މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލައެއްގައި ގދ. ތިނަދޫ އިން މީހަަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 38 އަހަރުގެ ފިރިހެނެއް ކަމަށެވެ. ފުލުހުން ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައި ވަނީ އިއްޔެ ކަމަށެވެ.

އަދި އޭނާ ހައްޔަރުކޮށްފައި ވަނީ، އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތު ކުރެވިގެން ބަލާ ފާސް ކުރުމުގެ ތެރޭގައި މަސްތުވާ އެއްޗެއް ހުރި ޕެކެޓެއް ފެނިގެންެނެވެ.

އިތުރަށް ފުލުހުން ވިދާޅުވިގޮތުގައި، ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައި އެ މީހާ ދިރިއުޅެމުން އަންނަ ގެ ބަލާ ފާސް ކުރުމުގެ ތެރޭގައި، އެގޭގެ ބޭރުމަގު ފާރުގެ ގަލެއްގެ ތެރެެއިން 20 ޕެކެޓް މަސްތުވާތަކެތި ފެނިފައިވެއެވެ.

މި މައްސަލާގައި ހައްޔަރުކުރެވުނު މީހާގެ ބަންދަށް ފަސް ދުވަސް ވަނީ ޖަހާފައެވެ.