އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަޒީރުކަމުން އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ގޮވާލައްވައިފިއެވެ.

އުމަރު މިހެން ގޮވާލެއްވީ ފިރިހެނުން ގިނައިން އެކުގައި ވަޒީފާ އަދާކުރަން, ނޫނީ އެއްކޮށް އުޅޭ އުޅުމުގެ ސަބަބުން ލިވާތުކުރުން އިތުރުވުން ގިނަވާ ކަމަށް ދިރާސާތަކުން ދައްކާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ކުރެއްވި ޓުވީޓަކާ ގުޅިގެންނެވެ.

އުމަރު ނަސީރު އޭނާގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުގެ ވަޒީރަކު މީސް މީޑިއާގައި މިފަދަ ހުތުރު ވާހަކައެއް ދެކުމަކީ މުޅި ދައުލަތަށް ލިބުނު ހުތުރެއް ކަމަށެވެ.

އުމަރު ކުރި ޕޯސްޓް

ފައްޔާޒު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ފިރިހެނުން ގިނައިން އެކުގައި ވަޒީފާ އަދާކުރަން ނޫނީ އެއްކޮށް އުޅޭ އުޅުމުގެ ސަބަބުން ލިވާތުކުރުން އިތުރުވުން ގިނަވާ ކަމަށް ދިރާސާތަކުން ދައްކާ ކަމަށެވެ.

"މިކަމުގެ ހައްލަކީ ފިރިހެނުން ގެއިން މަސައްކަތް ކުރުން ނުވަތަ ހާއްސަ ޗޭސިޓީ ބެލްޓެއް އުފައްދާ އޭގެ ތަޅުދަނޑި ސަރުކާރުގެ ތަނެއްގައި ބޭއްވުން ބާ؟" ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒްގެގެ އެ ޓުވީޓާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ އޭނާ މިފަދަ ދީނާ ގުޅުން ހުރި މައުޟޫއެއްގައި މީސްމީޑިއާގައި ބަސްވިދާޅުވުން ރަނގަޅު ނޫން ކަމަށް ބުނެފައެވެ. މީސް މީޑިއާގައި މިބަހުސް ފެށިފައި ވަނީ ޝެއިޚް އަހުމަދު ސަމީރުގެ ތަގުރީރަކާ ގުޅިގެންނެވެ.

ޝެއިޚް ސަމީރުގެ އެ ތަގުރީރަކީ އޭނާ މީގެ އަށެއްކަ އަހަރު ކުރީން ދެއްވި ތަގުރީރެކެވެ. އޭގައި އޭނާ ވިދާޅުވެފައި ވަނީ އަންހެނުނަށް އެކި ކަހަލަ ފުރައްސާރަ ކުރުންތައް ފިރިހެނުންގެ ފުށުން އަންނަނީ އެމީހުން ލާ ހެދުމުގެ ސަބަބުން ކަމަށެވެ.

ބަހުސް އާއި ގުޅިގެން ފައްޔާޒް ވިދާޅުވީ އޭނާ އަކީ އަމިއްލަފުޅު ހައިސިއްޔަތެއް ވެސް އޮތް ބޭފުޅެއް ކަމަށާއި ގައުމުގައި ހިނގާ މުހިން ކަންކަމާ މެދު ޚިޔާލުފާޅުކުރެއްވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. އިބްރާ

    އަޅުގަނޑުމެން އަބަދު ގޮވައި މިނަގަނީ އިސްލާމްދީނާއި ފުށުއަރާ ގިނަބަޔަކު އުޅޭ ސަރުކާރެކޭމީ. އެހެންކަމުން ފައްޔާޒުގެ މިވާހަކަތަކަކީވެސް އިބްރާ އާއި ރައީސް ނަޝީދު ގެ ދީނާއި ދުރު ވާހަކަތަކުގެ ތެރެއަށް އިތުރުވީ ބޮޅެކެވެ. މިފަދަ ކަންތަށްތަކަށް ރިއާއަތްކޮށް މަޖިލިސް އިންތިޚާބުގެ މެޖޯރިޓީ އެމްޑީޕީއަށް ނުދިނުމަށް ދިވެހި މުސްލިމް އެންމެހައި އަޚުންނާއި އުޚްތުންނަށް އިލްތިމާސްކުރަން.

  2. އާދައިގެ މީހެއް

    އިމަރު ބުންޏަސް ތީތެދެއް. ލަދުޔަތާއެއް ހުރި މީހެއްނަމަ މިފަދަ ހަޑިހުތުރު ފާފަތައް މިގޮތަކަށް ނުދައްކާނެ. ދީން އެއްކިބައިގަ ބާއްވާ، ތިމާގެ އާއިލާ މީހުންކައިރީ ދައްކަން ކެރޭނެތޯ؟

  3. ސަޓޯ

    ލާދީނީ އެމްޑީޕީ އިސްތިއުފާ.... ޢިބުރޭ އިސްތިއުފާ

  4. ކުޑަބަޖަރާ

    ކަލޭ ނޫނީ އެހެން މީހެއްގެ އަމިއްލަ ހައިސިއްޔަތެއްނޯވޭދޯ؟

  5. ބްރޯ

    މަޑު މަޑުން ގޮލާތަށް ފަޅާ އަރަނީ ދޯ....

  6. ފަހުން ޓުވީޓާ

    ފަހުން ޓުވީޓާ ގައި ދިގު ބަޔާނެއް ލިޔެ
    އެބުނި އެއްޗެއްގެ، ނުބައި ކޮށް މާނަ ކުރެވޭ ނަމަ މަޢާފަށް އެދޭނެ. ދައުލަތުގެ މުއައްސަސާތައް ބޭނުން ކޮއްގެން ދީން ހަލާކު ކޮށް އަޚުލާގު ފާސިދު ކުރަން.

  7. މޮޔަސޮރު

    އަވަސްކުރޭ. އިސްތިއުފާދީ

  8. ދުރުމި

    މީނައަކީ އިބްރާގެ ކޮއްކޮ

  9. ހަމަޖެހޭ

    މީހަކު ބުނާ އެއްޗަކުން ލޭހޫނުވަނީ ނަފުސާނީ މައްސަލައެއް ހުރުމުން. އިންސާނުންގެތެރޭގައި ނަފުސާނީ މައްސަލަތައް ވަރަށްގިނަ.

  10. ?

    އެއްދުވަހުން އަނެއްދުވަހަށް އިވޭއަޑުތަކުން ހިތާމައިގެ ކޮޅެއްނެތް

  11. އަބޯ

    ބަންގާޅީން މިގައުމަސް އެތެރެ ކޮށް މަގުމައްޗަށްދޫކުރިޑިލަރު

  12. ޣނ

    ސާބަހޭ

  13. ައަދަރޭ

    ފައްޔާޒާ އިބުރާއަކީ ހަމައެކައްޗެއް. މުޅިއެގެއަކީ ލާދީނީ ގެއެއް. އެއީ ކަށަވަރުކަމެއް. ފައްޔާޒުމެން އެއުޅޭނީ ކީކޭހިތައިގެންތަ؟ ބޭނޫންގޮތެއް އިސްލާމްދީނުގެ ޙުކުމްތަކަކަށް ނުހެދޭނެ. ކަލޯފައްޔާޒް އަމިއްލައަށް ސައިޒްގައި ހުރޭ! މާބޮޑަށް

  14. ރާކަނި

    އަމިއްލަ ހައިސުއްޔަތު ތިޔަ ހުވާކުރެއްވި ހިސާބުންވަނީ ހިފެހެއްޓިފައި ބޭނުންނަމަ އިސްތިއުފާ ދީފަ އަމިއްލަ ހައިސިއްޔަތުގައި އުޅުއްވާ

  15. ޥިންދު

    ތީ އިބްރާގެ ފެމެލީ އެއްނޫންތަ އެވާނީ ހަމައެއަށް މިބައިގަނޑު އެއްކޮށް މިޤައުމުން ބޭރުކޮށްލަންޖެހޭ.

  16. ޥެބްކެމް

    މި ވާނީ މީގެ އެދުރަކަށް.

  17. ބަރުލަމާނީ ލާދީނީ

    ސުބުހާﷲ! ގަންޖާޒީން ގެ ލާދީނީ ފިކުރު މި އަސްލާމީ ފަސްގަނޑުން ފޮހެލައްވާން ދޭ ވެ، ގަންޖާޒީން ގެ އައްޕަގެ ބަރުލަމާނީ ، ލަދީނީ ނަނަ ހުވަފެން ފޮހެލައްވަފާންދޭވެ.

  18. ޑިމޮކްރަސީ

    ކޮބާތޯ ދިރާސާ؟ ދިރާސާގެ މަޤުސަދަކީ ކޮބައިތޯ؟ދިރާސާ އެއްކުރަންޖެހުނީ ކީއްވެތޯ؟ ދިރާސާ ކުރީ ކޮންބައެއްތޯ؟

  19. ސުދީރު

    ހެހެހެހެ ތީ އޭގެ ގޮލައެކޭ. ކިޔަވަން އުޅުނުއިރު ވަރަށް ކަންތައް ކޮށްލާފަ ހުރީ. އެކަމަކު މާކަޅުވެފަ ހުތުރުކަމުން ވަރަށް ނާކާމިޔާބު. ކެކެކެކެ

  20. ލުއި

    ކިހާބޮޑު އުދަގުލެއް މި ބޯގަންވިލާ އެއްޗިއްސާހުރެ މީ މުސްލިމްދިވެހި މަޔަކާ ބަފައަކަަށް ލިބިފައި ތިބި ދަރިންބާ،، މި މީހުންނަށް މާތްﷲ ހެޔޮވިސްނުންދެއްވާދޭވެ. އަދި މިފަދަ ޖައްބާރުންގެ ކިބައިން މިޤައުމާއި ދިވެހި މުސްލިމު އަޅުތަކުން ސަލާމަތް ކުރައްވާނދޭވެ.

  21. ދުއާ

    ހިސާބަށް ވުރެ މީހާ ވަހުޝީވެ އަގީދާ ބަލިކަށިވެ، ދީނެއް މިއްލަތެއް ވަކި ނުވާ ހިސާބަށް ދިޔައިމާ ގުޅުން ހިނަގާނީ ހަމައެކަނި ތިމާއާ އެއް ޖިންސުގެ މީހާއާ އެކު އެއްނޫން. ތިމާގެ މައިން ބަފައިންނާ އެއްބަނޑު މީހުނާ ދަރިން ވެސް ވަކި ނުވާނެ. އަދި ކޮބާ؟ ގޭގައި އޮންނަ ކުކުޅު ހާލާ ގެރި ބަކަރިއާ އެކު ވެސް ހިންގާނެ. މިހާ ދަށު ދަރަޖައިގެ މީހުންނަށް ބާރުވެރި ަގާމްތައް ދެނީ ކީއްވެބާ؟

  22. ހަސްޖި

    ގަމާރު ސަރުކާރު. މަކަރުވެރި ސަރުކާރު