ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް 97 ބޭފުޅަކު ހުށަހަޅައިފި އެވެ.

ޖޭޕީން ބުނީ، އެ ޕާޓީގެ ޓިކެޓު ހޯދުމަށް ހުށަހެޅުމުގެ މުއްދަތު މިއަދު ހަމަވިއިރު މަޖިލީހުގެ އެކި ދާއިރާތަކަށް ވާދަކުރުމަށް 97 ބޭފުޅަކި ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެބޭފުޅުން ހުށަހެޅުއްވި ދާއިރާތަކުގެ ތަފްސީލެއް ޖޭޕީ އިން އަދި ހާމަކޮށްފައެއް ނުވެއެވެ.

އިންތިޚާބަށް ޖޭޕީން ޓިކެޓު ދޭނެ މީހުން ވަރަށް އަވަހަށް ނިންމާނެ ކަމަށް އެޕާޓީ އިން ބުނެއެވެ.

ޖޭޕީގެ ޓިކެޓް ހޯދަން 97 ފަރާތަކުން ކުރިމަތި ލާފައި ވީނަމަވެސް ޖޭޕީ އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ވާދަ ކުރާނެ ކަމެއް އަދި ޔަގީނެއް ނުވެއެވެ.

ވެރިކަން ހޯދަން މަސައްކަތް ކުރި ކޯލިޝަނުން އެކުގައި މަޖިލިސް އިންތިޚާބަށް ނިކުންނަން ކުރިން އެއްބަސްވެފައި އޮތް ނަމަވެސް އެމްޑީޕީ އިން ވަނީ އެއެއްބަސްވުމާއި ހިލާފަށް މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވެސް ނިކުންނަން ނިންމާފައެވެ.

އެމްޑީޕީގެ ނިންމުން ބަދަލުކޮށް ކޯލިޝަންގެ ބައިވެރިން އެކުގައި އިންތިޚާބުގައި ވާދަކުރަން ރައީސް ޞާލިހް އިސްވެ ހުންނަވައިގެން މަޝްވަރާތަކެއް ކުރި ނަމަވެސް އެމަޝްވަރާތައް ކޮޅެއްގައި ނުޖެހި ވަނީ ނިމިފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އިއްޔެ ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ވާދަކުރަން އެންމެ ރަނގަޅީ ކޯލިޝަން އެކުގައި ކަމަށެވެ. ނަމަވެސް މިހާރު އޮތް ހާލަތުގައި އެއީ ވެދާނެ ކަމެއް ކަމަކަށް ނުބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނުދޭނަމޭ

    ޖޭޕީގެ ޓިކެޓް ދޭނެ މީހުން ކަނޑައަޅާ ނިމުމުން ދެން އެމްޑީޕީ އަށް އެކުގައި މަޖްލީހަށް ވާދަ ނުކުރެވޭނެ ކަން އެއީ މަމެންނަށް ޔަގީންވެ ކަށަވަރު ވާ ކަމެކޭ މަމެންނަށް ޔަގީނޭ މަޖްލީސް އިންތިޚާބުގައި ތަމެން ހެދި ކޯލިޝަން ފަޅަފަޅައިގެން ގޮސް އެއިން ލީކްވެ އޭގެ ބެލެންސް ގެއްލި އެ ޑްރެއިން ވެ ނިމޭނެ ކަން އެއިރުން އެލިބުނީ މަމެން ޕީއެންސީ އަނޭ މެންނަށް ރަނުގެ ފުރުސަތެކޭ ބުނަން މަމެން ނެތީމޭ ޓިޓް ފޯރ ޓެޓް ތަމެން ހަދާން ކުރާތި މަމެން ނުދޭނަން އެމްޑީޕީ އަށް ދުލެއް ކުޑަ ވެސް ދުލެއް ނުދޭނަމޭ...