ޤައުމު އިޞްލާޙުކުރެވޭނީ އަމިއްލަ ނަފްސު އިޞްލާޙުކޮށްގެން ކަމަށާއި، އިސްލާމު ދީނުގައި އެންމެ މާތް ޖިހާދަކީ އަމިއްލަ ނަފްސު އިޞްލާޙު ކުރުމުގެ ޖިހާދުކަމަށް މިއަދު ގެ ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

"އެބަހީ އެންމެ މުޙިއްމު ވެގެންވަނީ ހަވާ ނަފްސުގެ މައްޗަށް ގަދަވެގަނެ ތިމާއަށް އަމުރުކުރާ ފަރާތަކީ ތިމާގެ ހަވާ ނަފްސުކަމުގައި ވިޔަނުދީ، ނަފްސާ އިދިކޮޅަށް ގަދައަޅާ މަސައްކަތް ކުރުމުގައި ކާމިޔާބު ހޯދުމެވެ. މިފަދަ މީހުންނަކީ ހަޤީޤީ މާނައިގައި މާތް ﷲ ގެ ހެޔޮގޮތް ލިބިގަތުމަށް ޖިހާދު ކުރާ މީހުންނެވެ. ހަވާ ނަފްސާއި ޖިހާދުކުރި ކޮންމެ މީހަކަށް ނަފްސުގެ އުނި ޢައިބުތަކުން ސަލާމަތްވާނޭ މަގާއި، ކާމިޔާބުގެ މަގު ދައްކަވާނެއެވެ" ހުޠުބާގައި ބަޔާންކޮށްފައި ވެއެވެ.

މީގެ އިތުރުން، މުޅި ދިވެހި ޤައުމަށް އުފާ ފާގަތިކަން އަންނަން އޮތް ހަމައެކަނި މަގަކީ، އެހެން މީހުންގެ ކިބައިގައި ހުރި އުނި ޢައިބުތަކުގެ ވާހަކަތައް ދެއްކުމުގައި ވަގުތު ބޭކާރުނުކޮށް، އަމިއްލަ ނަފްސާމެދު ޚިޔާލުކުރުމަށް ވަގުތު ހުސްކޮށްލުން ކަމަށާއި ތިމާގެ ނަފްސުގައިވެސް އުނިކަމާއި ހުތުރު އާދައެއް ހަރުލާފައި ހުރެދާނެކަން ޤަބޫލުކޮށް އެކަންކަމުން މިންޖުވުމުގެ މަގަށް އެނބުރި ރުޖޫޢަވުންކަމަށްވެސް ޙުޠުބާގައި ވަނީ ބަޔާންކުރައްވާފައެވެ.

ހަމައެހެންމެ، އިންސާނީ މުޖުތަމަޢުތަކާއި މުޅި ޤައުމު އިޞްލާޙުވެ، އަމާންކަމާއި މިނިވަންކަން ލިބި، ފަރުދުންގެ ގުޅުންތައް ބަދަހިވެ، ތިޔާގިކަމާއި އުފާ ފާގަތިކަން ލިބުން އޮތީ، ތިމާމެންގެ އަމިއްލަ ނަފްޞުތައް އިޞްލާޙު ކުރުން ކަމުގާއި ވީ ހިނދު، މި ޤައުމުގެ ކޮންމެ ފަރުދަކުމެ އަމިއްލަ ޙާލާއި މެދު، އަމިއްލަ ނަފްސުގެ އުނިކަމާއި މެދު، ވިސްނާލަންޖެހޭކަމަށް ޙުޠުބާގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މ

    ހަގުރާމައިގެ ބިންމަތީގައި ކާފަރުންނާއި ކުރިމަތިލާ ޖިހާދަކީ އެންމެ މަތިވެރި ޖިހާދުކަމަށް ހީކުރީ ޔަގީނުންވެސް ޝަހީދުންގ ެދަރަޖަ ލިބެނީ އެމީހުންނަށް. ...މިވީ ކިހިނެއް؟؟

  2. އަން

    ނަފްސު ކޮންޓްރޯކުރުމުގެ ޖިހާދަކީ އެއްމެ މަތިވެރި ޖިހާދުކަން ދަންނަ މީހުން ހާދަހައި މަދެވެ. އިބާދަތުގެ ބައިތައް އިންސާނުންނަށް އުގަންނައި ނުދެވޭނަމަ ދީނީ އިލުމުވެރިންގެ ބޭނުމަކީ ކޮބައިބާވައެވެ.