އައި ތަރައްގީ ވިލިމާލެއަށް އައިސްފައި ނެތޭ ބުނުމަކުން ބޭއިންސާފަކަށް ނުވާނެކަމަށްވެސް ޖަމީލް ފާހަގަކުރެއްވިއެވެ. ޖަމީލް ވިދާޅުވީ، ވިލިމާލޭގެ ޒުވާނުން ކުޅިވަރުކުޅުމުން މަހުރޫމްވެފައިވާކަމަށެވެ. އަދި ސިއްހީ ނިޒާމްވެސް ވަރަށް ނިކެމަތިކަމަށް ވެސް ވިދާޅުވެފައެވެ.
"ރާއްޖޭގެ އެކި ސަރަހައްދަށް އައިސްފައިވާ މުނިފޫހިފިލުވުމާއި ކުޅިވަރުގެ ހަރަކާތުންވެސް މިރަށުގެ ޒުވާނުން ވަނީ މަހުރޫމްވެފައި. މިރަށަކީ 22000 ވަރަކަށް މީހުން ދިިރިއުޅޭ ރަށެއް. އެކަމަކު ކޮންމެ ރައްޔިތެއްގެ އަސާސީ އެއް ހައްގުކަމަށްވާ ސިއްހީ ހިދުމަަތަށް ބެލިކަމުގައިވީނަމަވެސް ހަމަ އިންސާނެއްގެ ލޮލުން ކަރުނަ އަންނާނެ". ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ، އޭނާ މަޖިލީހަށް ނުކުންނަނީ އެކަންކަން ބަދަލު ކުރަން ކަމަށެވެ. އަދި އެކަންކަންކޮށްދިނުމުގައި ސާބިތުކަމާއެކު ހުންނަވާނެކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ، ވިލިމާލެއަކީ އިސްލާމްދީނަށް ލޯބިކުރާ، ކެތްތެރި ބަޔަކު ދިރިއުޅެމުން އަންނަ ރަށެއް ކަމަށެވެ. ވިލިމާލޭގެ މިސްކިތްތަކުގެ ހާލަތު ވަރަށް ދަށް ކަމަށާއި، ރަށުގައި އެތައް އަހަރެއްވީ ނުނިމި ހުރި މިސްކިތެއް ހުރިކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.
ާމަޖިލީސްވާންޖެހޭނީ ރައްޔިތުންގެބަސްވިކޭތަނަކައް.ތީނިމިދިޔަ ރިޔާސީއިންތިހާބުގައި ރައްޔިތުންނަށް އެންމެފައިދާހުރި ވެރިކަމެކޭކިޔައިގެން ރައްޔިތުން ގާތު އެންމެ ފޮނިކެނޑި އެއްބޭފުޅާކަމެއް ރަށްޔިތުން ހަނދާނަކުން ނުނެތޭ.
ކީކޭ.ކީކޭ. "މާލެ އާއި ހުޅުމާލެއަށް އައި ތަރައްގީ" އޭ! ތަރައްގީ އައިއްސި ދޯ ރަންކޮޅޭ. މިތިބަ ބައެއް ދޯ ދެން.
ހުޅުމާލެއަކީވެސް މިހާރު މާލެ ކަހަލަ ކާރޫބާރޫ ބޮޑު ތަނެއް. ވިލިމާލެ މާހިތްގައިމު. މަށަށް މާރަނގަޅު މިގޮތަށް ހަމަހިމޭންކޮށް އޮތީމަ.
އެހެންވެގެން ދޯ ވެރިކަމަށް ހޮވުނަސް ހަވާލެއް ނުކުރާނަމޭ ގޮވީ ؟
ތަރައްޤީ ކިޔާދީބަލަ. ސަރުކާރު ވައްޓާ ޕާޓީ.