ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން 19 ވަނަ ރަައްޔިތުންގެ މަޖިލީހުން ބޯހިޔާވަހިކަމުގެ ޤާނޫނެއް ފާސްކުރައްވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ އެމްޑީޕީ އިން ރައްޔިތުންގެ މަޖިލިސް ކެމްޕެއިންގެ ޕޮލިސީ ވޯކްޝޮޕް އިފްތިތާހުކުރުމަށް މިއަދު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވެފައި ވަނީ މާލެއާއި އަތޮޅުތަކުގެ ރައްޔިތުންނަށް މިވަގުތު އެންމެ ބޮޑަށް ދިމާވެފައިވާ ދައްޗަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށާއި ދެން އިންތިޚާބުކުރާ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ، އެ ޤާނޫނުގެ ދަށުން ތަފާތު ކުރުމެއްނެތި ހަމަހަމަ ކަމާއެކު ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމުގެ އެންމެހާ ބާރުތަކާއި ތަންފީޒީ ބާރުތަކާއި އުސޫލުތައް އެ ޤާނޫނުގައި ބަޔާންވެގެންދާނެ ކަމަށެވެ.

އަދި ހަމައެހެންމެ ރާއްޖޭގައި ސާޅީސްހާސް މީހުން ބޯހިޔާވަހިކަމަށ ބޭނުންވެފައިވާ ކަމަށާއި އެ ޤާނޫނުގައި ބޯހިޔާވަހިކަން ދޭން ޖެހޭ އުސޫލުތަކެއް ވެސް ކަނޑައެޅިފައި ވާނޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

ރައީސް ނަޝީދު އިތުރައް ވިދާޅުވެފައި ވަނީ މީގެ ކުރިން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ގެންގުޅުނު ނުރަނގަޅު އުސޫލުތައް ރަނގަޅުކޮށް، 19 ވަނަ ރައްޔިތުންގެ މަޖިލީހުން އެ ޤާނޫނު ފާސްކުރާއިރު، މާލެ ސަރަހައްދުގައި ތިބި ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކުގައި ހުންނަން ޖެހޭ އުސޫލުތައް ވެސް ކަނޑައަޅާނެ ކަމަށާއި ބޯހިޔާވަހިކަމަށް ފަޅުތައް ހިއްކޭނެ އުސޫލުތަކާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހުޅުމާލޭ ފޭސް ދެއަކުން ބޯހިޔާވަހިކަން ލިބޭނެ އުސޫލުތައް ވެސް އެ ޤާނޫނުގައި ހިމަނާ ކަމަށެވެ.

މިއަހަރު ބޭއްވުމަށް ހަމަޖެހިފައި ވާ މަޖިލިސް އިންތިޚާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު މައްޗަންގޯޅި މެދުދާއިރާ އަށް ވާދަކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ، އެގޮތުން އެމްޑިޕީ ޕްރައިމަރީ އިން އެމަނިކުފާނުވަނީ ބޮޑުތަފާތަކުން ކާމިޔާބުކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ފޑ

  މިނާ މިބުނާ 19ވަނަ މަޖުލީހޭ ބުންޏަސް މިހާ ބަނޑު ކައްކާ.

 2. ރާބެ

  19ވަނަ މަޖުލީހުން މިގައުމުގަ އުޅޭ ލާދީނީ ބައެގަނޑު ރަށުން ބާލާ ގާނޫނެއް ހަދަންކެރޭނެތަ؟

 3. ޅިޔަންބެ

  ބަލަގަ މިހިރާ ރޯނުއެދުރާ ގާނޫނުގަ ނެތިގެންތަ ބޯފެނާ ނަރުދަމާ ނާލާ ރައްރައް މިހިރީ.. ގާނޫނުގަ އޮތަސް ނެތަސް ސިޔާސީ މީހުންގެ އިހުލާސްތެރިކަމެއް ނެތިއްޔާ މިކަމެއް ނުވާނެ.. ތިޔަ 19 ވަނަ މަޖިލީސްގެ ނަން އިވުނަސް ބަނޑު ކައްކަނީ..ސީލެވެނީ އަމަށަކު ވަރަކައްނޫން..

 4. ނުވާނެ

  ނަޝީދު ގަހަށް އަރާހުރެ ދައްކާވާހަކަ ގަބޫލުުރާ މީހުން ވިސްނަން ޖެހޭކަމަކީ ނޝީދު ދައްކާ ހުވަފެން ހަގީގަތކަށް ނުވާނެކަން. ނަޝީދު ގަހުން ފައިބާ ދުވަހަކާށް މަޑުކުރަންޖެޙޭނީ. ނަޝީދުއަށް ރާއްޖެ ތަނަކަށް ގެންދެވޭނީ އަމިއްލައަށް ތަނަކަށް ދެވޭވަރު ވެގެން.