ފިރިހެނުން ގިނައިން އެކުގައި ވަޒީފާ އަދާކުރަން ނޫނީ އެއްކޮށް އުޅޭ އުޅުމުގެ ސަބަބުން ލިވާތުކުރުން އިތުރުވުން ގިނަވާ ކަމަށް ދިރާސާތަކުން ދައްކާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ. ފައްޔާޒު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ފިރިހެނުން ގިނައިން އެކުގައި ވަޒީފާ އަދާކުރަން ނޫނީ އެއްކޮށް އުޅޭ އުޅުމުގެ ސަބަބުން ލިވާތުކުރުން އިތުރުވުން ގިނަވާ ކަމަށް ދިރާސާތަކުން ދައްކާ ކަމަށެވެ.

"މިކަމުގެ ހައްލަކީ ފިރިހެނުން ގެއިން މަސައްކަތް ކުރުން ނުވަތަ ހާއްސަ ޗޭސިޓީ ބެލްޓެއް އުފައްދާ އޭގެ ތަޅުދަނޑި ސަރުކާރުގެ ތަނެއްގައި ބޭއްވުން ބާ!؟" ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ފައްޔާޒް ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވީ ދިވެހި ރާއްޖޭގައި އަމިއްލަ މަސައްކަތުން ދިރިއުޅޭ އަންހެނުންނަށް ފުރައްސާރަކޮށް އަނިޔާވެރިވުމަށް "އޯޕެން ލައިސެންސް" އެއް އިސްލާމް ދީނުގެ ނަމުގައި ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ފައްޔާޒު ވިދާޅުވީ އަންހެނުންނަށް އިގުތިސޯދީ ދާއިރާއިން ކުރިއަރައި ދިއުމަށް ހިތްވަރުދީ ފުރުސަތުތައް ހޯދައިދިނުމަކީ މިއަދު އޭނާ ހުންނެވި މިނިސްޓްރީގެ މުހިންމު އަމާޒެއް ކަމަށެވެ.

މިނިސްޓަރު ފައްޔާޒްގެގެ އެ ޓުވީޓާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ އޭނާ މިފަދަ ދީނާ ގުޅުން ހުރި މައުޟޫއެއްގައި މީސްމީޑިއާގައި ބަސްވިދާޅުވުން ރަނގަޅު ނޫން ކަމަށް ބުނެފަ އެވެ. މީސް މީޑިއާގައި މި ބަހުސް ފެށިފައި ވަނީ ޝެއިޚް އަހުމަދު ސަމީރުގެ ތަގުރީރަކާ ގުޅިގެންނެވެ.

ޝެއިޚް ސަމީރުގެ އެ ތަގުރީރަކީ އޭނާ މީގެ އަށެއްކަ އަހަރު ކުރީން ދެއްވި ތަގުރީރެކެވެ. އޭގައި އޭނާ ވިދާޅުވެފައި ވަނީ އަންހެނުނަށް އެކި ކަހަލަ ފުރައްސާރަ ކުރުންތައް ފިރިހެނުންގެ ފުށުން އަންނަނީ އެމީހުން ލާ ހެދުމުގެ ސަބަބުން ކަމަށެވެ.

ބަހުސް އާއި ގުޅިގެން ފައްޔާޒް ވިދާޅުވީ އޭނާ އަކީ އަމިއްލަފުޅު ހައިސިއްޔަތެއް ވެސް އޮތް ބޭފުޅެއް ކަމަށާއި ގައުމުގައި ހިނގާ މުހިން ކަންކަމާ މެދު ޚިޔާލުފާޅުކުރެއްވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ޤސމ

    އިބްރާހީމް އިސްމާއީލް
    ޝަހިންދާ އިސްމާއީލް
    ފައްޔާޒު އިސްމާއީލް

  2. ލޮލް

    ނުދަންނަ ބޭކަލުން ވެސް ދީނީ ފަތުވާ ދޭންފެށީދޯ. ފަހު ޒަމާނުގެ އަލާމާތެއް

  3. ކުރަަަފި

    ދެޖިންސް ވަކީން ކިޔަވާ ގައުމުތަކުގައި އެއް ޖިންސީން ގިނަކަންވެސް ދިރާސާތަކުން ދައްކާ. އެކަމަކު މިއުޅޭ ވަކި ބަގައެއްގެ ބޮލަކަށް ދިރާސާއެއް ނުވަންނާނެ.

  4. ޖަހާންގީރު

    ފައްޔާޒު ކަލޭ މޮޔަނުގޮވާ ހުރޭ

  5. ދިރާސާ

    ކާކު ކުރި ކޮންދިރާސާއެއްތޯ؟ ރެފަރަންސެއް ހިމަނާލިނަމަ ވަރަށް ރަނގަޅުވީސް

  6. ހަދާން

    ކޮންމެވެސް ކުއްޖަކު އަނާރާ ކައިރީގައި އަހާލަބަލަ އެއީ ތެދެއްތޯ! ހިގިއްޔާ އެވަރުކަމެއް އެންމެ ފުރަތަމަ ހިނގާނީވެސް ތި މަޖިލީހުގައި! އަނާރާގެ ބަހެއް ބޭނުން! ދެންތިބި މީހުން ނުދެނެހުރިކަމަށް ހަދައިގެނޭ އެ ތިބެނީ!

  7. މާރިޔާ ބާރަށް

    ޢަހިވަކަކާޖެހި އަހިވަށް ފާވަނީ

  8. މޫސާ

    މިސަރުކާރުގައި މި އުޅެނީ ހަމަ ލާދީނީ ފިކުރުގެ މީހުން!

  9. ހަސަދު

    މިފަދަ ޚިޔާލުގެ ވަޒީރުން އުޅެްޏާ ގައުމުދާނީ ކޮން މިސްރާބަކަށްބާ!!!

  10. ބެއްޔާ

    ކޮންބައެއް ހެދި ދިރާސާއެއްކަން ބުނެލިނަމަ ގަބޫލުކުރަން ފަސޭހަވީސް. މިމިޢާއިލާގެ ކަމެއްބާ. މުޅިންވެސް ވިޔާނުދާ ހިޔާލުގެ މީހުން އުޅޭ ޢާއިލާއެއް. ފައްޔާޒް ސަރިންދާ އިބުރާ މިމީހުން ނޫނީ މިގައުމުގަ ނޫޅޭނެ މިކަހަލަ މީހުނެއް

  11. ލާދީނީ

    ޢިލުމުވެެިނޢިލުމު ވެރިން ކުރިން ދެއްވާފައިވާ ދަރުސްތަކުގެ ތަންތައްކޮޅު ނަގައިގެން މިވެރިންނަށް ބާރެއްލިބުނީމަ ޢިލުވެރިންގެ އަގުވައްޓލުމުގެ މަސއްކަތް ފެށީ. މީ އަލްމާނީ ފިކުރުގެ ފެށުން.

  12. ކިޔާ

    ދެން ފައްޔާޒު ބުނެބަލަ.ފިރިހެނުންނާއި އަންހެނުން އެކުގަ މަސައްކަތްކުރީމަ ޒިނޭ އާންމެއް ނޫންތަ؟؟؟ތިބުނާ ލިވާތަށްވުރެ ގިނަ މިވަބާ..ހެއްކަކަށް އިސްލާމީ އުސޫލުތައް އެއްފަރާތްކޮށްފަމިވާ ދިވެހި މުޖުތަމަޢު ފުދޭނެ....އަޅެ މީ ދޮގެއްތަ؟

  13. އަޙްމަދު މަގޭ ޤައުމް

    މިވެސް ލާދީނީ މީހެއް

  14. ހާތިމް

    މަނިކުފާނު ތިބުނާ ތިދިރާސާއަކީ މުސްލިމު ފިރިހެނުންގެ މެދުގައި ހެދި ދިރާސާއެއްތޯ؟ ﷲއަށް ބިރުވެތިވާ ފިރިހެނުން ތިފަދަ ހަޑިހުތުރު ނުބައި ފާފައެއް ކުރަން ހިތަށްވެސް ނާރާނެ. މުސްލިމުންނަށް އެމީހުންގެ ތިފަދަ ނުބައި ޝަހުވާނީ އަމަލުތަކުން ދުރުވާން ﷲ އަށް ވާގިއެދޭނީ. އަދި މުސްލިމުންނަށް އެމީހުން ތިފަދަ އަމަލުތަކުން ދުރުވާނެގޮތް ކީރިތި ރަސޫލާ ދަސްކޮށްދެއްވި، އެއީ ކައިވެނި ކުރުން އަދި ކައިވެނި ނުކުރެވޭނަމަ ރޯދަ ހިފުން.

  15. މުބީން

    ފައްޔާޒުއެވެ، މިގައުމުގައި ވަރަށް ދުވަސްވަންދެން، ސިފައިން، ފުލުހުން އަދި މަސްވެރިން އަކީ ހުސް ފިރިހެނުން. ތިދިރާސާ ތެދުނަމަ މިގައުމުގައި ތިއަމަލް ވަރަށް އާމުވީސް. ފައްޔާޒަށް އިނގިލައްވާތޯ މިފަދަ ހުތުރު އަމަލުތައް އާމުނުވީ ކީއްވެކަން؟ އެއީ ދިވެހިންނަކީ މުސްލިމުންނަށް ވީތީ.

  16. ޙުސޭން

    މާތް ﷲ މި ޤައުމުގެ ރައްޔިތުން ނަކީ ފާޙިޝް އަމަލް ކުރުމުން ދުރުހެލި ވެގެންވާ މަރުހަނދާން ކުރާ މާތް ﷲ ދެއްވި ނިއުމަތްތަކަށް ޝުކުރުވެރިވާ އިސްލާމް ދީން މަނާކުރާ އެންމެހައި ހަޑިހުތުރު ކަންތައްތަކުން ދުރުހެލިވެގެންވާ ބަޔަކު ކަމުގައި ލައްވާދޭވެ. އިސްލާމް ދީނާ މާތް ނަބިއްޔާގެ ސުންނަތަކީ އަޅުގަނޑމެންގެ ދިރިއުޅުމުގެ މަގު ކަމުގައި ލއަްވާދޭވެ.

  17. ޢަދުރޭ

    ދީނަކީ ﷲ އަށް ތިމާގެ ހިތުގައި އޮންނަ އިޚްލާސްތެރި ކަމާ އީމާންކަމާ އެކަލާންގެ ޙަޒްރަތަށް އޮންނަ ތެދުމަގު ޖާހިލް ޢިލްމު ނެތް ޒަމާނެއްގައި ބަޔަކު ބޮޑުތަކުރުފާނު ވާހަކަހެން ލިޔެފަ ހުރި ވާހަކަ ތަކެއް ހިތުދަސްކޮށްގެން ކިޔުމެއް ނޫން

  18. އިނާރާ

    ވިސްނާތި މުސްލިމް އަޚުންނޭ މަޖިލީހަށް މިސަރުކާރުގެ ބާރު (އެމް. ޑީޕީ)ގެ ބާރު ލިބިއްޖެނަމަ ދީނަށް ފުރައްސާރަ ކުރާނެ.

  19. ބައިބަލްގްރޫޕް

    ބޯގަންވިލާ ގޭގެ އަގު ހިފެހެއްޓުމަކީ ކްރިސްޓިއަން ދީން ހިފެހެއްޓުން ނޫންތޯ

  20. ސަމާ

    މީއިބުރާގެ ކޮށްކޮ މީނާ ކޮންމެފަދަ ވާހަކައެއްވެސް ދައްކާފާނެ

  21. ދީބު

    ފިރިހެނުންނާ އެކު ޖިންސީ ޚިޔާލުގައި ވަގުތު ހޭދަކުރަން ޖެހުމުން ކުރެވޭ އަމިއްލަ އިޙުސާސުގެ އަމިއްލަ ދިރާސާ.