ވެރިކަން ކުރާ އެމްޑީޕީ އަށް ފަންޑު ކުރަނީ ކޮންބައެއްތޯ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ސުވާލު ކުރައްވައިފިއެވެ.

ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދުގެ މަޖިލިސް ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވަކި ޕާޓީއެއްގެ ނަން ވިދާޅުނުވެ އެމްޑީޕީ އަށް އިޝާރާތް ކުރައްވާ ވިދާޅުވީ ގާސިމަށް "މަހުޖަނާއި ސޭޓްގެ ވާހަކަ ދައްކާ ޕާޓީގެ ބޭފުޅުންނަށް ފަންޑް ކުރަނީ ކޮންބައެއްކަން" ސާފުކޮށްދެއްވަން އެބަޖެހޭ ކަމަށެވެ.

"ފަންޑު ކުރަނީ ބޭރު ގައުމަކުންތޯ؟ ނުވަތަ މަހުޖަނުންތޯ؟ ނުވަތަ ދައުލަތުގެ ބައިތުލްމާލުންތޯ؟ ނުވަތަ ސަރުކާރު ކުންފުނިތަކުން އެހެން ގޮތަކުން ފައިސާ ހޯއްދަވައިގެންތޯ ޚަރަދު ކުރައްވަނީ؟" ގާސިމް ވިދާޅުވިއެވެ.

ގާސިމް މިރޭ ވެސް ވިދާޅުވީ ދިވެހި ރައްޔިތުންނަކީ މިހާރު ތަންދޮރު ނުފިލާބައެއް ނޫން ކަމަށެވެ.

"ބަޔަކު އޮޅުވާލައިގެން ދުއްތުރާ ކުރަން ބަޔަކު ވިސްނި ނަމަވެސް އެކަމެއް އެހެންނެއް ނުވާނެ. ގައުމުގައި އަދުލް އިންސާފާއި ކަންކަން ރަނގަޅުކޮށް ދެކޮޅު ޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ވަކި ޕާޓީއަކަށް ލިބިގެންނެއް ނޫން." ގާސިމް ވިދާޅުވިއެވެ.

ގާސިމް ތަކުރާރުކޮށް ވިދާޅުވީ ވަކި ޕާޓީއަކަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ދީގެން ނުވާނެ ކަމަށެވެ. ނަމަވެސް ސަރުކާރަށް ތާއިދު ކުރާ ރައްޔިތުންގެ މަޖިލީހެއް އޮންނަން ޖެހޭނެ ކަމަށް ގާސިމް މިރޭ ވިދާޅުވިއެވެ.

"2008 ވަނަ އަހަރާއި 2013 ވަނަ އަހަރު އައި ސަރުކާރުން ލިބުނު ތަޖުރިބާ އިން އިބުރަތް ލިބިގަނެގެން މިތިބީ." ގާސިމް ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއިދު ކުރައްވާތީ އެކަމާއި ދެކޮޅަށް ގާސިމް ދައްކަވާ ވާހަކަފުޅު މިރޭ ވެސް ތަކުރާރު ކުރެއްވެވިއެވެ. ގާސިމް ވިދާޅުވީ ޕާލަމެންޓްރީ ނިޒާމަކަށް ރާއްޖެ ގެންދިއުމަކީ ބައެއްގެ ހުވަފެނެއް ކަމަށާއި އެހުވަފެން ސީދާ ނުވެ ބިލާހަކަށް ވެގެންދާނެ ކަމަށެވެ.

ބަރުލަމާނީ ނިޒާމްގައި މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ތިއްބަވާނީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން ކަމަށް ވުމުން "ވައްކަން ކުރުމުން ދެން ޒިންމާދާރު ކުރުވަން ސުވާލު ކުރާނީ ކާކުތޯ" ގާސިމް ސުވާލު ކުރެއްވިއެވެ.

އެމްޑީޕީއަށް ފަންޑު ކުރަނީ ކޮންބައެއްތޯ ގާސިމް ސުވާލު ކުރެއްވިއިރު ގާސިމް ފަހަކަށް އައިސް ގެންދަވަނީ އެމްޑީޕީ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. ބުރޯ

    ނަސީދުގެ 3 އަހަރުގެތެރޭ ދަވްލަތަށް ލިބުނު އާމްދަނީގެ ޑޮލަރުތައް ބްލެކް މާކެޓަށް ނެރެ ވިއްކާ ފިނޭންސަށް ބައެއް ދީފަ ބާކީބައި ޖަމާކުރީ ކޮންއެކައުންޓަކަށް ކަން އަދިވެސް މިހާތަނަކަށް ބެލިފައެއް ނެތް އެދުވަސް ވަރުގެ ފިނޭންސްގެ ލިއުންތައްވެސް ނެތް .ޕާޓީ ހިސާބު ތަކުގާ ހެޔޮ އެދޭފަރާތްތަކުން މިލިއަނުން ފައިސާ ޖަމާކޮށްފަ ހުރީ ކޮންފައިސާތަކެއް އެއީ ކޮންބައެއް ބެލުނުތަ ؟

  2. ނާފިޒު

    ސާބަސް ދަރިޔާ! ފިއްކަނޑުވާފައި ބައިތިއްބާ! ޤާސިމު ވަކިވެދާނެތީ އެތިބަ ބިރުން ތެޅި މަރުވަނީ!

  3. ޖޭމްޖޭމް

    މިހާރު ރާއްޖޭގައި ވެރިކަން ކުރަމުން ދަނީ އެއީ ރިޔާސީ ނިޒާމަކަށް ކަން ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީއަނޭ މެންނަށް ނޭގޭނަމަ ދެން ތަމެން ވަން ދޮރު އެހެރީ ނިކުމެގެން ދާންވީއޭ ޔޫވޮނާ ގެޓް އައުޓް ޖޭމް ޖޭމް ތަމެންނަށް އިނގެންވާނެ އެއް ނޫންތޭ ރައްޔިތުންގެ ވޯޓަކުން ރާއްޖޭގައި އޮންނަން ޖެހޭނީ ރިޔާސީ ނިޒާމެއް ކަން ބުނުމުން ދެން އިތުރަށް ސުވާލު އުފައްދަން ނުޖެހެއޭ އެއޮތް އަންނަނީ ރަންރީނދޫ ޓްވިޓަރޭ ޖޭމް ޖޭމް ޖޭމް ތަމެން މިހާރު ތިޔާ ވަނީ ޖޭމް އޭ ޖޭމް ޖޭމް

  4. އަހަންމަދޭ

    ތީ އެކަކެއްނު. އެމީހުން ހަރުގެގަނޑަށް ބުރާލާނެ މެއްސެއް ނުވެ ހާވިޔާވެ ބިމަށް ތުންގަނޑު ހަރައިގެން ތިއްބާ ކުނޫޒަށް ޖޭޕީ މީހުން އެއް ކޮށްފަ މައުމޫނާއި އޭނަ ފަހަތު އެނބުރޭ މީހުންކޮޅުވެސް ގެންގޮސްގެން ބޯ ގިނަ ކޮށްލާފަ އެއުޅޭ ހައެއްކަ ރީނދޫ އެތި ޕޯޑިއަމަށް އަރުވައިގެން ހަޅޭއް ލައްވާފަ އެއްކުރި މީހުން ލައްވާ އެމީހުންނަށް ތަރުހީބުގެ އަތްތިލަބަޑި ޖައްސުވާ ހެދީ ކާކު؟ އެހެން ނޫންނަމަ މިއަދަކު އެމްޑީޕީ އޭ ކިޔާ ގަބީލާއެއް މި ގައުމުގަ ނުވެސް އޮތީސް. މިހިރީ އުމުރުގަވެސް ހަނދާން ނުނެތޭނެ ކަންކަން. ގާސިމާއި މައުމޫނުގެ އަމިއްލަ އެދުމުގެ ފައިދާ ނަގައިގެން، ނުވި ތާކަށް "އެމީހުންގެ ވެރިކަން" އެމީހުންނަށް ދީފަ ތިބޭފުޅުންނަށް ކެތް ނުވެގެން ފަހު ވަގުތު ފެއަށް ޖެހެން މަޖުބޫރު ވާނެ ހުރިިހާ މަޅިފައްޗެއްވެސް ޖަހައިގެން އެތިބީ ހުރިހާ ފޮންޏެއް ބޯލައިގެން. އެމީހުންގެ ޔަހޫދީކަން ނޭނގުމާއި އެމީހުންނަށް އިތުބާރު ކުރުން އެއީ ތިބޭފުޅުންގެ މޮޔަކަން. އެ ވާނީ ތާ އަބަދަށްވެސް އެއަށް

  5. ދަތްދޫނި

    މޑޕ އަށް ޙަރަދު ކުރަނީ އެ ޕާރޓީ އަށް ޓަކައި ޤުރުބާންވާ ދިވެހި ރައްޔިތުން. ދެން ލަލަލާ!

  6. ކުޑަހުސޭނު

    އެމްޑީޕީ އަށް ހަރަދު ކުރަނީ ނަސާރާއިންގެ ބޮޑުފާދިރި ހާޑިމްހަމް ވަރައްސާފު

  7. އަހްމަދު ސަފީގު

    ގާސިމް އަކީ ބޯގޯސްވެފާ ހުރިމީހެއް .

    • ސަޓޯ

      އަހަރެމެނަށް ކަލޭ އަދި މާބޮޑަށް ބޯގޯސް. ވޯޓުދިންއިރަކު ނޭނގުނުވިއްޔަ ދޯ އެކަމެށް

  8. އަލްޖިބްރާ

    ދެފޮތިފައިސާ އަތުގާ އޮތީމަ އެހެންބަޔަކަށް ފައިސާކޮޅެއް ދޭނެ މީހަކު ނުހުންނާނެ ކަމަށް ކަލޭ ހީކުރަމު އުތަ ؟ ތިހިރީ ރަގަޅަށް ތިމާގެ ހިޔަނި ތިމާއަށް ފެނިފަ!

  9. ޜާއްޖެ އިސްލާމް

    ތިނޫނީ ނޯންނާނެ އެންމެންދަންނަ ކަމެއް އެކަމު ވާގޮތަކީ އެންމެންވެސް ވަރައް ހަނދާންބަލި އަނެއްކާވެސް ސުވާލެއް ކޮއްލެވެނީ

  10. ޝަހީދު

    ޤާސިމް އަށް ކޮންމެ ބަޔަކުވެސް ދެނީ ކެއްސެވެ. ނަމަވެސް ދިވެހި ޤައުމުގެ މިނިވަންކަން ހިމާޔަތް ކުރުމަށާއި އިސްލާމް ދީނުގެ ދިފާޢުގައި ސިޔާސީ މައިދާނުގައި އެންމެ ޙަރަކާތްތެރި އަދި އިޚުލާޞްތެރި ބޭފުޅަކަށް ޤާސިމް ފާހަގަވެއެވެ. ޔާމީނުއަށް ވެސް ޤާސިމުގެ ހިތް ސާފުކަން މިއަދު އެނގިވަޑައިގަންނަވާނެއެވެ.

  11. ށާތޮ

    ގާސިމް އަކީ މިގައުމުގެ ހަލާކު... ވ ސާފު

  12. ޕަވާސީން

    ނަސޯރާ ގުރޫޕުތަކާއި ބުދު ދީނުގެ ފާދިރީން ނޫންތޯ.. އެމީހުންނައް ފަންޑުކުރާނީ.. ދުށީމެއްނުން ބުދުދީނުގެ ޕާޓީ ވެރިޔާ ވެސް ރާއްޖެ އައިސް އިބޫއާއިއެކު އުޅުނު މަންޒަރު.

  13. ކިންގްފިޝަރ

    ބޭނުންވަރަކަށް އިންޑިއާއިން ޚަރަދުކުރާނެ. އެހެނީ އެމީހުންގެ ޢަސްކަރީ ބާރު މި ރާއްޖޭގައި ހިންގުމަށް ބާރު ލިބިފައިވާތީ. އިންޑިއާގެ ބާރު ރާއްޖޭގައި އޮންނަން ބާރު އަޅަނީ އެމެރިކާ. އެހެނީ އެމެރިކާގެ އެއަރބޭސްއެއް ރާއްޖެއާ ޖެހިގެން އޮންނާތީ. ސީދާ އެއްބަސްވުމެއް ޢަސްކަރީގޮތުން ހެދިފައިނެތްނަމަވެސް އެކިއެކި ނަންނަމުގައި އެއްބަސްވުން ހެދި އިންޑިއާ ސިފައިން މިރާއްޖޭގައި ބައިތިއްބާ ނިސްބަތް އަންނަނީ އެތައްގިނައަކަށް އިތުރުވަމުން. ހެލިކޮޕްޓަރ، ރާޑަރ، މިލިޓަރީ ސްކޫލް، އަދި އެމްބަސީގައިވެސް ތިބެނީ ސިފައިންނާއި ސިފައިންގެ ރިޓަޔާޑް މީހުން. އެއީ ބިލިއަނުން ޑޮލަރުގެ އެހީ ދޭން އެއްބަސްވި ބޭނުމަކީ. އޭގެތެރެއިން މޑޕ އަށް ބައެއް ނޯވެއެއްނުދާނެކަން ޔަޤީން.

  14. މަސްވެރިޔާ

    ސިޔާސީ މަޝްރަހުގަ ކަންތަކަށްބަލާއިރު އެމްޑީޕީ ކޯލިޝަނުން ޖޭޕީ ނުކުތުން މުހިންމު، ނޫން ނަމަ މަޖުލިސްގެ އެންމެ 5 ގޮޑި ނޫނީ ކާމިޔާބު ނުކުރެވޭނެ. ޕީޕީއެމް އަކީ ޤާސިމް ނުރުހޭ ސިޔާސީ ބަޔެއްނަމަ އަހަރަމެންގެ ޝަކްވާއެއްނެތް.
    2008-2013 އެމްޑީޕީގެ ސަރުކާރުން ކިތައްފަހަރު ޤާސިމް ހައްޔަރުކުރިތޯ. ޤާސިމަށް ހެޔޮއެދެނީ ރ.ނަޝީދުތޯ ނުވަތަ ޕީޕީއެމްގެ މެންބަރުންތޯ . ބައްލަވާލައްވާތި.

  15. ނަބީހް

    މިކަލޭގެ ވެރިކަން ލިބިގެން ނޫނީ މައިތިރި ވާ ގޮތަކައް ނޫން މި އުޅެނީ. ކޯންޗެއް ނެތީ.ހުރިހާ ނިޢުމަތް ތަކެއް ދެއްވާފަ އިބަހުރި. މަޑުމަޑުން ހުންނަން ވީނު މުޑި ނަގާފަ ވާހަކަ ނުދައްކާ.
    އޭރުން ތި ވާ ފަޟީހަތެއް ނުވާނެ.

  16. ޝަރީފޫ

    ހެހެހެ އިންޑިޔާއިންކަން ފަންޑުކުރަނީ ނުދަންނަމީހަކު މިރާއްޖެއަކުނެތް!

  17. ޑޭންޖުރެސް

    ސިޔާސީ ޕާޓީތައް ދަރަންޏަށް ޒިންމާކުރުވާ ގޮތަށް ގަވައިދު އިސްލާހުކޮށްފި ނަމަ އެއީ މަމެން އުފާ ކުރަން ޖެހޭ ކަމެކޭ ދެން އެހެންވީއިރު އިލެކްޝަންސް ކަމިޝަންގެ މައިންބަފައިންގެ ތަރިކަ މުދާތޭ ސިޔާސީ ޕާރޓީ ތަކަށް ދޭން ޖެހޭ ފައިސާ ނުދީ ހިފެހެއްޓުމަކީ ދަރަންޏަށް ޒިންމާވާ ވާހަކަ ދައްކާއިރު ފައިސާ ދޭން ޖެހޭ މީހުން ފައިސާ ނުދީ ދަ ރާއްޖެތެރޭ އާލާތުން ހަދާ ގޮތަށް މީހުން ނަށް ދޭން ޖެހޭ ފައިސާ ނުދިނުން އެއީ ނުރައްކާތެރި ކަންކަމެއް ނޫންތޭ ނުރައްކަލޭ ނުރައްކަލޭ...

  18. 3 ވަނަ ވިސްނުން

    ސްވަރޭޖް ބޮންޑް ބަހައްޓާ ގޮތަން އެމް ޑީ ޕީ ސަރުކާރެއް ވެރިކަމުގަ އޮވެ ސޭޓް އަން 600 ބިލިއަން ނުދީގެން ސޭޓް ރުޅި ގަދަވަނީ! އެކަން ނުކުރެވިގެން އުޅެނީ ސޭޓް ސިންގައްޕޫރު ކޯޓެއްގައި އޮތް ރައީސް ޔާމީން ގެ ތެލުގެ ވަގުވިޔަފާރީގެ މައްސަލަ އެއް އޮއްބާލަން ސަރުކާރުގެ (ރައްޔިތުންގެ) ފައިސާ އަން ހެދިގޮތް އެގުނީމަ! ސޭޓް ގެ މުސްކުޅި ހިޔާލު ބޭކާރު؟އަވަހަން މުހައްމަދު ވަހީދު ހަސަން މަނިކަން ވެރިކަން ހޯދަދޭން މަސައްކަތް ފައްޓާ

  19. ސުވާސާ

    ސާބަހޭ އޮނަރަބަލް ގާސިމް.

  20. ގިވްއިން

    ރާއްޖޭގެ ރައްޔިތުންގެ ވޯޓަކުން ވެރިކަން ކުރަން ނިންމާފައިވާ ރިޔާސީ ނިޒާމަކަށް ތާއީދު ކުރާނީ އެއީ ރައްޔިތުންގެ މަޖްލީހުގެ މެމްބަރު ކަން ވެލް ޑިޒާރވް ވާމީހުން އެއަށް ފުރަގަސްދީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާނީ އެއީ ދަ ބަތަހާރާމީ ދަހަރާމްކޯރު އުސޫލުން މަޖްލީހުގެ މެމްބަރު ކަން ކުރަން އުޅޭ މީހުންނޭ މީ ހަމަ ޔަގީން ކަމެކޭ މިކަން ދަންނާށޭ ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން އައި ވޯންޓް އިިޓް ގިވް އިން ޓު މީ ގިވް އިން ޓު މީ...

  21. ދދ

    މޑޕ އަށް ފަންޑު ހޯދާގޮތް ރައްޔިތުންނަށް ހާމަ ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަމެވެ
    ރާއްޖޭ އެއްބަިވަންތަކަމާއި އިސްލާމް ދީން ނައްތާ
    ލުމަށް އެއްބަސްވެގެން އެހީ ހޯދާތޯ ނުވަނޫންތޯ
    ވެސް އެޕާޓީން ސާފް ކޮށްދޭންޖެހެއެވެ.

  22. ޙައްވަ

    ސޭޓު މޮޔަގޮވަނީ. ޥެރިކަމާހެދި ތާ އަބަދު.މަރުވީމަވެސް ވެރިކަން ހިފައިގެން މިކަލޭގެ ދާނީ

  23. ދޭދޭދޭދޭ

    މަޖްލީހުގެ މެޖޯރިޓީ ހޯދަން ކެނެރީގެ ނަޝީދު މަސައްކަތް ކުރުން އެއީ ވަރަށް ނުރައްކާތެރި ކަމެކޭ އޭނާގެ ދަ ބަލާބޮޑު ދަ ކޮރަޕްޓް ތިން އަހަރު ދުވަހުގެ ވެރިކަމުގައި އޭނާ ވަނީ މިގައުމު އިންޑިއާގެ ކޮރަޕްޓް ކުންފުނި ތަކަށް ވިއްކާލާ މިގައުމު ރޮޓެން ކަންޓްރީ އަކަށް ބަދަލު ކޮށް ޑޮލަރުގެ އަގު ބޮޑު ކޮށްފައޭ ކެނެރީގެ ނަޝީދު ބޭނުންވިނަމަވެސް ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް އޮންނާން ނުޖެހެއޭ އޭނާ އަކީ އެއީ އެއްގޮތަކަށް ވެސް ދިވެހިރައްޔިތުންނާއި އަޅާލާ މީހެއް ނޫނޭ އޯލް އައި ވޮނާ ސޭ ދެޓް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް އާއްހާއް އާއްހާއް އާއްހާއް..

  24. ރަނޑުވެރިކަން

    ރައީސް އަށް ލަފާ އަރުވަން ކޮމެޓީ އެއް އުފައްދައިފިނަމަ ދެން ކިއެއްކުރާ ޕޮލިސީ ޑިޕާރޓްމެންޓެއްތޭ ރައީސް އޮފީސް ތެރޭގައި ބޮޑެތި ޚަރަދުކޮށްގެން ޕޮލިސީ ސެކްރެޓަރީ މެން ލައިގެން ފައިސާ ވޭސްޓް ކުރަނީ އެމެން ކަނޑާ ނަގާ އެއްލާލަންވީ އެއްނޫންތޭ އެމެން ޕާރފޯމް ނުކުރާނަމަ ދެން ކިއެއްކުރާ އިކޮނޮމިކް ކައުންސިލެއްތޭ ތިޔާ އިކޮނޮމިކް ކައުންސިލުން ކުރާ ކަންކަން ދަންނަނީ ހަންޑިން އެކަނި ދޯ ދިވެހި ރައްޔިތަކަށް ނޭގޭ ތިޔާ ކޮމެޓީން ކުރާ ކަމެއް އެއް ކަމެއްވެސް ނުވެއޭ އިބޫގެ ވެރިކަން ފީލްވަނީ އެއްވެސް ޗަސްބެއް ނެތް އަންހެން ދުޅައިގެ ކަންކަން ކުރާ ވެރިކަމަކާއި އޭ އެހީވަން ހަތް ފަހަރު ގައިންގޮސް ފައިވާ ވެރިކަމަކާއި އޭ ވަރަށް އަންހެން ދުޅައިގެ ވެރިކަމެއް އިބޫގެ ވެރިކަމަކީ..

  25. ފޭރޭންނޭ

    ކެނެރީގެ ނަޝީދަކީ އެއީ އަމިއްލަ އަތުން ދުވަހަކު ވެސް މަސައްކަތެއް ކޮށްގެން ކައިގެން ބޮއިގެން އުޅުނު މީހެއް ނޫނޭ އަދި އަމިއްލަ ގެދޮރު ވެސް އަމިއްލަ ފައިސާ އިން ރީއްޗަށް ހަދާ ލެވުނު މީހެއް ނޫނޭ ކެނެރީގެ ވެސް ބަލާލުމުން ހީވަނީ ކޮތަރު ކޮއްޓެއް ހެނޭ އޭނާ އަކަށް ނޫން އިނގޭނީ ރާއްޖޭގައި ވެރިކަން ކުރަން ޖެހޭނެ ނިޒާމެއް ކަނޑައަޅަން އޭނާގެ ހިއްސާ މިގައުމުގައި ވަރަށް ކުޑަވާނެއޭ އެމްޑީޕީ އަކީ އެއީ ވެސް އޭނާ އުފެއްދި ތަނެއް ނޫނޭ އެއީ އެހެން ބަޔަކު އުފެއްދި ޕާރޓީ އެއް އޭނާ އާއި ކޮރަޕްޓް އީވާ އާއި ދެޅާ ވަދެގަނެގެން ފޭރިގަތް ޕާރޓީ އެކޭ އެއީ ފޭރިގަތީއޭ ފޭރޭންނޭ އެއީ ފޭރޭންނޭ އެއީ ފޭރޭންނޭ އެއީ ފޭރޭންނޭ އެއީ ފޭރޭންނޭ އެއީ...

  26. ޕޮޒިޝަން

    ކުރީގެ ރައީސުން މަޖިލީހަށް ވާދަނުކުރެވޭ އިސްލާހު ރައީސް ތަސްދީގު ކުރާނެ ތޯ ނުކުރާނެ ތޯ އެއީ މަޖްލީހުގެ މެމްބަރުން ބަލަން ޖެހޭނެ ކަމެއް ނޫނޭ ތަސްދީގު ނުކުރުމުން ދެންވެސް ހަދާނެ ގޮތް އޮންނާނެއޭ އެއްގޮތަކަށް ވެސް ކުރީގެ ރައީސުންނަށް މަޖްލީހުގެ މެމްބަރުންނަށް ވާދަ ކުރެވިގެން ނުވާނެއޭ އެއީ މަޖްލީހުގެ މެމްބަރު ކަމަށް އަންނަން ތިބި ޒުވާނުންގެ ފުރުސަތު އެމެން ފޭރިގަންނަނީއޭ އެމެން ޖެހޭނީ ބަދިގޭގައި ހަނޑޫ ހޮވާލަ ހޮވާލާ ތިބެން ނޫންތޭ މިހާރު އެއީއޭ އެމެން

  27. ބާއުބާއު

    އެމްޑީޕީ އަކީ އެއީ ވެރިކަން ކުރާ ޕާރޓީ އަށް ވެފައި އަދި އެމެން ވެރިކަން ކުރަނީ އެއީ އެމެންގެ ޕާރޓީ ގައި އުޅޭ ދަ ބަޓް ނަގާ މެން މިނިސްޓަރުންނަށް ހަދައިގެން ރާއްޖެ ރޮޓެން ކަންޓްރީ އަކަށް ބަދަލު ކުރާ އުސޫލު ކަމަށްވާތީވެ އެއްގޮތަކަށް ވެސް ނުޖެހޭނެއޭ އެމެންނަށް މަޖްލީހުގެ މެޖޯރިޓީ ދޭން މިހާރު ވެސް ރިސޯރޓްސް ތަކުގައި ހުރި މެދު ފަންތި އާއި އަދި މަތީ ފަންތީގެ ވަޒީފާ ތަކަށް ބޭރު މީހުންނަށް ވާރކް ވިސާ ދެނީ އެއީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ މެން ދޭން ބުނެގެންނޭ އެއީ ދިވެހިން ބިކަ ކޮށް ސަލާމް ޖަހާ އުސޫލު ގެންގުޅެން ވެގެންނޭ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަނޭ އަކީ އެއީ ވަރަށް ބޮޑަށް އީގޯ ސިންޑްރޯމް ޖެހިފައިވާ ދަ ރާއްޖެތެރެއަނޭ އެކޭ އެމެން ގެ ޑްރަގް ލޯރޑް އައިލެންޑް ހުޅުދޫ ތަރައްގީ ކުރާ ވާހަކަ އެމެން ދައްކާއިރު އެމެން އުޅެނީ މާލޭގައޭ ލަދު ހަޔާތުގެ ކަންފުޅެއް ވެސް ނެތީމަ ނޫންތޭ މިއާލާތް ގަނޑު މިވާހަކަ ދައްކާނީ ވެސް އޯލް އައި ވޮނާ ސޭ ދެޓް ދޭ ޑޯންޓް ރިއަލީ ކެެއަރ އެބައުޓް އަސް އޯލް އައި ވޮނާ ސޭ ދެޓް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް ބާއުބާއު...

  28. ކޯއްޗެއްތޭ

    ސިޔާސީ ޕާޓީތައް ދަރަންޏަށް ޒިންމާކުރުވާ ގޮތަށް ގަވައިދު އިސްލާހުކުރެވިއްޖެ އިލެކްޝަންސް ކަމިޝަން އަށް ވަރަށް ރަނގަޅަށް ދެން ކިއެެއްވެގެންތޭ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަނޭ މެންނަށް ގަވާއިދެއް ހަދައިގެން ރާއްޖޭގައި ގަވާއިދާއި ޚިލާފަށް މަސައްކަތް ކުރާ ބިދޭސީންގެ ކަންކަން ފުލުހުންނާއި ހަވާލު ނުކުރެވިގެން އުޅެނީ މިކަން ހައްލު ކުރަން ރައީސް އޮފީހަށް ގަވާއިދެއް ނެހެދޭދޯ ދިވެހިންނަށް ލަނޑެއް ދޭން ވެއްޖެނަމަ އެފަދަ ގަވާއިދެއް ހެދޭ ދޯ ކޮންވައްތަރު

  29. އ

    ކަޅު ފައިސާ ރާއްޖޭގެ އެކައުންޓްތަކަށް ވަން ގޮތުގެ ތަފްސީލީ މައުލޫމާތު ބަންޑާރަ ނައިބުގެ އަތްޕުޅުގައި މިހާރު އެބަހުރި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެެވެ.

  30. އެއްބައިވަންތަކަން

    އެމްޑީޕީއަށް ހަރަދު ކުރަނީ އިނގިރޭސިވިލާތުން އެމީހުންގެ އަމިއްލަ އެޖެންޑާއެއް އޮވެގެން.