ނައިފަރުގައި ޤާއިމުކޮށްފައިވާ ފެނަކަ ޅ. އަތޮޅު ރީޖަނަލް އޮފީހުގައި މަސައްކަތް ކުރައްވާ، ރީޖަނަލް މެނޭޖަރ ، ޒަކަރިއްޔާ ރިމްޒާން، 14 ދުވަހުގެ މުއްދަތަށް ވަޒީފާއިން ސަސްޕެންޑް ކޮށްފިއެވެ.

ރިމްޒާން ސަސްޕެންޓް ކުރިކަން އަންގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ގާތްގަނޑަކަކަށް 17:45 އެހާއިރު ، ފެނަކަ ހެޑް އޮފީހުގެ އެޗް.އާރު ޑިޕާރޓްމަންޓުގައި މަސައްކަތް ކުރައްވާ މުވައްޒަފެއް ރިމްޒާނުގެ ފޯނަށް ގުޅައިގެންނެވެ. ޅ.އަތޮޅު ރީޖަނަލް އޮފީހަކީ އެ އަތޮޅުގެ ހަތަރު ރަށް ، ނައިފަރު، ހިންނަވަރު، ކުރެންދޫ އަދި އޮޅުވެލިފުށީގެ އިންޖީނުގެތަކުގެ ހުރިހާ މަސައްކަތެއް ބަލަމުންދާ އޮފީހެވެ.

މިކަމާއި ގުޅޭގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން ރިމްޒާން ވިދާޅުވީ، 14 ދުވަހަށް ގޭގައި މަޑުކޮށްލަން އެންގީ ފޯނު މެދުވެރިކޮށް ކަމަށާއި، އަންނަ އާދިއްތަ ދުވަހު ލިޔުމުން އެކަން އަންގާނެވާހަކަ ބުނެފައިވާ ކަމަށެވެ. އަދި ސަސްޕެންޑު ކުރަންޖެހޭ އެއްވެސް ސަބަބެއް އެނގިފައިނުވާކަމަށްވެސް ރިމްޒާން ވިދާޅުވިއެވެ.

"އަޅުގަނޑަށް ގުޅާފަ އެންގީ 14 ދުވަހަށް ސަސްޕެންޑް ކުރި ވާހަކަ. އެންގީ އެސިސްޓެންޓް އިންޖިނިއަރ މުޙައްމަދު ޒިޔާދު އާއި ހަވާލުކުރަން. އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނޭނގެ،" ރިމްޒާން ވިދާޅުވިއެވެ.

އިތުރަށް މަޢުލޫމާތު ދެއްވަމުން، ރިމްޒާން ވިދާޅުވީ، ވަޒީފާއިން ކަނޑާލާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ލިބިފައިވާ ކަމަށާއި އެކަން ބޮޑަށް އަންނަން ފެށީ ، އެމް.ޑީ.ޕީ ޕްރައިމަރީއަށް ފަހު ކަމަށެވެ.

" އަޅުގަނޑަކީ ނައިފަރު ދާއިރާގެ މިހާރުގެ މެމްބަރ ޝިޔާމު އަށް ތާޢީދު ކުރާ މީހެއް. އަޅުގަނޑަކީ ޕީ.ޕީ.އެމް މެމްބަރެއް. އެހެން ކަމަށްވެދާނެ ސަސްޕެންޝަން މި އައީ. އަޅުގަނޑުގެ ހައްޤު ހޯދަން އަޅުގަނޑު މަސައްކަތް ކުރާނަން." ރިމްޒާން ވިދާޅުވިއެވެ.

މީގެ އިތުރުން، ވަޒީފާއިން ވަކިކޮށްފިކަމަށްވަނީނަމަ، އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށާއި އެ މަސައްކަތް ކުރުމަށް ޤާނޫނީ ޓީމެއްވެސް މިހާރު އެކުލަވާލައިވާ ވާކަމަށެވެ. އަދި މި ސަރުކާރުން އަބަދުވެސް ބުނަމުން ދިޔައީ ވަކި ފިކުރެއްގައި ހުރެގެން ވަޒީފާ ނުގެއްލޭނެ ކަމަށާއި ނަމަވެސް މިހާރު އެކަން ފެންނަމުން ނުދާކަމަށްވެސް ރިމްޒާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. މަރީ

    ކަލޭ ވަޒީފާ ލިބުގޮތް ހަނދުމަ ކޮއްލީމަ އެނގޭނެ ކަލޭ ވަޒީފާއިން ވަކިކުރަން ޖެހޭކަން

  2. އަޙްމަދު ޝިޔާމް

    ކޮން ވާހަކައެއް ތިދައްކަނީ
    ހަނދާނެއ ނުވޭތަ ކަލޭމެން ޕްރިންސިޕަލަކު ވަޒީފާއަށް ހޭ އަރުވާލިކަން
    ގުދޯ ގުދޯ ގޮވާނެކަމެއް ނެތް ދެން މިއަދަކު.

  3. އެލްނީނޯ

    ވަކި ފިކުރެއް ވީމަ ވަޒީފާ ލިބިފަތިބި މީހުން ވަކިކުރަން ޖެހޭ

  4. އަޅުގަނޑު

    އަޅުގަނޑަކީ އެއްވެސް ޕާޓީ އެއްގެ މީހެއް ނޫނއ. ތެދުތެދަށް ދަންނަވާލާ ކަމުގަ ވާނަމަ އަޅުގަނޑަށް ބުނެލަން ޖެހޭނީ ރިމްޒާނަކީ ޢަދުލުވެރިކޮށް އިންސާފުން ސްޓާފުންނާ ދޭތެރޭ ޢަމަލުކުރި ބޭފުޅެއް ނޫންކަމުގަ.
    ވަރަށް ބޮޑަށް ވަޒީފާގެ ކަންތަކުގެތެރޭވެސް ޕާޓީ ވެގެން އުޅުއްވި ބޭފުޅެއް.
    ވަރަށް ގިނަ ސްޓާފުން ރިމްޒާން ގެ ޝަކުވާ އުފުއްލަވާނެ.

  5. ކަންމަ

    ޒަކަރިޔާ ލިމްޒާން އަކީ އެކްޓިވިސްޓެއް. މަގާމު ދީފާވަނީ ޕީޕީއެމް ގެ ކެކްޓިވިސްޓަކަށްވެ މީހުންނާ ޒުވާބުކުރުމުން. ސިޔާސީ މަގާމެއް އަދާކިރަމުން ގެންދާއިރު ސަރުކާރު ބަދަލުވުމުން ރީތިކޮށް ގެޔައްދާން ނުކެރިގެން ބިރުނަ އެއުޅެނީ. ބޭރުކުރުން މާލަސްވެއްޖެ.

  6. ތަކުރު

    ތީތިކަމުގެ އެއްވެސް ހުނަރެއް ޢިލްމެއްހުރި މީހެއްނޫން ކުރާކަމަކީ ވައްކަން
    ތެލުން ބޮޑުކޮށް ވައްކަންކޮށްފި

  7. ކެރޭ އަބްދުﷲ

    ވަޒީފާއިން ވަކި ނުކުރާނެ ކަމައް ބުނި ސަރުކާރު މިޔަދު ފެނަމުން ދަނީ ދިމާ އިދިކޮޅު. އެމް ޑީ ޕީ އަށް ތާއީދު ނުކުރާ އެއްމެން ދަނީ ވަޒީފާއިން ވަކި ކުރަމުން. މިތޯ އެބުނާ ހެޔޮ ވެރިކަމަކީ.

  8. ޒިޔާދު

    ރިމްޒާނަކީ މިފަދަ މަގާމަކަށް އެންމެ ގާބިލް ފަރާތް. އިންޖީނުގޭގެ އ އިންޖިނިއަރ ގެ ހައިސިއްޔަތުން ބުނެލާނީ ރާއްޖޭގެ އުތުރުން އެންމެ ފައިދާވާ އެންމެ ހިންގުންތެރި އެންމެ ޕްރެޝަރބޮޑު އިންޖީނުގެ އަކީ ނައިފަރު އިންޖީނުގެ

  9. ފާޒިރާ

    ވަރަށްހިތާމަކުރަން. އަޅުގަނޑުމެން އިބޫއަށް ވޯޓުދީ ރަޢީސް ކަމަށްގެނައީ ކުރީގެ ސަރުކާރުތަކުން ކޮއްފައިވާ ހަޑިމުޑުދާރު އަމަލުތައް އިއާދަވިޔަނުދީ ރައްޔިތުންގެ ވެރިކަމެއް ކުރުމަށްޓަކައި. އިއްޔެ އަޅުގަނޑުމެން ގޮވި ވަޒީފާގެ ބިރު ނުދައްކާށޭ ކިޔާ ގޮވަން މިއަދުވެސް މިޖެހުނީ އަޅުގަނޑުމެންނަށް. މިއަށް ކިޔާނީ ގުއިތަފާލުގައި ދަނޑިން ތެޅުން

  10. ސަމްނީ

    ވަކި ކުލައަކަށް ވަކިފިކުރަކަށް ނުބައްލަވާ ރައީސް ތިޔަ އަޅުއްވަނީ ޅަކޮށް ވަރަށް

  11. ސާލުމަހޭ

    ވަގު ވޯޓު ވަގު އިބޫ ރައްޔިތުން ބިކަނުކޮށް އިސްތިއުފާދީ

  12. ވަޑަކް

    ބަލާވެރިކަމެއް މިއޮތީ ގެނެވިފައި. ހިތާމަކުރަން މަށަށް ވޯޓު ދެވުނީމަވެސް. ވަގުވޯޓު

  13. ޏުޒުލާ

    ޜީޖަނަލް މެނޭޖަރުކަން ދޭފެންވަރުގެ ކޮލިފިކޭޝަންއެއްހުރި މީހެއްނޫން ރިމްޒާނަކީ. ސެޓްފިކެޓްލެވެލް 4 ކެކެކެ

  14. ރިމްޒާން

    ބާސް އަލީ މީހުންގެ ނަމުގަ ކޮމެންޓް ނުކުރޭ

  15. ތެދު

    ރިމްޒާންއަކީ ސިޔާސީގޮތުން މަގާމަށްލީ ބޭފުޅެއް. އެއްވެސް އެއްޗެއް އެނގޭތީކީނޫން އެމަގާމުގަހުރީއެއް. މީހުންނާ ޒުވާބުކޮށް ކަންތައްކުރޭ ވަރަށްގިނައިން. އެހެންމީހުންނަށް ދަތިކުރާ މީހަކު ވަޒީފާއިން ކަނޑާލަން މާބޮޑަށްވެސް ލަސްވެއްޖެ.

  16. ބާސް

    އޭ ރިމްޒާނު ކޮންމެހެން މަނިކަށް ޖަހާނެ ކަމެއްނެތް