ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް ރިޝްވަތު ދިން ކަމަށް ބުނެ ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާ އުފުލި މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ޕްރޮސެކިއުޓަރ ޖެނެރަލް ނިންމަވައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އިއްޔެ ފާރިސް އަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުބާރު ނެތް ކަމަށް ފާސްކުރުމަށް މަޖިލީހަށް ހުށަހެޅޭނީ 42 މެންބަރުންގެ ސޮޔާ އެކުކަމަށް 10 އޭޕްރިލް 2017 ގައި މަޖިލީހުން ފާސްކުރުމާއި ގުޅިގެން މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް 42 މެންބަރުންގެ ސޮއި ހޯދުމަށް ފާރިސް މަޖިލިހުގެ ބައެއް މެންބަރުންނަށް ނުފޫޒު ފޯރުވައި ޤާނޫނާ ހިލާފަށް މަސައްކަތްތަކެއް ކޮށްފައިވާކަމަށް ތުހުމަތު ކުރެވުނު މައްސަލައިގައި ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އިތުރަށް ކުރިއަށް ނުގެންދަން ޕްރޮސެކިއުޓަރ ޖެނެރަލް ނިންމާފައިވާ ކަމަށެވެ.

އެމައްސަލަ މިހާރު ފުލުހުންނަށް އަނބުރާ ފޮނުވާލާފައިވާ ކަމަށް ވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ފާރިސް އަށް ފޮނުވި ސިޓީގައި ވިދާޅުވެފައި ވެއެވެ.

ފާރިސް މެންބަރުންނަށް ރިޝްވަތު ދިން މައްސަލަ ޕީޖީ އިން އަނބުރާ ގެންދިޔަ އިރު ފާރިސް ވިދާޅުވެގެން އެތައް މިލިއަން ރުފިޔާއެއްގެ ފައިސާ ރައްޔިތުން މަޖިލީހުގެ ދެމެންބަރަކާއި ހަވާލު ކޮށްފައި ވާނެ ކަމަށް ފާރިސް އާއި އެކު ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރި މީހަކު ފުލުހުންނަށް ދިން ބަޔާނެއްގައި ބުނެފައިވެއެވެ. އެދެމެންބަރުންގެ ނަމާއި ހަވާލު ކުރި ފައިސާގެ އަދަދު ވެސް އޭނާގެ ބަޔާނުގައި ވެއެވެ.

ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުން ކުރުމުން ފާރިސްގެ މައްޗަށް އުފުލި ޝަހްސު އޮޅުވާލުމުގެ ދައުވާ ސާބިތުވެ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ޙުކުމުން ވެސް މީގެ ކުރިން ފާރިސް ވަނީ ސަލާމަތް ވެފައެވެ. އެމައްސަލަ ފާރިސްގެ މައްޗަށް ސާބިތު ނުވާކަމަށް ހައިކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ށަލީމާ

    ބިސާމް އަކީ މިނިވަންކަން މަތީ މަސައްކަތް ކުރެވޭނެ މީހެއް ނޫންކަން އިނގިގެން މި ދަނީ.. ކުރިން ދައުވާ ކުރީ ނުހައްގުންކަން އިނގިގެން މިދަނީ..އެހެންވީމާ ކަަމަނާ އިސްތިއުފާދީ..ދުވަހެއް އެބައޮތް އަދި އަންނަން..

  2. މިލަންދޫ މީހާ

    ޕީޖީ މަގާމުގެއްލިދާނެތީވެ ބިރުން މައްސަލަ ފަސްއަޅފޮރުވާލީ ވަކިވަރެއްގެވަކިމީހެއްނެތް ތީއަންހެންރުނޑިއަކުޖައްސާވައްތަރު ދެންފިރިހެނުން ކިހާނުލަފާވާނެ މިގައުމުހަލާކުކޮއްލީ ކިޔަވައިގެންނޭކިޔައިގެން އައިސްތިއުޅޭބައިގަނޑު

  3. ވަހީދު

    ހެދުނު ގޯސް މިބޭފުޅުންނަށް މިހާރު ވިސްނި. ކަރުތެރޭން ހިތި ރަހަ ނުފިލައިގެން އުޅޭނެ.

  4. ބޭގަނޑު

    މީ ދޯ މިބޭ ހެދި ޑީލަކީ

  5. ނިމާލް

    ދުނިޔެމަތީގައި ބަޗައިގެން ހުއްޓަސް ﷲގެ ދަރުބާރުގައި ނުބެޗޭނެ! ތިތިބީ ދުނިޔެ ރިހާކުރާ މަކަރާ ާޖަހައިގެން ކާ އެއްޗެތި!

  6. ދދދދދދ

    ސަރުކާރުގެ ލާދީނިއްޔަތާއި އަނިޔާވެރިކަމަށް ރުހިގެން ތިބޭ މަތިން އެހެންނު. އަދިވެސް ތި ދައުވާ ކުރެވޭނެ ޖަލަށްވެސް ލެވޭނެ. ހުހްނާތި ވިސްނާ.

  7. ނުރަބޯ

    މާލަސްވެސް ވެއްޖެއެއްނު؟ ތިޔަ ފާރިސް ތިޔައީ މިހާރު އަންނި ފަދައިން އެއްވެސް ކުށެއްނެތް ސާފު ހުދުފޮށައެއް.