ކ. ކާށިދޫ އުތުރު އަވަށު ވަލުތެރޭގައި ރޯވެގެން ފުލުހުން ހަރަކާތްތެރިވަމުން އެބަދެއެވެ..

މިއަދު ހަވީރު 17:30 ހާއިރު ރޯވި އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ވަނީ އިރުއޮއްސި 18:30 ހާއިރުއެވެ. ފުލުހުން ވިދާޅުވީ، ކާށިދޫ ވަލު ތެރޭގައި ރޯވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ 17:40 ހާއިރު ކަމަށެވެ.

އަދި އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ވަނީ18:30 ހާއިރުކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އަދި މިހާރުވެސް އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވިއެވެ.

އެރަށު ވަލު ތެރޭގައި ރޯވެފައި ވަނީ ކީއްވެކަމެއް އަދި ނޭގެއެވެ. އަދި މި ހާދިސާގައި މީހަކަށް ގެއްލުމެއް ލިބުނުކަމެއް ނުވަތަ ނޫންކަމެއްވެސް ނޭގެއެވެ.

ކާށިދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު، މިއަދު މެންދުރު ހދ. ނޮޅިވަރަންފަރުގެ ދަނޑުބިން ސަރަހައްދުގައި ރޯވެގެންވެސް ފުލުހުންނާއި، ސިފައިން ހަރަކާތްތެރިވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Miadhu

    ތިއީ ވ.އާކަމެއް ކާށިދޫމީހުންނަކީ އަލިފާނަށް ވ އަހުލުވެރިބައެއް މިދިޔަ 2 ހަފްތާތެރޭގައި ކާށިދޫ ވަލުގަރޯނުވަނީ ނުވަތަ ރޯނުކުރަނީ ކޮންދުވަހަލު މިކަންކުރާބަޔަކީ ދިވެހިންނާއި ބިދޭސީން 80% އަލިފާންރޯކުރަނީ ބިދޭސީން އެއަލިފާންރޯވުމަކީ އާއްމުކަމެއްވުމުން އަލިފާންރޯވެފައިވާކަން އެންގުމާއި އަލިފާންނިވަން ނުކުތުމަތީ ކާށިދޫމީހުން ކުރާކަމެއްނޫން

  2. Miadhu

  3. ީިިިއިފާ

    Effects of global warming???