މާލޭގައި ހިނގި މާރާމާރީތަކެއްގައި ދެ މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިއަދު ފުރަތަމަ މާރާމާރީ ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ހަވީރު 17:53 ހާއިރު ކަމަށެވެ.

އެ މާރާމާރީގައި ޒަހަމްކޮށްލާފައި ވަނީ އަލޯރާ ކަންމަތީގައި ސައިކަލެއްގައި އިން މީހަކަށެވެ. ފުލުހުން ވިދާޅުވީ، އެ މީހާގެ ގައިގާޖަހާފައި ވަނީ، ގުރޫޕަކުން އައިސްގެންނެވެ.

އަދި އެ މާރާމާރީގައި ޒަހަމްވެފައި ވަނީ 18 އަހަރުގެ މީހަކަށް ކަމަށާއި، އޭނާއަށް ސީރިއަސް އަނިޔަތަކެއް ލިބިފައިނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މިއަދު ހިނގި ދެވަނަ މާރާމާރީ ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އިރުއޮއްސި 18:25 ގައި ކަމަށެވެ. އަދި އެ މާރާމާރީ ހިނގާފައި ވަނީ ބިންމާ ގޯޅީގައި ކަމަށާއި، އެ މާރާމާރީގައި އަނިޔާވެފައި ވަނީ 28 އަހަރުގެ ޒުވާނަކަށް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އޭނާގެ ހާލު ސީރިއަސް ނޫންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޡަސްބިންލާ

    18 އަހަރުގެ މީހާ 28 އަހަރުގެ ޒުވަަނާ ހެެހެ

  2. ނަން ނުޖަހާ ނަން

    މިކަމައް ހައްލެއް ނައެއްނު މި ކުޑަ ތަނުގަ މިވަރު ކަމެއް ނުހުއްޓު ވޭ ވަރުގެ ބަލިކަށި މުއަސަސާތަކެއް އޮތުމުގެ ބޭނުމެއް ނެއް ސަލާން ބުނެފަ އިސްތިއުފާ ދީ

  3. ޖަޒީރާ

    އިބުރާ ސޯލިހް ކަލެޔަކައްވެސް މަގުތައް އަމާނެއް ނުކުރެވުނެއްނު< މަގުތައް ޚަރާބް ވަނީ ނެރިކަން ކުރަން ނޭގޭތީއޭ ބުނީ ވެސް ކަލޭދޯ