ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ޓާމިނަލްގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ އެއްވެސް ޕްލޭނެއް ނެތި ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހެއްދެވީ އިތުރުފުޅެއް ކަމަށް ކުރީގެ އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް އިއްޔެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެލާނާ އެއާޕޯޓުގެ ޓާމިނަލާއި ގުޅޭގޮތުން ރައީސް ވިދާޅުވީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްތަކުގެ މަޝްރޫއުތައް ނުފެށި ވަނީ ބަޖެޓް ނެތިގެން ނޫން ކަމަށާއި ކުރިން ހިންގާފައިވާ މަޝްރޫއުތައް އެއްވެސް ޕްލޭނެއް ނެތި ކުރިއަށް ގެންގޮސްފައިވުމުން އެކަންތައްތައް ބަލާ، ރަނގަޅު ކުރަން ޖެހޭތީ ކަމަށެވެ.

ރައީސްގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ސައީދު ވިދާޅުވީ ވިދާޅުވީ އެއްވެސް ކަމެއް ޕްލޭނެއް ނެތި ކުރައްވާފައި ނުވާނެ ކަމަށެވެ. ރައީސް ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށާއި، އެއްވެސް ކުރެހުމެއް ނެތި އަދި ޑޮކިއުމެންޓްސް ނެތި އެއްވެސް ޕްރޮޖެކްޓެއް ފަށާފައި ނުވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކުރި މަސައްކަތް ފެންނަން އެހުރީ. ކުރެހުންތަކާއި ހުރިހާ އެއްޗެއް ހުންނާނެ. ޓާމިނަލްގައި އަދި މާ ރީއްޗައްވެސް ހުންނާނެ. ފްރެންޗް ޑިޒައިނާއަކާއި، ޗަންގީގެ އިންޖިނިއަރިން ފާމެއް އުޅޭނެ. ބްރިޓިޝް ކޮންސަލްޓެންޓެއް އުޅޭނެ. އަދި ޗައިނާ ކޮންސަލްޓެންޓުން އުޅޭނެ. ބާޑް ނެސްޓް ސްޓޭޑިއަމް ޑިޒައިން ކުރި މީހުން އުޅޭނެ. މީގެ އިތުރުން ސައުދީ ބައެއް އެކްސްޕާޓުން އުޅޭނެ، ޔޫއޭއީ މީހުން އުޅޭނެ އަދި ދިވެހި އިންޖިނިއަރުން އުޅޭނެ" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ބައެއް ޕްރޮޖެކްޓަތައް އެވޯޑްކޮށްފައި ހުރި އިރު ޑޮކިއުމެންޓް ނެތް ކަމަށް މިހާރުގެ ސަރުކާރުން ދައްކާ ވާހަކައަކީ ވެސް ދޮގެއް ކަމަށާއި، އެހުރިހާ ލިޔެކިޔުމެއް ވެސް ހުންނާނެ ކަމަށެވެ. އެކަމާ ގުޅުން ހުރި ފަރާތްތަކުގެ އަތުގައި ވެސް އެ ޑޮކިއުމެންޓްތައް ހުންނާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

ރައީސް ސޯލިހް އިއްޔެ ވިދާޅުވީ އެއާޕޯޓްގެ އާޓާމިނަލް ކުރެހުމެއް ވެސް ނެތް ކަމަށާއި އެޓާމިނަލް އަކީ ހަތް މިލިއަން މީހުންނަށް ޚިދުމަތް ދިނުމަށް ތަރައްޤީ ކުރާތަނެއް ކަމަށް ކުރީގެ ސަރުކާރުން ބުނި ނަމަވެސް އެއީ 1.5 މިލިއަން މީހުންނަށް ޚިދުމަތް ދެވޭވަރުގެ ތަނެއް ކަމަށެވެ.

ވެލާނާ އެއާޕޯޓްގެ އާޓާމިނަލްގެ ކުރެހުމެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް އެހެން ވިދާޅުވި ނަމަވެސް ކުރީގެ ސަރުކާރުން ވަނީ ވެލާނާ އެއާޕޯޓްގެ ގިނަ ކުރެހުންތަކާއި ބައެއް މައުލޫމާތު ވެސް ހާމަކޮށްފައެވެ.

ކުރީ ސަރުކާރުން ހާމަކޮށްފައިވާ ބައެއް މައުލޫމާތުތަކުން އެނގޭ ގޮތުގައި އަލަށް އަޅާ ޓާރމިނަލްގައި 40 ގޭޓް ބަހައްޓައި، 36 އިމިގްރޭޝަން ކައުންޓަރ ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. އަދި ސީދާ ޕަސެންޖަރ ޓަރމިނަލުން މަތިންދާބޯޓަށް ދެވޭގޮތަށް އެއިރޯ ބްރިޖްވެސް އާޓާމިނަލްގައި ހުންނާނެއެވެ. އާޓާމިނަލް އެޅުމަށް 78 ހާސް އަކަމީޓަރގެ ބޮޑު ބިމެއް ވަނީ ހުސްކޮށްފައެވެ.

ގާތްގަނޑަކަށް 350 މިލިއަން ޑޮލަރު ހަރަދުކޮށް، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ހަދާ ޓާމިނަލް ޕްރޮޖެކްޓްގެ މަސައްކަތް ސައުދީގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނި، ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކުރީ މެއި، 2016 ގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. މިސްޓަރ ކޭ ނައިފަރީ

    ދޮގުނުހަދޭ .ކަލޭ ތީ އަހަރެމްނ ހޮވޭފޭ ހުރި ރައީސްއެއްވިޔަސް ދޮގުނުހަދޭ

  2. އަބޯ

    މިކަހަލަ ކުރެހުން ބަލަން ނޭގޭމީހަކު މަޖިލީހުގެ ދޮރާށިން ވަދެގެން ގޮސް ރައީސް އޮފީހަށް ވަދެވުނަކަސް ނޭގޭ ބައިވަރު ކަންކަން ހުންނާނެ .ވީމާ އަނގަ ގޮވި ވަރަކަށް ތިމާއަށް އެއްޗެއް ނޭގޭ ކަންބޭޒާރުވާނީ އަނގަ މަޑުންލައިގެން ހިމޭނުން ހުރެ ގޮވާކަލޭގެ ލައްވާ އަނގަ ގޮއްވާލީމަ ވެދާނެ.

  3. މަރިޔަމް މޫސާ

    ކޮންމެވެސް އެއްޗެކޭ ކިޔާފަތާ އިންޑިއާއަށް ދެވޭނީ. މީ އިންޑިއާގެ ރިޝްވަތާއެކު ރާއްޖެ ތަރައްގީ ވިޔަ ނުދޭން އައި ސަރުކާރެއް. ކަމެއް ކުރާކަށް ބޭނުމެއް ނުވާނެ. ނުވެސް ކުރާނެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ!

  4. ޜާއްޖެ އިސްލާމް

    އެއުޅެނީ ޕްލޭނަށް ބޮޑެތި ބަދަލުތައްގެނެސް ހަދާފަޥަ ފީސިބިލިޓީ ފެއިލްކޮއްލާ ފޮތިފިތިކޮއް ބޭރުގެ ފަރާތްތަކަށް ދޫކޮއްލަން. އެއްވެސް ކަމެއް ނުކުރާނެ ހީލަތްތެރި ކަމެއްނެތި.

    ޤައުމައް ހެޔޮއެދޭ މީހުން މިކަމަށް ސަމާލުވެ މިކަމަށް ފާރަވެރިވުން މުހިންމު

  5. އިބުރާ

    ކިނބޫ ސޯލިހަކީ ވެސް އަހަރެމެން ޔަގީން ކުރިގޮތަށް ދޮގެއް ހެދެން އޮއްވާ ތެދެއް ނުހަދާނެ މީހެއްތާ... އަދި އެޕާޓީގެ ވެރިކަމެއްގާ ނަމާދެއް އެޅެން އޮއްވާ އެކަންކޮށް މީހުން މަގު ފުރައްދާނެތާ.. މޯދީ ކަލާންގެ ހާދިމުންގެ ޕާޓީ... ބަޖެޓުނެތީ...

  6. މުބީނު

    މިހާރު ރައީސަކަށް މިހުރީ ބަކައްޓެއްތޯ! ދޮގުވެސްހަދަނީ! ބަލަ ކުރީގެ ސަރުކާރުން އެއަރޕޯޓާބެހޭ މަޢުލޫމާތު މީޑިޔާތައް މެދުވއރިކޮށް ދެމުންދިޔައިރު ނެތްކަމަށްބުނާ ކުެރެހުމާ ހުރިހާއެއްޗެއްވެސް ވަނީދައްކާފައި! އެކަމަކުވެސް ދޕގުހަދަނީ! މިހާރު މީހަކު ގެއެއްއެޅިޔަސް ކުރެހުންހަދާ! ވުމާއެކު ޓާމިނަލްފަދަ ބޮޑުތަނެއް ހަދާއިރު ކުރެހުމެއްނެތި މަސައްކަތެއް ނުކުރާނެ! އަދި ބިންލާދަން ބޮޑެތި ކުންފުނިތަކާ ހަވާލުކޮށްގެން ޓަމިނަލްގެ މަސައްކަތް ކުރުވާއިރު ކުރެހުމެއްނެތި މަސައްކަތެއް ނުކުރުވާނެ! ރައީސްހަދަނީ ދޮގު!

  7. Miadhu

    މިއީ ކުރީގެސަރުކާރުން ރަޢިއްޔަތުމީހާއަށް ވަރަށް ހާމަކަންބޮޑުކޮށް ދައްާފަހުރި ކަންކަން މިކަންކަމުގައި ރައިސްމީހަ މިވަރަށް ދޮގުހަދާފައި ދެން ކޮންކަމަކު މިރައިސް ތެދުހަދާނީ އެހެންވީމަ ސެލްފީ ރައިސްގެބަދަލުގައި ދޮގުރައިސްއަށް ތަވާނީ

  8. މުގުރާން

    މިއީ ދެއުޅި އެއްނުވާ މީހެއްކަން މިހިރަގެން ހާމަވަނީ

  9. ޒވނއ

    ބަލަ ސަޢީދޫ.... ޕްލޭނެއް އޮތީމާ ދޯ 25 ބުރީގެ ފްލެޓް ތަކުގައިވެސް 3 ލިފްޓް އެހުރީ....
    ލިންކް ރޯޑްގައި ވެހިކަލް ވަގުތީގޮތުން މަޑުކޮށްލާނެ އޭރިޔާ އެއް މަގުގެ އެއްފަރާތުގައި ނެތީ....

  10. ރާއްޖެ

    ނުކިޔަވާ ތިބޭ މީހުންނަށް ރައީސްކަން ދިނީމަ ވާނެ ހައެތި މިވަނީ. އެއްވެސް ކަމެއް އެބަ ކުރެވޭތަ؟

  11. ނަގޫރޯޅި

    ކިނބޫ އަކީ މޑޕގަހުގެ ފަލައޮށެއް. އެހެންވީމަ ދެއްކިވާހަކަޔައް އަދި ކުރިއޮތްތާ ދައްކަފާނެވާހަކަޔަކައް ހައިރާނެއްނުވެ.

  12. ހުސެން

    ސައުދީ އެންމެބޮޑު ކޮންސްޓްރަކްސަން ކުންފުނި ބިންލާދިން ގްރޫޕް ޓަރްމިނަލް އަޅަމުންދަނީ ހަމަ އެއްވެސް ކުރެހުމެއް ނެތިކަމައް ކިނބޫ ބުންޔަސް ހައިރާނެއްނުވޭ. ސަބަބަކީ އެއީ މޑޕ ގެ އަސްލު ސިފައިގަ ހިމެނޭ ކަމެއްކަމައްވަތީ

  13. ޓެކުސީ

    ސޯލިހަކީ އަސާސީ ތައުލީމު ހުރި ހަމައެކަނި ރައީސް މީނަޔަށް ކުރެހުންފެނުނަސް ނޭނގޭނެ އިނގިރޭސިން ވަންތައުޒަން ވަންހަނޑުރެޑު ކިޔަން އުޅެގެންވެސް ތަކުރާރު ކޮށް މީނަޔަށް ކިޔުނީ ވަންތަންގަނޑު ވަންހަންގަނޑު ދެންކިހިނެއް ވެރިކަންކުރާނީ !!

  14. މޫސާ

    ތިވަރުގެ ބޮޑު ދޮގުވެރިޔަކު އިސްލާމީ ޤަވްމެއްގެ ވެރިޔަކަށް ބަހައްޓަން ހެޔޮވެސް ނުވާނެ!

  15. ޔާމިން

    ސައީދުހާސްނުވޭމިކަންމިނިމެނީ ތައްޔާރުވޭހަވާލްވާންއިޝާﷲ

  16. ސޯދިގު

    ނުކިޔަވާ ސޮރަށް ޕްލޭނެއް ފެނުނަސް އެގޭނެތަ؟ ޕްލޭން ހެދީ ޕްލޭން ތަކުގެ މާސްޓަރ ސަރުކާރުން. ދޮގާ މަކަރާ ހީލަތުން އުޅެފަ ބޭރު ގައުމު ތަކުގެ މީހުނާ ބައްދަލުކުރާ އިރުވެސް ބޯ ތަޅުވަ ތަޅުވާ މި އިންނަވަނީ އަގަ ބާރަށް މަލަރު ކޮށްގެން. ނުކިޔަވާ ސޮރަށް އިގިރޭސި ނޭގޭތީ. ތަރޖަމާނެއް ގެންގުޅެއްވީނުން. 5 އަހަރު ނިމޭނީ ޕޯޑިއަމްގަވެސް ބޭރު ނޫސްވެރިންނާ ބައްދަލު ނުކޮށް. ބޭޒާރު ވެދާނެތީ. މީ ދޮގެއްތޯ ބަލަން ދިވެހި ރައްޔިތުން ތިބޭތި. އެހެންވެ މިހާރު ބަހާވަތެއް ގެނެސަ ބަރުލަމާނީ އަށް ހަދަން އަޑީގަ ހުރީވެސް ނުކިޔަވާސޮރު. އޭރުން ދެން މާގިނަ ވާހަކަ ދައްކަން އަގަ ހުޅުވާކަށް ނުޖެހޭނެ ނުން

  17. ޖާބިރު

    ކުރެހުން ފެނިނިއްޔާ އެގޭނެތަ...ތަންދޮރު ނޭގޭމީހުންނަށް ވާނީ ތިވަރު.. ދެންރައްޔިތުން ނަށް އޮޅުވާލަން ނޫޅޭ،، އެއަރޕޯޓް ވިއްކާލަންވެގެން މޮޅު ވާހަކައެއް ހަދާލީ. ތިހުރީ ގުއިނުދެކޭ ކާޅަށް ގުއިފެނިފަ

  18. ކައުންސެލަރު

    އާނ އެހެންވާނެއްނު! މީ ފަގީރަކު އަޅާ އޮލަފަތި ގަނޑެއްވިއްޔަ. ދަނޑިފަނުން އަޅާ މިކަހަލަ ޖިފުޓިތަކުގައި ޕްލޭނެއް ނޯންނާނެއެންނު. ހުނ! . މިހެން ބުނީމާ އެވެސް ގަބޫލުކުރާބަޔަކު އުޅެއޭ ،މީހަކު ހޭބަލި ވެދާނެއްނު،

  19. ޖިންނި

    ޕަޕެޓް ރައީސް ހަދާނީ އެލެކްސް ބުނާ ގޮތް

  20. ޙުސެން

    ސަޢީދު މެންގެ އެއް ވެސް ޕްލޭނެއް ސަޢީދުމެންގެ ސަރުކާރު ނިމިގެން،ދިޔައިރު ވެސް ރައްޔަތުންނަށް ހާމަ ކޮށް ދިފައެއްނެތެވެ.ތި ނަނތައް ކިޔައެވެ. ޕްލަެން އޮތީ ޔާމީން ގެ ބޮލު ތެރެޭގައެވެ. އެ ޕްލޜނުގައި ވަނީ ވައްކަން ކުރުމެވެ. ޗަންގީ ވަންގީ މެނަށް ވެސް އެ ޕްލޭން އރނގޭނެއެވެ. އެއީ ކުފުރުވަންތަ ހޮސްޕިޓަލުގެ 25 ބުރީގެ ޢިމާރާތު ގެ ޕްލޭން ވެސް ހެދިގޮތައް ހަދާފައިވާޕްލޭނެކެވެ.

  21. އިންސާނާ

    ޕޮލޭނެއްނެތޭ އެހެނކަމުން ރަނގަޅު ޕޮލޭނަކާއެކު އެއާޕޯޓު ހިންގަން އިންޑިއާގެ ބަޔަކާ ހަވާލުކުރަން ސަރުކާރުން ނިންމައިފީމޭ ހެހެހެހެހެ ދެންއިވޭނީ މިއަޑުނޫންބާ ލަފާކުރެވެނީ އެއުޅެނީ އެކަހަލަ މަޅިއެއްޖަހަން ހެން ދެން ދިވެހިން ތިބޭ ހައްގުމިންވަރު ކަށަވަރު ކޮށްގެން ގޮއްރާޅު ޖަހަޖަހާ ?

  22. ނުރަބޯ

    ރައީސް ޔާމީންގެ ސަރުކާރަކީ ސޯލިޙުގެ ރީނދޫ ސަރުކާރު ކަހަލަ އެބޫޅޭމިބޫޅޭ ޓޯއީ ސަރުކާރެއް ނޫނެވެ. އެއްވެސް މަޝްރޫއެއް ޕްލޭނެއްނެތި އެ މަޝްރޫޢުގެ އަގު އަދާކުރާނެގޮތެއް ކުރިން ދިރާސާކޮށް ރާވާ ހަމަޖައްސާފަ ނޫނީ ޔާމީން ސަރުކާރުން ފަށާފައެއްނެތް. ވީމާ އެއަރޕޯޓު ޓާމިނަލްގެ ރޭވުމެއް ނެތޭ ސޯލިޙު ބުނެފިނަމަ ޝައްކެއްވެސް ނެތް އެއުޅެނީ އެކަން އިންޑިއާ އަށް ދޭން.