ފުލުހުންގެ ނަމުގައި ވީޑިއޯ އާންމު ކުރަނީ ރާއްޖެޓީވީ އިން ކަމަށް ޕީޕީއެމް އިން ތުހުމަތުކޮށްފިއެވެ.

މިރޭ ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، މީގެ ކުރިންވެސް ފުލުހުން އެމްޑީޕީއާ ގުޅޭނެކަމަށް ވިދާޅުވެ ނެރޭ ވީޑިޔޯތަކަކީ ރާއްޖެ ޓީވީން ހިންގާފައިވާ ޖަރީމާއެއް ކަމަށެވެ.

އަދި އެކަމަކީ ހާއްސަކޮށް އަކްރަމް ކަމާލުއްދީން އިސްވެ ހުރެ މި ޖަރީމާ ހިންގިކަމަށް ގަބޫލުކުރެވޭކަމަށް ނިހާން ވިދާޅުވިއެވެ. "ރާ ޓީވީން މިކަން ކުރާ ގޮތަކީ ކުރީގެ ސިފައިންގޭގެ އުޅުނު ނިލާމް (އިންޓަލިޖެންސްގެ ހެޑެއްގެ ގޮތުގައި މުަހައްމަދު ނަޝީދު ސަރުކާރުގައި ހުންނެވި) އޭނާ މި ސްކްރިޕްޓް ލިޔެ ތައްޔާރު ކުރަނީ. އަދި މިކަން ކުރުމުގައި ކުރީގެ ހައުސިންގ މިނިސްޓްރީ އަސްލަމްގެ ތިމާގެ ކުއްޖަކު ހިންގާ އޮފީހެއްގައި 2012 ވަނަ އަހަރު މިޖަރީމާ ފުރަތަމަ ފަހަރަށް ސްކްރިޕްޓްކޮށް މަސައްކަތްތައް ކުރިއަށްގެންދިޔައީ". ނިހާން ވިދާޅުވިއެވެ.

މިއީ މީގެ ފުރަތަމަ ސިލިސިލާ ކަމަށާއި، މީގެ ހުރިހާކަމެއްކޮށްފައި ހުންނަނީ ރޭވުމެއްގެ ތެެރެއިން ކަމަށް ނިހާން ވިދާޅުވިއެވެ. އަދި މިހާރުވެސް ތައްޔާރުކުރަމުން ދަނީ މިޒާތުގެ ވީޑިޔޯތައް ކަމަށާއި، މީގެ ބޭނުމަކީ ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފައްދައި ފުލުހުންގެ ސަފުތައް ރުޅާލުން ކަމަށް ނިހާން ވިދާޅުވިއެވެ.

"މިފަހަރުވެސް ކޮންމެ މުޒާހަރާއަކާއި ދިމާކޮށްގެން ސިފައިންނާއި ފުލުހުން ގުޅެން އުޅޭކަމަށް ބުނެ ތައްޔާރު ކުރަމުން ދަނީ މި ޒާތުގެ ވީޑިޔޯތައް. މީގެ ބޭނުމަކަށް ވަނީ ރައްޔިތުންގެ ތެރޭގައި ފިތުނަ އުފައްދާ ފުލުހުންގެ ސަފުތައް ރޫޅާލުން". ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ، މިހާރުވެސް މި ލިޔުންތައް ލިޔަނީ ނިލާމްއާ ގުޅުން އޮންނަ ފަރާތްތަކުން ކަމަށެވެ. އޭގެ ތެރޭގައި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އީސަ ހިމެނޭ ކަަމަށް ނިހާން ވިދާޅުވިއެވެ.

ޕީޕީއެމް އިން ރާއްޖެޓީވީގެ މައްޗަށް މިފަދަ ތުހުމަތެއް ކުރިއިރު ރާއްޖެ ޓީވީގެ ނޫސްވެރިޔާ ވިސާމް އާއި ޕްރޮގްރާމްސް ހެޑް އާމިރު ސަލީމް ވަނީ ހައްޔަރުކޮށްފައެވެ. އާމިރު ހައްޔަރުކުރީ ރާއްޖެ ޓީވީ ދޮރުމަތީ ހުއްޓާ ކޯޓު އަމުރެއްގެ ދަށުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަވޭ

    ޔޫރަޕް ގެ އީޔޫ އުފެދުމުގެ މަގްސަދަކީ ވެސް އެއީ ދުނިޔެ އިން އިސްލާމީ ގައުމު ތައް ފުނޑާލުމަށެވެ. އެމެންނަށް އެނގިއްޖެ އެމެންގެ އެހީއާއި ނުލައި މަމެން ޕިންކީން ޗައިނާ އާއި ގުޅިގެން މާލެ އާއި ހުޅުލެ އާއި ދެމެދު ބްރިޖް އަޅާތީވެ ދެން މަމެންގެ ގައުމު އިންޑިއާ ގެ އިގްތިސާދުގެ މައްޗަށް ކުރި ހޯދާނެ ކަމަށް. ކަން މިހެން ހުރުމުން އީޔޫ ގެ ފުރަތަމަ މަގްސަދަކީ މިރާއްޖޭގެ ވެރިކަމުގެ ދަހިވެތި ކަމުގައި ތިބި ކޮރަޕްޓް ލޯޑުން މެދުވެރިކޮށް ރާއްޖެއަށް އެހެން ދީން ތައް ތައާރަފް ކުރުން ޑިމޮކްރަސީގެ ނަމުގައި. އެކަން އދ. އިން ވެސް ކުރަނީ އަދި އީޔޫން ވެސް ކުރަނީ. ކަން މިހެން ހުރުމުން ރާއްޖޭގެ ރައްޔިތުން ދަންނަން ޖެހޭނެ ލާދީނީ ފިކުރު ތަކަށް އެއްވެސް ހާލެއް ގައި ޖާގަ ދީގެން ނުވާނެ ކަމަށް. އީޔޫން ބުނާނެ މިގައުމުގެ ވެރިމީހާ ކޮރަޕްޓް ވީމައޭ ވެރިކަން ބަދަލު ކުރަން ޖެހެނީ އެއީ އެމެން ކޮންމެ މުސްލިމް ގައުމަކަށް ޖައްސާ ފޭކް ގޭމް އަކީ. އީޔޫ ދޯ އެންމެ ހައިލީ ކޮރަޕްޓް އީ ފުރަތަމަ ވެސް. އީޔޫ އެއީ ލާދީނީ ފިކުރު އުފަން ކުރުވާ..

  2. ޢާދިލް / އެމްޑީޕީ

    މިއީ ފިތުނަޔާ ދޮގުގެ ކިއްލާ! އަވަހަށް މިތަން ސުންނާފަތިކުރަންވީ! ތިތާގައި ތިހުރި މުދަލަކީ ސާކުސަމިޓަށް ދައުލްތުގެ މާލިއްޔައިން ގެނައި ދައުލަތުގެ މުދާ! މީ ވަރަށް ވާހަކަ! މިއީ އެނގިހުރ ބުނި ތެދު