އިންޑިއާ އަކީ ރާއްޖޭގެ މިނިވަންކަމަށް އިހުތިރާމުކޮށް، ކޮންމެ ކަމެއްގައިވެސް އެންމެ ފުރަތަމަ އެހީވާ ގައުމު ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިންޑިއާއަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައި އިންޑީއާ އޭއެންއާއި ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ މާރިޔާ ވިދާޅުވީ، އިންޑިއާއިން ރާއްޖެއާމެދު ކަންބޮޑުވާންޖެހޭ ސަބަބެއް އޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށާއި، ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނެ މި ސަރުކާރު ގެނައީ ޑިމޮކްރެޓިކް ގައުމުތަކާ އޮންނަ ގުޅުން ބަދަހި ކުރަން ކަމަށެވެ.

" އިންޑިއާއިން މިހާރު ރާއްޖެއާ މެދު ކަންބޮޑުވާންނުޖެހޭ, އަޅުގަނޑަކަށް ނުފެނޭ އިންޑިއާ އިން ރާއްޖެއާ މެދު މިހާރު ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް. އެއީ ރާއްޖެގެ ސަރުކާރާއި އިންޑިއާ ސަރުކާރުން ގަބޫލު ކުރަނީ އެއް އުސޫލުތަކެއް.

މާރިޔާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ވޯޓުން ވެރިކަން ބަދަލުކޮށް، ރައްޔިތުން ބުނަން ބޭނުންވި ވާހަކަ ބާރަށް ބުނެފި ކަމަށެވެ. އެއީ ޑިމޮކްރަސީ ބޭނުންވި ކަމުގެ ވާހަކަ ކަމަށެވެ. އޭގެ އިތުރުން މިނިސްޓަރު ފާހަގަ ކުރެއްވީ އިންޑިއާއަކީ އަބަދުވެސް ރާއްޖެއަށް އެންމެ އޯގާތެރި ގައުމުކަމަށާއި، ހުރިހާ ކަމެއްގައިވެސް އެންމެ ކުރިން ރާއްޖެއަށް އެހީވެދޭނެ އެކުވެރިޔާ ކަމަށެވެ.

"އިންޑިއާ އާއި ރާއްޖެއާ އެހާ ބޮޑު ގުޅުމެއް އުފެދިފައި އޮންނަނީ އެ ގައުމުން ރާއްޖެއާ މެދު ބަހައްޓަމުންދާ އޯގާތެރިކަމުގެ ސަބަބުން , އެންމެ ފުރަތަމަ އެހީވެދޭ ގައުމަކީ އިންޑިއާ " އެކަމަނާ ވިދާޅުވިއެވެ.

މާރިޔާ އިތުރަށް ވިދާޅުވީ އިންޑިއާއިން ރާއްޖޭގެ މިނިވަންކަމަށް އިހްތިރާމްކުރާ ކަމަށާއި، އިންޑިއާއިން އެހެން ގައުމުތަކުގެ ވާހަކަ ރާއްޖެއަކާއި ނުދައްކާ ކަމަށެވެ.

" އަހަރުމެން ވަރަށް ކޮމްފަޓެބަލްވޭ އިންޑިއާއެކު. އެއީ އިންޑިއާކީ އެހާ ގާތް ރައްޓެހި ބައެއް. އަބަދުވެސް އެހީވެދޭ ކޮންމެ ކަމެއްގައި ވެސް.'' ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރު މާރިޔާއާއެކު އިންޑިއާ އަށް ވަޑައިގެން އުޅުއްވާ މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދަޅުވީ، އިންޑިއާގެ ޑިފެންސް މިނިސްޓަރު ނިރްމަލާ ސިތަރަމަންއާ އާއި އެކު އެންމެ ބޮޑަށް އަލިއަޅުވައިލާފައި ވަނީ ''ގްރޭޓާ އިންޑިއަން އޯޝަން ރީޖަން'' ނުވަތަ އިންޑިއާ ކަނޑުގެ ސަލާމަތާއި ބެހޭ ގޮތުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޖަހާންގީރު

    އިސްލާމީ ޤަޥްމެއްގެ ވަޒީރުކަން ދޭން ހެޔޮވެދާނެތަ މިކަހަލަ ލާދީނީ މީހަކަށް

  2. ގަމު ކުއްޖާ

    މާރިޔާ ހާދަ ރީއްޗޭ މިހާރު. ކޮބާތަ ސިއްރަކީ؟

    • ކެނެޑީ

      ސިއްރު ވަރަށް ސާފު އެއީ އަންހެން ކޯޓުފަޓުލޫން. ދިވެހި ހެދުމުގަ ހުރިނަމަ ތިޔަ ކޮމެންޓް ނުކުރީސް :ޕ

  3. މަސްވެރިޔާ

    ހަމަ ހިނި ހިނި އަންނަނީ؛ ޑިފެންސް މިނިސްޓަރޯ.
    މީނަޔަކީ މިކަމަށް ޤާބިލް ބޭފުޅެއްނޫން.
    މިޤައުމު މިހާރު ހިންގާގޮތުން ހީވަނީ ބަޔަކު ޕިކުނިކް ކުޅޭހެން. ޤައުމު ފަނާވަނީ. ޤައުމު އިދެޖެހި ... އެއްގޯސްވަނީ.

  4. ނަޒޫ

    ރާއްޖޭގެ ރަހުމަތްތެރިއަކީ ޗައިނާ.. އިންޑިއާއި ރާއްޖެއާއި ދެމެދު ޑިޕްލޮމެޓިކް ގުޅުން ބާއްވަން ފެށީއްސުރެ މިހާތަނައް އަދި މިރާއްޖޭގެ ބޮޑު އިންފުރާސުޓުރަކްޗާރ ޕުރޮޖެކްޓެއް ޗައިނާއިން އެންމެ ފަސް އަހަރު ދުވަސް ތެރޭ ހިނގާލަދިން މަޝްރޫއުތަކައް ވުރެ މަދެވެ. އަދި ރާއްޖެ ރައްޔިތުންއަތުން އިންޑިއާއި ފެލާލިވަރައް ލާރި ފެލާ ދެވަނަ ގައުމެއް ނެތެވެ.

  5. ރިބެއްލާ

    ރާއްޖޭގެ މިނިވަންކަމަށް އެއްވެސް އިޙްތިރާމެއް ޤަދަރެއްކުރާ ބައިގަނޑެއް ނޫން ތިއީކީ. ތިއީ އަމިއްލަ އެދުމުން ފޯވެފައިވާ ބައިގަނޑެއް. މާރިޔާމެންގެ އަމިއްލަ ފައިދާއަށް އިންޑިއާ އާއި ގާތް ގުޅުމެއް ތިބާއްވަނީ. މި ދިވެހި ފަސްގަނޑު ދެކެ ލޯބިވާ އެކަކުވެސް އިންޑިއާގެ ތި މަޅީގައި ނުޖެހޭނެ.

  6. އައްޔަ

    ޝޝޝ ޗީޑި ރާއްޖޭގެ އެންމެ ޝަރަފްވެރި މިނިސްޓްރީގެ މިނިސްޓަރ ކަނހަވާލުކޮށްގެން ފާޑޭއްގެ ރަނޑި އަނހެނަކު ތަންތަނަށްފޮނުވައިގެން މުޅިގައުމު ފަޞީހަތްކޮށްނިންމައިފި މިއީބޫވެސް ހީކުރިކަހަލައެއް ނޫން ދޮގާމަކުހެދުމާ އޮޅުވާލުން ންތިހާގަ

  7. އަހުމަދު ހުސައިން އަލީ

    އިހުތިރާމް ކުރާތީ ދޯ ރާއްޖެ ތަރައްގީ ވިޔަ ނުދޭން ފައިވިއްދާފަ ތިޔަ ނާގާބިލު ސަރުކާރު ގެނައީ ރިޝްވަތު ދީގެން.

  8. ހެހެެހެެ

    ދިވެހި ޤައުމު ތަމްޞީލް ކުރަން ލަދުގަންނަ މީހުން ދިވެހި ޤައުމުގެ މަޤާމުތަކާއި ހަވާލު ނުވުމަށް ގޮވާލަން. މާރިޔާ ކޮންމެ އެއްޗެެއްލައިގެން މީހުންތެރޭ އުޅުނަސް މަށަށް ހެޔޮ އެކަމު މިލޮބުވެތި ޤައުމުގެ ދިފާއީވަޒީރަށް އެހެން ނޫޅެވޭނެ ދޯ

  9. ޤައުމު

    ޢެއް އޞޫލުތަކެކޭ؟؟؟!!!!
    ސުބުޙާނﷲ!!!!!!!
    ޢެއްޖިންސުން ކައިވެނި ތަ؟
    ޡިނޭ ހުއްދަތަ.؟!!!
    ޟިޤައުމެއްނެތް މިއީ ގްރޭޓަރ އިންޑިޔާ..ދޯ !!!!
    ޚާމިޔާބު ދޯ އެމީހުނަށް.....

  10. ބަފާބެ

    އިންޑިޔާ ދުވަހަކުވެސް ރާއްޖޭގެ މިނިވަންކަން ގަބޫލެއްނުކުރޭ، ނުވެސް ކުރާނެ! ބޭރުފުށުން ހެޔޮހެދިގެން ތިބެނީ ޗައިނާގެ ބާރުމިސަރަހައްދުގައި ގަދަވަމުންދާތީ އެހެން ގޮތެއްނެތިގެން! ރާއްޖޭގެ ވެރިކަން ފޮރޮޅާލުމުގައި އިންޑިޔާގެ ދައުރު ވަރަށްބޮޑު. ރާއްޖެ ތަރައްގީނުވާނެ ހުރިހާ ގޭމެއް އިންޑިޔާ ކުޅޭނެ!

  11. ޑިމޮކްރަސީ

    ދިވެހިރާއްޖެ ޔޫ.އެން.މެމްބަރު ޤައުމަކަށް ވުމަށް އިންޑިޔާއިން ވޯޓު ނުދިނީ ޔާމީން ވެރިކަމުގަ ހުރެގެންތަ؟ ނޮވެމްބަރު ތިނެއްގެ ހަޤީގަތާ ފަހަތުގައިވަނީ ކޮންބަޔެއްކަން އެގުނުތަ؟ ފަހަރެއްގަ އިބްރާހީމް ހުސެން ޒަކީ އަށް އެގިދާނެ. ނޭވާޔަކު ދެފަހަރު ވިސާގެ އުދަގޫޖައްސާ ހިލަހިލަވެލި ވިއްކުންހުއްޓުވަނީ ވެސް ހެޔޮއެދޭތީދޯ؟ ތިތަނުން ކަމަނާޔަށް ބެޑުޝީޓެއް ހަދިޔާކުރިޔަސް އެބަލަހައްޓަން އިންޑިޔާގެ ސިފައިން ބެޑްޝީޓްކާރީގަ ބައިތިއްބަންޖެހޭ. ދިވެހިރާއްޖެ ހުރިހާގޮތަކުން އިންޑިޔާގެ އަޅުވެތިކަމަށް ވައްޓާލާފި. ޢެކަމުގެ ޒިންމާ ނަޝީދު ސަރުކާރާއި މިސަރުކާރުން އުފުލަންޖެހޭނެ. ޢިންޝާ ﷲ މިކަމުން ރާއްޖެ ސަލާމަތްވާނެ.

  12. ސަމޭދާން

    ލާދީނީ ބައިގަނޑަށް އިންޑިއާ ވަރެއް ހަމަނެތް .

  13. އަސްރަފް

    މިގަައުމެއް ނެތް. ވިއްކާ އަޅުވެތިކުރުމަށް އެންމެފަހުގެ އެތިފަހަރު ޖަހާފި

  14. މީމަށޭ

    ޢެއީ ތެދެއް ބުޅާ ތެތްމަހެއް ނުކާނެ.

  15. އަލީ

    މިހިރަ ގަމާރު މާރިޔާ އިންޑިޔާއިން ރާއްޖެއަޅުވެތި ތިޔަކުރަނީ ތިޔަކަހަ ތކެތި ދީގެން! ކުރިމައްޗައް ހުއްޓިފައި ތިޔަހުރީ އަޅުވެތިކޮށްފައޭ މިހާރަކު ނުބުނާނެ!

  16. ޢަފްލާ

    ޑިފެންސް މިނިސްޓަރ ރަންނަމާރި