ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު އަދި މިފްކޯގެ އެމްޑީ އިސްމާއިލް ފައުޒީ މިއަދު އައްޑޫގެ މަސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

މިނިސްޓަރ ޒަހާ, އައްޑޫ ސިޓީ މޭޔަރ އަބްދުﷲ ސޯދިގާއި މިފްކޯގެ މެނޭޖިން ޑިރެކްޓަރ އިސްމާއިލް ފައުޒީ ވަނީ މި ބައްދަލުވުމުގައި ވާހަކަ ދައްކަވާފައެވެ.

މި ބައްދަލުވުމުގައި އައްޑޫ ސިޓީގެ އެކި އަވަށްތަކުގެ މަސްވެރިނަށް، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ކެމްޕޭނުގައި އައްޑޫގެ މަސްވެރިކަމާ ގުޅުވައިގެން ވެފައިވާ ވައުދުތަކާއި، އެ ވައުދުތައް ފުއްދުމަށް ކުރެވެމުންދާ މަސައްކަތް ކުރު ގޮތަކަށް މަސްވެރިންނާއި ވަނީ ހިއްސާ ކޮށްފައެވެ.

އޭގެ ތެރޭގައި ބޭރު ބޯޓުތަކުން ރާއްޖޭގައި ކުރާ މަސްވެރިކަން ހުއްޓުވުމާއި ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުން ބޭރުގައި މަސްވެރިކަން ކުރަން ދިވެހިން ނެރުން ހިމެނެއެވެ.

އައްޑޫގެ މަސްވެރިނާއި މިނިސްޓަރ ޒަހާ އަދި މިފްކޯގެ އެމްޑީ ބައްދަލު ކުރައްވަނީ

މި ބައްދަލުވުމުގައި މިނިސްޓަރ ޒަހާ ދެއްކެވި ވާހަކަފުޅުގެ ތެރޭގައި ޑީސަލުން ނަގަމުން އަންނަ ޑިއުޓީ ކަނޑާލައި މަސްވެރިންނަށް 'ޒީރޯ ޑިއުޓީގައި' ތެޔޮ ލިބުމުގެ ނިޒާމު ގާއިމު ކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަން ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން މަސްވެރިންނަށް ޚާއްސަ މަސްވެރިޔާ އެކައުންޓެއް ބޭންކް އޮފް މޯލްޑިވްސްއާއި ސަރުކާރުން ގުޅިގެން ކުރަމުން އަންނަ ކަމަށް މިނިސްޓަރު ޒަހާ ވިދާޅުވިއެވެ.

"މި އެކައުންޓު ހުޅުވާލެވުމުން އޮޑިވެރިޔާއަށް އެކައުންޓު މެދުވެރިކޮށް ބާނާ މަހަށް ފައިސާ ޖަމާ ކުރެވިގެން ދާނެ އޮޑިވެރިޔާއަށް ހަމަ އެކައުންޓު މެދުވެރިކޮށް ފަޅުވެރިންނަށް ފައިސާ ޖަމާކުރުމުގެ މަގު ފަހިވެގެންދާނެ " މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޒަހާ އިތުރަށް ވިދާޅުވީ މަސްވެރިކަމަށް ނިކުމެ ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް ވެސެލް ލޮކޭޓިން ޑިވައިސް ހަރުކުރުމުގެ މަސައްކަތް ވެސް ކުރެވިގެންދާނެ ކަމަށެވެ.

ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު އަދި މިފްކޯގެ އެމްޑީ އިސްމާއިލް ފައުޒީ މިއަދު އައްޑޫގެ މަސްވެރިންނާ މިއަދު ބައްދަލުކުރައްވައިފިވާއިރު ރޭ އެ ދެބޭފުޅުން ވަނީ ގއ. ކޮލަމާފުއްޓަށް ވަޑައިގެން އެރަށުގެ މަސްވެރިންގެ ކަންބޮޑުވުންތަށް އަޑު އައްސަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާމަސްވެރިޔާ

    ާކޮބާތޯ މަސްވެރިންނަށްދޭންބުނި ލުއި އެކްސްޕުރެސްލޯނު.ކޮބާތޯމަސްވެރިންބާނާމަލަށް ހޯދާދޭންބުނި ފުރިހަމައަގު.ކޮބާތޯމަސްކިރުވަން ގެންނަންބުނިބޯޓުތަށް.ކޮބާތޯއަޅަންބުނި އޮއިވާލި ކަނދުފަތިތަށް؟އަދިވެސްމަސްވެރިން ގުބޯ ހައްދަނީތަ.

  2. ާއަހުމަދު

    ޢޭރުން އެމީހުން ބޮޑަށް ކުރާނީ ތެލުގެ ވިޔަފާރި އޮޑި ވެެރިޔާގެ އެކައުންޓަށް ޖަމާކުރުން ކަމަކުނުދޭ
    ޚެޔޮޅު އެކައުންޓަށް ޖަމާކުރަންވީ ލާރިބަހާނީ ކެޔޮޅު