ޏ. ފުވައްމުލައް ސިޓީގައި އެކަނި ސައިކަލު ދުއްވާފައި ދިޔަ އުމުރުން 17 އަހަރުގެ ކުއްޖަކަށް ފަރުވާ ދެމުން އެބަދެއެވެ. މިކަން ހިނގާފައިވަނީ މިއަދު އިރުއޮއްސި 18:30 ހާއިރުއެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، ކުއްޖާ ސައިކަލުން ވެއްޓުނީ އެކަނި ފުނާޑު ބުރިކުރި މަގުން ދުއްވާފައި ދަނިކޮށް ކޮންޓްރޯލް ނުވެގެންކަމަށް، މިހާރު ބެލި ބެލުންތަކުން އެނގިފައިވާކަމަށެވެ.
އެ ކުއްޖާއަށް ފުވައްމުލައް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު، އެ ކުއްޖާގެ ފައި ބިންދައިގެން ގޮސްފައިވާކަމަށް މައުލޫމާތު ލިބޭކަމަށް އެ ރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.
އޭނާ އިތުރު ފަރުވާއަށް މާލެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ނުފިރުކެނިސް ދުވަންވާނެ.
ޕޮލިހުން އުވާލާ އެފައިސާ ބަންގާޅީން ބޭރުކުރަން ބޭނުންކުރިއްޔާ މާ ރަނގަޅުވާނެ ( ކަމަށް ފެނޭ )
ކީއްކުރަން ހޮސްޕިޓަލައް ގެންދިޔައީ؟؟! ވާނެއެއްޗެއް ވާން އޮތްތަނުގަ ބާއްވާ. އޭއްޗެހިންނައް އެނޫންގޮތަކައް އެއްޗެއް ދަހެއް ނުވާނެ.